Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާގައި ފެންބޮޑުވުން

ބިހާރު ސްޓޭޓްގައި ފެންބޮޑުވުމުގެ ގެއްލުންތަކުން އަރައިގަތުމަށް ދަތިވެފައި

ދައުލަތުގެ އިދާރާތަކުން ގާއިމްކުރި 1،358 ކޭމްޕަކުން 400،000 މީހުން ބޯހިޔާވަހިކަން ހޯދަން މަޖުބޫރުވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2017 | ހޯމަ 05:48
 ސްޓޭޓް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނީ 153 މީހުން މަރުވެ 152 ޖަނަވާރު މަރުވި ކަމަށް

ސްޓޭޓް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނީ 153 މީހުން މަރުވެ 152 ޖަނަވާރު މަރުވި ކަމަށް

ފެންބޮޑުވެ ބިންގަޑު ކަޑައިގެން ގޮސް 250 އަށްވުރެ ގިނަ މީހުން މަރުވެ ދަނޑުގޮވާމާއި ގެދޮރު އޮޔާގޮސް މަގުތައް ހަލާކުވެ ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި އިންޑިއާގެ ބިހާރު ސްޓޭޓްގެ ރައްޔިތުން ގޮންޖެހުންތަކާ ކުރިމަތިލަމުން އެބަދެއެވެ.

ބިހާރުގެ އިތުރުން ދެކުނު އޭޝިއާގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް މި މަހުގެ ތެރޭގައި ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ކުރިމަތިވެފައެވެ. މިއީ 2008 ވަނަ އަހަރަށް ފަހު ބިހާރް ސްޓޭޓްގައި ފެންބޮޑުވެ އެންމެ ބޮޑަށް އަސަރުކުރި ފަހަރެވެ. އެ ސްޓޭޓްގެ 38 ޑިސްޓްރިކްޓްގެ ތެރެއިން 20 ޑިސްޓްރިކްޓެއްގައި ފެންބޮޑުވެ 13 މިލިއަނެއްހާ މީހުންނަށް ވަނީ އަސަރުކޮށްފައެވެ.

ސްޓޭޓްގެ އިރުމަތީގެ ޑިސްޓްރިކްޓެއް ކަމަށްވާ އަރަރިއާ ޑިސްޓްރިކްޓްގެ ރަށްވެއްސެއް ކަމަށްވާ އަޝިޝް ރަންޖަން ބުނީ ފެންބޮޑުވުމުގެ ގެއްލުން ބޮޑު ކަމަށެވެ.

"ހާހަކަށްވުރެ ގިނަ މީހުން ހައިވޭ މަތީގައި އުޅެމުންދާތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ" 57 މީހުން މަރުވި އަރަރިއާ ޑިސްޓްރިކްޓްގައި ހުރެ އަލްޖަޒީރާއަށް އަޝިޝް ބުންޏެވެ.

އެ ޑިސްޓްރިކްޓަކީ މި ފަހަރުގެ ފެންބޮޑުވުމުގެ ހާދިސާގައި އެންމެ ގިނަ މީހުން މަރުވި ޑިސްޓްރިކްޓެވެ.

"އެ ކަމުން މުޅި އަރަރިއާ ކަހަލަ ގޮތަކަށް ސުންނާފަތިވެއްޖެ. މީހުން ބުނޭ އެމީހުން ހަޔާތުގައި ވެސް މިކަހަލަ ގޮތަކަށް ފެންބޮޑުވެގެން އުޅެނިކޮށް ނުދެކޭ ކަމަށް.ހަގީގަތުގަ ވެސް މިތަނުގެ ހާލަތު ގޯސް،" އޭނާ ބުންޏެވެ.

ސްޓޭޓް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަދުވެގެން 153 މީހުން މަރުވެ 152 ޖަނަވާރު މަރުވި ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ވިލެޖްގެ 7،000 އެއްހާ މީހުންނަށްވަނީ އަސަރުކޮށްފައެވެ. ދައުލަތުގެ އިދާރާތަކުން ގާއިމްކުރި 1،358 ކޭމްޕަކުން 400،000 މީހުން ބޯހިޔާވަހިކަން ހޯދަން މަޖުބޫރުވިއެވެ.

ބޮޑުވަޒީރު މޯދީ ވަނީ ފެންބޮޑުވުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ނޭޝަނަލް ޑިޒާސްޓަރ ރިލީފް ފޯސް އަދި ސްޓޭޓް ޑިޒާސްޓަރ ރިލީފް ފޯސްގެ ޓީމުތަކުގެ އިތުރުން އަސްކަރިއްޔާގެ ޓީމުތަކުން ވަނީ އަމިއްލަ ގެދޮރުގައި ބިކަވެފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގެންފައެވެ.

ނަމަވެސް ރަންޖަން ބުނީ ސަރުކާރުން އެކަމަށް ސަމާލުކަން ދިންލެއް ލަސް ކަމަށެވެ. އޭނާވަނީ އިދާރާތަކުން އެކަށީގެންވާ އަވަސް މިނެއްގައި މަސައްކަތް ފަށާފައި ނުވާ ކަމަށް ތުހުމަތުކޮށްފައެވެ.

"ނޭޕާލުން ފެންގަނޑު ނުކުންނަން ފެށުމާއެކު ރައްޔިތުންނަށް އިންޒާރު ދެވުނީސް އަރަރިއާއަށް ފެންގަޑު ފޯރުމުގެ ކުރިން. އޭރުން ރައްކާތެރި ސަރަހައްދުތަކަށް ދާނެ ފުރުސަތު ލިބުނީސް،" އޭނާ ބުންޏެވެ.

އިދާރާތަކުން ބުނީ އެ ފަރާތްތަކުން އުޅުނީ އެހީދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަވަދިނެތި ކަމަށާއި ކުއްލިއަކަށް ފެންގަޑު އައުމުން އެންމެން ތިބީ ހައިރާން ކަމެއްގެ ތެރޭގައި ކަމަށެވެ.

ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓްގެ ޕްރިންސިޕަލް ސެކްރެޓަރީ ޕްރަތުޔަޔާ އަމްރިތު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ މަގުތައް އަލުން ގުޅުވާލުން ކަމަށެވެ.

އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ އަސަރު ކުރި ސަރަހައްދުތަކަށް ބޯފެން ސާފުކުރުމަށް ހެލޮޖެން ޓެބްލެޓް ފޯރުކޮށްދެމުންދާ ކަމަށެވެ.

"3،000 ރުޕީސް (47 އެމެރިކާ ޑޮލަރު) އެ މީހުންގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ، އަދި އަޅުގަނޑުމެން މިދަނީ ގެދޮރާ ދަނޑުތަކަށް ލިބުނު ގެއްލުން ބަލަމުން،" ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ކުދިންނަށް ލިބެމުންދާ އަނިޔާ އިން އަރައިގަތުމަށް އެތައް އަހަރެއް ހޭދަވާނެ!

ޣައްޒާގެ ކުދިންނަށް ލިބެމުންދާ އަނިޔާ އިން އަރައިގަތުމަށް އެތައް އަހަރެއް ހޭދަވާނެ!

07 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު