Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫސިޓީގެ އިސްލާމީ މަރުކަޒު

އައްޑޫ ސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

25 މާރިޗު 2023 | ހޮނިހިރު 01:19

2 ފަންގިފިލާ އަށް އިމާރާތްކުރާ އައްޑޫސިޓީ އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލެއް ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 މާރިޗު 2023 | ހޮނިހިރު 01:19
އައްޑޫ ސިޓީގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އައްޑޫ ސިޓީގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މަސައްކަތުގެ ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ރާއްޖެ ތަރައްގީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަަށް އެބަ ގެންދެވޭ ކަމަށާއި ރާއްޖެއަށް އަންނަ ތަރައްޤީ ދީނީ އިމާރާތްތަކުން ފެނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމަށް ވިދާޅުވި އެވެ. އެގޮތުން މިހާރު އިމާރާތްކުރެވޭ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ ޑިޒައިނަށް އައިސްފައިވާ ބަދަލު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލެއިން ބޭރުގައި އެއްވެސް ޕްރޮޖެކްޓެއް ބަޔަކާ ހަވާލުކުރުމަށް މިހާތަނަށް ސޮއިކުރެވިފައިނުވާކަމަށާއި އެހެންނަމަވެސް އައްޑޫ ސިޓީގެ އިސްލާމީ މަރުކަޒު ގާއިމްކުރުމަށްޓަކައި މިފަދަ އެއްބަސްވުމެއް މިވެވުނީ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ.

އައްޑޫސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމްވެގެން ދިއުމަކީ އެ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އުންމީދަކީ އެއްބަސްވުމުގައި ވާގޮތަށް ކޮންޓްރެކްޓަރ މި މަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ މުައްދަތުގައި ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2 ފަންގިފިލާ އަށް އިމާރާތްކުރާ އައްޑޫސިޓީ އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި 4 ކްލާސްރޫމާއި 2 ސެމިނަރ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ މި މަރުކަޒުގައި ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 540  ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރާ ސަރަހައްދަށް  ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ޒިޔާރަތްކުރައްވައި އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.

އައްްޑޫ ސިޓީއިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް