Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމީހުން ގެއްލުން

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

21 މާރިޗު 2023 | އަންގާރަ 13:52

މިހާތަނަށް ގެއްލިގެން ހޯދަމުންދިޔަ ގިނަ ބަޔަކު ފެނިފައެއް ނުވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 މާރިޗު 2023 | އަންގާރަ 13:52
ގެއްލިގެން ހޯދަން އިއުލާނުކުރި މީހުންތަކެއް

ގެއްލިގެން ހޯދަން އިއުލާނުކުރި މީހުންތަކެއް

މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހެވެ. ދެމީހަކު ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން އެ ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފެށި ޚަބަރު ލިބުނެވެ. ގެއްލިގން ހޯދަމުންދިޔައީ ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންއާއި، ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްއެވެ. އެމީހުން ދަތުރުކުރަމުންދިޔައީ ތެޔޮ ބޯޓެއްގައެވެ.

އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ހުޅުލެ ނެރު ކައިރިން ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ފެނިފައެވެ. ދެ މީހުން ގެއްލުނުތާ ތިން ދުވަސް ފަހުން ނިޒާމް ފެނިފައިވެއެވެ. އޭނާ ވަކިން ފެނުމާއެކު ގިނަ ބައެއްގެ ޝައްކުތައް އޭނާއާމެދު އުފެދިގެންދިޔައެވެ. ނިޒާމް މާލެއިން ފެނިގެން ފުލުހުން ވަނީ ޖެނުއަރީ 3ގައި އޭނާ ހައްޔަރުކޮށްފައެވެ. މިހާތަނަށް އައިއިރުވެސް ލިޓަން ފެނިފައިނުވާއިރު ނާޒިމްގެ މައްޗަށް ކުރަނީ ލިޓަން މަރާލިކަމުގެ ތުހުމަތެވެ. އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވާއިރު މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާވެސް ދަނީ ކުރިއަށެވެ.

މި ހާދިސާގެ ތަންކޮޅެއް ކުރިން ހިނގާފައިވާ ހާދިސާއަކަށް ބަލާލާނަމެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފުލުހުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ދިވެހި ފިރިހެނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އޭނާ ފެނިފައިވަނީ ޖެހިގެން އައި އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާ ފެނުނީ ހުޅުމާލެ ނިރޮޅު މަގުގައި ހުންނަ ސްކޭޓް ޕާކު ސަރަހައްދާއި ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައި އޮއްވައެވެ. ހިތާމަވެރި ދެ ހާދިސާއެވެ.

2021 ވަނަ އަހަރުގެ މެއި މަހު ހިނގާފައިވާ ހަމަ މިފަދަ ހާދިސާއަކަށް ބަލާލާނަމެވެ. 2021 ވަނަ އަހަރުގެ މެއި 14 ވަނަ ދުވަހު ފުލުހުން ވަނީ ހދ. ނޮޅިވަރަންފަރު، މޯނިންގްސަން، މިސްބާހު މުހައްމަދު ގެއްލިގެން ހޯދަން ފަށާފައެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭނާ ފެނުނީ ޕާކިސްތާނުގެ ޑްރަގް ނެޓްވާރކެއްގައި ރަހީނުކޮށްފައި ހުއްޓައެވެ.

މިހާރުވެސް އެކި ފަހަރުމަތިން އެކި ސަރަހައްދުތަކުން ބޮޑެތި މީހުންނާއި ކުޑަކުދިން ގެއްލިގެން ފުލުހުން ގެންދަނީ އިއުލާނުކުރަމުންނެވެ. މިފަދަ ކޮންމެ ޚަބަރަކީ މިހާރު ގިނަ ބަޔަކަށް ބިރުވެރިކަން ގެނުވާ ޚަބަރުތަކެކެވެ. މީގެ ކުރިން ހިނގާފައިހުރި ހާދިސާތަކަށް ބަލައި އަހަރުމެން ދިވެހިން ދިރިއުޅެމުންމިދާ މާހައުލަކީ ރައްކާތެރި މާހައުލެއް ކަމާއިމެދު ސުވާލު އުފެދެއެވެ. ކަނޑުމަތިންނާއި އެއްގަމުން އެކި ފަހަރުމަތިން މީހުން ގެއްލިގެން އިއުލާނުކުރާއިރު މީގެ ތެރޭގައި އަދިވެސް ގެއްލިފައިވާ މީހުން އެބަތިއްބެވެ. ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑެވެ.

އެހެންނަމަވެސް ބައެއް މީހުންނަށް މިކަމުގެ ސީރިއަސްކަން އަދިވެސް ނޭނގެއެވެ. އެމީހުން ހޯދަން އިއުލާނުކުރުމުން ސޯޝަލް މީޑިއާގައި ޖޯކު ޖަހާ މީހުން މަދެއް ނޫނެވެ. އެމީހުން "ގެއިން ނިކުމެގެން ދިޔައީ" ކަމާއި، "މާދަމާ ފެންނާނެ" ކަމަށް ބުނެއެވެ. ކުޑަކުއްޖެއް ގެއްލިގެން އިއުލާނުކޮށްފިނަމަ "ރައްޓެހިވެގެން އުޅޭ ކުއްޖާއާއެކު ފިލީ" ކަމަށް ބުނެއެވެ. މިއީ ޖޯކަކަށް ހަދަންޖެހޭ ކަމަކަށްވުރެ ސީރިއަސް ކަމެކެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

01 މެއި 2019

'ސައްހަ ވީސާއަކާ ނުލާ ރާއްޖެއިން ބޭރުގައި އުޅުން؛ މައްސަލައިގެ ސީރިއަސްކަން ދިވެހިންނަށް އިނގެން ޖެހޭ

01 މެއި 2019
'ސައްހަ ވީސާއަކާ ނުލާ ރާއްޖެއިން ބޭރުގައި އުޅުން؛ މައްސަލައިގެ ސީރިއަސްކަން ދިވެހިންނަށް އިނގެން ޖެހޭ
06 ސެޕްޓެމްބަރު 2018

ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތަ ނުވަތަ ގެއްލުންތަ؟

06 ސެޕްޓެމްބަރު 2018
ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތަ ނުވަތަ ގެއްލުންތަ؟
23 ޖޫން 2018

އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

23 ޖޫން 2018
އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!
06 މާރިޗު 2018

ދިވެހިރާއްޖެ: ދައުލަތެއްގެ ސިފަ ގެއްލުން!

06 މާރިޗު 2018
ދިވެހިރާއްޖެ: ދައުލަތެއްގެ ސިފަ ގެއްލުން!
21 ޖެނުއަރީ 2018

ގާސިމަށް ބާލާ ޒާތީ ހަސަދައިގެ ގެއްލުން މުޅި ގައުމަށް!

21 ޖެނުއަރީ 2018
ގާސިމަށް ބާލާ ޒާތީ ހަސަދައިގެ ގެއްލުން މުޅި ގައުމަށް!
30 ޑިސެމްބަރު 2017

2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

30 ޑިސެމްބަރު 2017
2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!
30 އޯގަސްޓު 2017

ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

30 އޯގަސްޓު 2017
ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!
21 އޯގަސްޓު 2017

ބިހާރު ސްޓޭޓްގައި ފެންބޮޑުވުމުގެ ގެއްލުންތަކުން އަރައިގަތުމަށް ދަތިވެފައި

21 އޯގަސްޓު 2017
ބިހާރު ސްޓޭޓްގައި ފެންބޮޑުވުމުގެ ގެއްލުންތަކުން އަރައިގަތުމަށް ދަތިވެފައި
03 ޖުލައި 2017

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!
05 ޖޫން 2017

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް