Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތަ ނުވަތަ ގެއްލުންތަ؟

ޝަހީމްގެ ސަބަބުން ދީނީ ކާޑު އިތުރަކަށް ނުކުޅެވުނު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 10:11
ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު

ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު

އަދާލަތު ޕާޓީގެ ކުރީގެ ތަރުޖަމާން އަދި ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ, ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ދޫފަރިތަ ބޭފުޅެކެވެ. ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނެސް ޕާޓީތައް ވާދަކުރާ ފުރަތަމަ ރިޔާސީ އިންތިޚާބަކަށް ދޮންވަމުން އައިއިރު މިހާރުގެ ރައީސް ޔާމީން އިސްކޮށް އުޅުއްވި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ބޭފުޅެކެވެ. ޝަހީމްގެ އޭރުގެ ވާހަކަތަކަށް ގިނަ ބަޔަކު ތާއީދުކޮށް ޝަހީމް ވެފައި ވަނީ ދިވެހިންގެ މެދުގައި މަޤްބޫލު ބޭފުޅަކަށެވެ. އަދި ހަމަ އެހެންމެ ރައީސް ނަޝީދުގެ ސަރުކާރުގައި ހުންނަވައިގެން އެ ސަރުކާރާ ދެކޮޅަށް އަޑުއުފުއްލަވާ އުޅުއްވީތީ ވެސް ޝަހީމް ވަނީ ގިނަ ބަޔަކު ދަންނަ ބޭފުޅަކަށް ވެފައެވެ. އިތުރަށް މަޝްހޫރުވެގެންދިޔަ ވީޑިއޯގެ ވާހަކަ ދައްކާކަށް ނެތީމެވެ. ދައްކަން މިއުޅެނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތޯ ނުވަތަ ލިބުނީ ގެއްލުންތޯ ދެކެވޭ ވާހަކައަށެވެ.

މިކަމުގައި އަޅުގަނޑު ގޮތެއް ނިންމާކަށް ނެތީމެވެ. ނަމަވެސް ފެންނަމުންދާ މަންޒަރާއި ޕީޕީއެމްގެ މެމްބަރުންގެ ފަރާތުން އިވެމުންދާ ވާހަކަތަކަށް ބަލާލާނަމެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި ޑރ. ޝަހީމް ހަމަޖެއްސެވިކަން އިއުލާން ކުރެއްވުމުގެ ކުރިން ޝަހީމަކީ ޕީޕީއެމްގެ މެމްބަރެއް ނޫނެވެ. ރަނިންގ މޭޓަކަށް ހަމަޖެއްސެވި ކަން އިއުލާން ކުރެއްވި ފަހުން ބޭއްވި ބޮޑު ހަފްލާއެއްގައި ރަނިންގ މެޓްކަން ހަމަޖެއްސެވި ވަގުތުގެ ކުޑައިރުކޮޅެއް ކުރިއާ ހަމައަށް ވެސް ޝަހީމަކީ އެޕާޓީގެ މެންބަރެއް ނޫނެވެ. ސޮއިކުރެއްވީ އޭގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.

ޕީޕީއެމްގައި ނުހިމެނޭ މެމްބަރަކަށް ރަނިންގ މޭޓްކަން ދެއްވާފައި ވަނީ އެމަޤާމަށް ޕާޓީގެ ތެރޭގައި ބޮޑު އަރާރުމެއް ކުރިއަށް ދަނިކޮށެވެ. ފެކްޝަންތަކަކަށް ބެހިގެން ޕީޕީއެމް ތެރޭގައި ރަނިންގ މޭޓް ކަމަށް މަސައްކަތް ކުރަމުންދިޔަ ވަގުތެއްގައެވެ. އޭގެ ތެރޭގައި ބާރުގަދަ ވަޒީރުން ހިމެނޭކަން އެނގިގެންދަނީ އެފަރާތްތަކުން އަޅުގަނޑުމެންނާ ވެސް އެކަން ހިއްސާ ކުރައްވާފައިވާތީއެވެ. ނަތީޖާއެއްގެ ގޮތުން ޝަހީމަކީ އެވެރިން ބޭނުންވި ނަމެއް ނޫނެވެ. އަދި ކުއްލި ގޮތަކަށް ޝަހީމަށް އެމަޤާމް ދެއްވުމަކީ އެބޭފުޅުން ގަޔާވި ކަމެއް ނޫނެވެ. ބޮޑާހާކާކަށް ސީދާ ފާޅުގައި ހާމަ ނުކުރެއްވިއަސް އެކަމުގެ ގުޖަޑުތައް ވަނީ ހިލިފައެވެ. އެކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ނެގިމަޑުވެފައެވެ. ކުރިން ވަރަށް ހަރަކާތްތެރިވެ ރައީސް ޔާމީންގެ ކެމްޕެއިންގައި ވަރަށް ހީވާގިކޮށް މަސައްކަތުގައި އުޅުއްވި ގިނަ ބޭފުޅުން މިހާރު ލޮލުބޭހަކަށް ވެސް ނުފެނެއެވެ.

"ކާކު ޝަހީމަކީ. މިހުރިހާ ދުވަހު ޝަހީމެއް ނޫން މިކަމުގައި އުޅުނީކީ. އަޅުގަނޑުމެން މަސައްކަތް ކުރީ. އަޅުގަނޑުމެން ބޭނުންވާ މީހެއް ނޫން ޝަހީމަކީ. ޕާޓީ އައިގެން މީގެ ކުރިން އުޅުނު މީހަކަށް އެމަޤާމް ހައްޤީ. އެއްވެސް ވަރަކަށް ޝަހީމަކަށް ތާއީދެއް ނުކުރަން،" ސަރުކާރުގެ އިސްވެރިއަކު ބުންޏެވެ.

ނަން ހާމަކުރަން ނޭދޭ މިނިސްޓަރ ލެވެލްގެ ބޭފުޅަކު ވިދާޅުވީ ޝަހީމް ގެންނެވުމަށް ކުޑަކޮށް ވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށާއި ޝަހީމް ގެންނަވަން އުޅުއްވިކަން އެނގުމާ އެކު ވެސް އެކަމާ ގިނަ ބަޔަކު ހިތްހަމަނުޖެހުނު ކަމަށެވެ. އަދި ޝަހީމްއާ އެކު ދުރަށް ވަޑައިގަންނަވާނެ ބޭފުޅުން ވެސް ތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ޝަހީމް ގެންނެވީ ކުއްލިއަކަށް. އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި މެޑަމް ވެސް ހިތްހަމަޖެހިވަޑައެއް ނުގަންނަވާ. ސީދާ މެޑަމް ބޭނުންފުޅުވި ބޭފުޅުން އެބަތިއްބެވި ރަނިންގ މޭޓްކަމަށް ގެންނަވަން. އެބޭފުޅުންނާ އެކު އެކަމަށް މަސައްކަތް ވެސް ކުރެއްވި. މި ވީ ގޮތުން މެޑަމް ވެސް ކޯފާވާނެ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގައި އިސްކޮށް އުޅޭ މީހަކު ބުނީ ޝަހީމް ގެންނެވުމުން ހިތްހަމަނުޖެހުނު ފަރާތްތަކުގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ އާއި އެމްޑީޕީން ކަނޑާލުމުން ޕީޕީއެމާ ގުޅުނު ރީކޯ މޫސާމަނިކުމެން ފަދަ ބޭފުޅުން ހިމެނޭ ކަމަށެވެ. އަދި އެކަމާ ހިތްހަމަނުޖެހި ދުރުދުރުގައި އެބޭފުޅުން ކުދިކިޔަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޕީޕީއެމްގެ އެ ބޭފުޅުން އެ ވިދާޅުވަނީ ތެދެއް ކަމަށް ބާރު ލިބިދޭ ބައެއް މަންޒަރުތައް ވެސް ދަނީ ފެންނަމުންނެވެ. އޭގެ ތެރޭގައި ޝަހީމާ އެކު ރަށްރަށަށް ޕީޕީއެމްގެ އިސްބޭފުޅުން ވަޑައި ނުގަތުމަކީ ސާފު ހެއްކެކެވެ. އަދާލަތު ޕާޓީގައި އެއްކޮށް އުޅުއްވި މިހާރު އެ ޕާޓީން ވަކިވެ ސިޔާސީ ވަޒީފާތަކުގައި ތިއްބެވި އަސަދުﷲ ޝާފިއީ ފަދަ ހައެއްކަ މީހަކު ނޫނީ ޝަހީމަކާ އެކު ނުފެނެއެވެ. ޚާއްޞަކޮށް ޕީޕީއެމްގެ ފޯރިއެއް ޝަހީމާ އެކު ނުފެނެއެވެ. ޝަހީމް އުޅުއްވަން ޖެހިވަޑައިގެންފައި ވަނީ ގިނިކަންޏާއެވެ. އަދި މާބޮޑު އަމާޒެއް ނުވަތަ ޝަހީމާ ހަވާލު ކުރެވިފައިވާ ޕްލޭނެއް ވެސް އޮތް ކަމަކަށް ނުބެލެވެއެވެ.

ޝަހީމްގެ މަސައްކަތް ވެސް ޕީޕީއެމުން ބަލައިގަންނަ ކަމަށް ބުނެވޭކަށް ނެތެވެ. ކެނޑުމުގެ ކުރިން ވަކަރަށް ޖަހާލަން ނުވަތަ ޓެސްޓްކޮށްލަން ޝަހީމަށް ދިން ފުރަތަމަ ފުރުސަތުން ވެސް ޝަހީމް ވަނީ ބޮޑުތަނުން ފެއިލްވެފައެވެ. ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްއަށް ފޮނުއްވާ ޝަހީމްގެ ފަންވަރު ދައްކާލަން ކުރި މަސައްކަތް ދިޔައީ ފަނުފުލުންނެވެ. ތާކުންތާކު ނުޖެހޭ ޖަވާބުތަކަކާ އެކު ރައީސް ޔާމީނަށާއި ޕީޕީއެމަށް ލިބުނީ ބޮޑު ގެއްލުމެކެވެ. އަދި ނޭނގޭ އެއްޗެއް ވެސް ހިއްސާ ކޮށްލާނަމެވެ. އެ ޕްރޮގްރާމް ކުރިއަށް ދިޔައިރު ސީދާ ޕީޕީއެމްގެ އިސްބޭފުޅުން ގުޅުއްވައިގެން ޝަހީމަށް ކުރާނެ ސުވާލު ފޮނުއްވި ކަމެވެ.

"ޝަހީމް އެ ޕްރޮގްރާމަށް ފޮނުއްވުނު މޮޔަ ހީވެފައި ތިއްބެވީ. އަތަށް ގޮވީ. ވަރަށް ބޮޑަށް ގެއްލުންވި ކަމަށް އެބޭފުޅުން ވިދާޅުވީ،" ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި އުޅޭ މީހަކު ބުންޏެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ޝަހީމް ގެންނެވީ ސީދާ ދީނީ ކާޑު ކުޅުއްވުމަށެވެ. ދިވެހިންގެ ހިތްތަކާ ދީނީ ގޮތުން ކުޅެލުމަށެވެ. އެކަމަކު ޝަހީމާ އެކު ޕީޕީއެމަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމަކީ އެއީ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ފުރަތަމަ ކަމަކަށް ޝާހީމް ބޭއްވި ޕްރެސް ކޮންފަރެންސް އިން ފަށާނަމެވެ. ވަކިފަރާތަކަށް ނުޖެހޭ ދީނީ އިލްމުވެރިންތަކެއް ކަމަށް ދައްކައިގެން ގެނައި މީހުންނަކީ ސިޔާސީ މަޤާމްތަކެއްގައި ތިއްބެވި މާބޮޑަށް ބަސްފުޅު ވިދާޅުނުވާ ބައެކެވެ. އަނެއް ބަޔަކީ އިސްލާމީ މަރުކަޒުގެ އިސް އިމާމުންނެވެ. އެ ހިސާބުން ވެސް މީހުން ހިތްހަމައެއް ނުޖެހުނެވެ. އިހަވަންދޫގައި އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއްގައި ޤުރުއާން ކިޔެވީތީ އެރަށު މުދިމު ސަސްޕެންޑް ކުރިއިރު ސިޔާސީ ވެފައި ސިޔާސީ ވާހަކަ ދެއްކެވީމާ ވެސް އިސްލާމީ މަރުކަޒުގެ އިމާމުންނަށް ކަމެއް ނުވީމަ ގިނަ ބަޔަކު ނުރުހޭ ނުރުހުންވީ ސަރުކާރާ މެދު އިތުރެވެ.

މީގެ އިތުރުން މަރަށް މަރު ހިއްޕަވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް ހުރިހާ ބާރެއް ލިބިދީފައި އޮވެމެ އެކަން ނުކުރެއްވީތީ އެއްޗެއް ވިދާޅުވާން ޝަހީމަށް ކެރިވަޑައިނުގަތުމާއި ސިއްރު ފެންފުށީގައި ބަހައްޓާފައިވާ ބުދުތައް ނުނެގުން ފަދަ ކަންކަމަށް އެއްޗެއް ވިދާޅުނުވެ ރައީސް ޔާމީންގެ ދީނީ ސިޔާސަތު ވިއްކަވަން ދައްކަވާ ވާހަކައިގެ ސަބަބުން ދީނީ ކާޑު ރައްޔިތުން ބަލައެއް ނުގަތެވެ. އަދި ޝަހީމް ދައްކަވާ ވާހަކަތަކާއި ނަންގަވާ ސެލްފީތަކާއި ކެމްޕެއިންގައި އުޅުއްވާ ގޮތުން ދީނީ އިލްމުވެރިންގެ ތައުރީފަށް ވުރެ ބޮޑަށް ޝަހީމަށް އަމާޒުވީ ފާޑުކިޔުމެވެ. ނަތީޖާއެއްގެ ގޮތުން ޕީޕީއެމްގެ ފަހު ކާޑުގެ ގޮތުގައި ދީނީކާޑު ކުޅުނުއިރު އެއީ ހުކުމަކަށް ނުވިއެވެ. އަތްބައި ލިބޭ ގޮތެއް ނުވިއެވެ.

ދެން އޮތީ ދެކެވޭ ވާހަކައަކީ ޙަޤީގަތެއް ނަމަ އެވާހަކައެވެ. ސައޫދީން ދިން ކަމަށް ބުނާ ފައިސާއެވެ. އެފައިސާގެ ބޭނުމުގައި ރަނިންގ މޭޓް ކަމަށް ޝަހީމް ގެންނެވި ކަމަށް ވާ ނަމަ ރައީސް ޔާމީން އެގެންގުޅުވާ ޤުރުބާންކުރުމުގެ ލިސްޓަށް ޝަހީމްގެ ނަން ވެސް އިތުރުވީއެވެ. ކަންވެ ނިމުނުއިރު ޝަހީމްގެ އޮފް އެވަނީ ކެނޑިފައެވެ. މިހާރު ދަތުރެއް ކުރެއްވިއެއް ކަމަކު ސަރުކާރަށް ތާއިދުކުރާ މީޑިއާތަކުން ވެސް އެ މަންޒަރު ދައްކާލަނީ ވަރަށް ކުޑަކޮށެވެ. ކުރިން ކުރި ތައުރީފަށް ވުރެ ޝަހީމަށް އިވޭ ބަދުބަސްތައް އެވަނީ ގިނަވެފައެވެ. އަމުދުން އެންމެ ގާތް މީހުންގެ ގޮތުގައި އުޅުނު ޝެއިޚް އިލްޔާސްމެން ފަދަ ދީނީ އިލްމުވެރިންގެ ފާޑުކިއުންތައް ޝަހީމަށް އެވަނީ އަމާޒުވެފައެވެ.

ކޮންމެއަކަސް ޑރ. ޝަހީމް ރަނިންގ މޭޓަކަށް ނެގުމަކީ ރައީސް ޔާމީނަށް ލިބުނު ފައިދާއަކަށް ވުރެ ބޮޑަށް ގެއްލުމެއް ކަމަށް ގިނައިން ބުނަމުން ދަނީ ޕީޕީއެމުންނެވެ. ސަރުކާރުގައި އިސްކޮށް ތިބި ބައެއް މީހުންނެވެ. އެ މީހުން ބުނާ ގޮތުގައި ރައީސް ޔާމީނަށް މި އިންތިޚާބު ކާމިޔާބު ނުވެއްޖެ ނަމަ އެކަމުގެ އެއް އަސްލަކަށް ވާނީ ޑރ. ޝަހީމެވެ. ނިކަން ބަލަން ތިބެމާ ހިނގަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު