Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާކޯ ވެރާޓީ

ވެރާޓީ އަށް 80 މިލިއަން ޔޫރޯއަށްވުރެ ގިނައިން ހަރަދުކުރަން ބާސާ ބޭނުމެއްނުވޭ

ވެރާޓީ ވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް ޕީއެސްޖީގައި މަޑުކުރަން ނިންމާފައި

ލީވާން އަލީ
ލީވާން އަލީ | 4 ޖުލައި 2017 | އަންގާރަ 14:31
ޕީއެސްޖީއަށް ކުޅެމުން އަންނަ މާކޯ ވެރާޓީ

ޕީއެސްޖީއަށް ކުޅެމުން އަންނަ މާކޯ ވެރާޓީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ މާކޯ ވެރާޓީ އަށް 80 މިލިއަނަށްވުރެ ގިނައިން ޚަރަދުކުރަން ބާސެލޯނާ ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ޓްރާންސްފާ ވިންޑޯގައި ބާސާއިން އެންމެ ބޮޑަށް ހޯދަން ބޭނުންވަނީ ވެރާޓީކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާ ހޯދުމަށް އެ ކްލަބުން މަސައްކަތްކުރަމުން އަންނަތާ ދުވަސްތަކެއްވެއްޖެއެވެ. އެގޮތުން ބާސާ އިން ހުށަހެޅި ހުށަހެޅުންތައް ޕީއެސްޖީން ވަނީ މިދިޔަ ޓްރާންސްފާ ބާޒާރުގައިވެސް ރިޖެކްޓްކޮށްފައެވެ.

ވެރާޓީ ހޯދުމަށް ބާސާ އަށް 80 މިލިއަން ޔޫރޯ ހަރަދުނުކުރެވޭކަމަށް ރިޕޯޓްތައް ބުނާއިރު، ބާސާ އިން ވަނީ ކްލަބުގެ ޚަރަދުކުޑަކުރުމަށް ފައިސާ ޚަރަދުކުރާ މިންވަރު މަދުކޮށްފައެވެ. ބާސާއިން ވަނީ 2014 ވަނަ އަހަރު މީގެކުރިން ލިވަޕޫލަށް ކުޅުނު ލުއިސް ސުއަރޭޒް 81 މިލިއަން ޕައުންޑަށް އެޓީމަށް ގެންގޮސްފައެވެ.

ބާސާއިން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ވެރާޓީ ހޯދުމަށް ލިޔޯން އަދި ބަޔާން އިންވެސް މަސައްކަތްކުރެއެވެ. މީގެއިތުރުން އޭނާ ހޯދުމަށް ޕްރިމިއާ ލީގުގެ ބައެއް ކްލަބްތައްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެހެންނަމަވެސް ޕީއެސްޖީގެ ކޯޗު ކާލޯ އެންޗޮލޮޓީ ވެރާޓީ ވިއްކާލަން ބޭނުން ނުވާކަމަށާއި، ދިގު މުއްދަތެއްގައި ކްލަބުގައި ވެރާޓީ ބަހައްޓަން އެންޗޮލޮޓީ ބޭނުންވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕީއެސްޖީއާ 2012 ވަނަ އަހަރު ގުޅުނު ވެރާޓީ ވަނީ އެ ކްލަބުގައި 2020 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާފައެވެ. އެގޮތުން ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ވެރާޓީ ބުނީ މީގެ ހަތަރު އަހަރު ކުރިން އޭނާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށާއި، އަދިވެސް އެ ހުވަފެން ހަގީގަތަކަށް ހަދަން އޭނާ ބޭނުންވާ ކަމަށެވެ.

ވެރާޓީ ވަނީ ޕީއެސްޖީއާއެކު ހޭދަކުރި ފަސް ސީޒަނުގައި 201 މެޗު ކުޅެދީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް ކުޅުނު 21 މެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފައެވެ. ވެރާޓީ ވަނީ ހަތަރު ލީގު ތަށި، ދެ ލީގް ކަޕް، ހަތަރު ފްރެންޗް ސުޕާކަޕް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ސެރީއާ ބީގެ ޕެސްކާރާއާ އެކުވެސް ގިނަ ކާމިޔާބީތައް ހޯދާފައެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!

12 މެއި 2017
މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!
04 މެއި 2017

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު