Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދައުލަތް

ދިވެހިރާއްޖެ: ދައުލަތެއްގެ ސިފަ ގެއްލުން!

ދައުލަތުގެ ތިންބާރުގެ އަރާރުން ވުން، ދެބާރު ވަނީ ސިފައިން ހިސޯރު ކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 6 މާރިޗު 2018 | އަންގާރަ 12:55
ރައީސް އަބްދުﷲ ޔާމީން: ވެރިކަމުގެ ބާރުތައް ދަމަހައްޓަނީ އަނެއް ދެބާރު ކޮންޓްރޯލް ކުރައްވައިގެން

ރައީސް އަބްދުﷲ ޔާމީން: ވެރިކަމުގެ ބާރުތައް ދަމަހައްޓަނީ އަނެއް ދެބާރު ކޮންޓްރޯލް ކުރައްވައިގެން

ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަށް ބަލާއިރު، ދައުލަތެއްގެ ސިފަ މިވަނީ ގެއްލިފަ އެވެ. ގާނޫނުއަސާސީއާއި ގާނޫނުތަކަށް ތަބާވުމުގައި ދިވެހި ރައްޔިތުންނާއި ހާއްސަކޮށް ދައުލަތުގެ މުއައްސަސާތަކުން އަމަލު ކުރަމުން ދަނީ އެމީހަކު ހިތަށް އެރި ގޮތަކަށެވެ.

ގާނޫނުއަސާސީގައި ދިވެހި ދައުލަތަކީ ކޮބައިކަން ބުނެދިނުމަށް ފަހު އަންނަ މާއްދާ ކަމަށްވާ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި އަދި މި ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. އެހެންކަމުން ދައުލަތުގެ ތެރޭގައި ރައްޔިތުން ހިމެނޭކަން އެނގެ އެވެ. އަދި ދައުލަތް ހިންގުމަށް ޗެކްއެންޑް ބެލެންސްގެ އުސޫލުން ތިން ބާރު އެކުލަވާލައި، އެއްބާރު އަނެއްބާރަށް ފާރަވެރިވެ، ދައުލަތުގެ ކަންކަން ހަމައިން ނެއްޓޭ ދަނޑިވަޅުގައި ހަމަމަގަށް އެޅުވުމަކީ އެ ތިންބާރުގެ މައްޗަށް ލާޒިމް ކަމެކެވެ.

ދެން އޮތީ ދައުލަތް ބެހިގެން ވަނީ ތިން ބާރުގެ މައްޗަށް ކަމަށް ބުނާ ވާހަކައަށް ބަލާލުމެވެ. އެގޮތުން ގާނޫނުއަސާސީ 5 ވަނަ މާއްދާގައި ބުނަނީ ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި ގާނޫނުއަސާސީގެ 6 ވަނަ މާއްދާގައި ބުނަނީ ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. އަދި ގާނޫނުއަސާސީގެ 7 ވަނަ މާއްދާގައި ބުނަނީ އަދުލް އިންސާފު ގާއިމުކުރުމުގެ ބާރު ލިބިގެންވަނީ ކޯޓުތަކަށް ކަމަށެވެ. ގާނޫނުއަސާސީގައި އަދުލްއިންސާފުގެ ދާއިރާއިން ފަހުބަސް ބުނާ އަދި އެންމެ މަތީ ކޯޓަކީ ސުޕްރީމް ކޯޓު ކަމަށް ބަޔާން ކޮށްފައި ވެއެވެ.

1932 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ގާނޫނުއަސާސީއެއް އެކުލަވާލާ އަމަލު ކުރަމުން އައިސް 2008 ވަނަ އަހަރު ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ގެނައި މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވޭ އެއްކަމަކީ ގާނޫނުއަސާސީގެ ދެވަނަ ބާބު އެވެ. އަސާސީ ހައްގުތަކާއި މިނިވަންކަމުގެ އެބާބަކީ މުޅި ގާނޫނުއަސާސީ މައިގަނޑު މަފްހޫމް އެވެ. ދައުލަތުން އެކަންކަން ކުރުމަށް އިހުތިޔާރަށް ދޫކޮށްލާފައިވާ ކަންކަމެއް ވެސް ނޫނެވެ. އެއީ ކުރުން ލާޒިމް ކަންކަމެވެ. ދައުލަތުގެ ތިން ބާރުން ވެސް އެއަށް އިހުތިރާމް ކުރަންޖެހޭ އަސާސީ ހައްގުތަކެއްގެ ވާހަކަ ތަކެކެވެ.

މިދަނޑިވަޅަކީ ދިވެހި ރާއްޖެ ދޫސްތޫރީ ބޮޑު އަނދަވަޅަކަށް ވައްޓާލައި، ގާނޫނުއަސާސީގައި ބުނާ ދައުލަތެއްގެ ސިފަ މިހާރު ގެއްލިފަވާ ދަނޑިވަޅެކެވެ. ދައުލަތުގެ އެއްބާރުން މިވަނީ އަނެއް ދެބާރަށް އަރައިގަނެ މަރުތަޅު އަޅުވާފަ އެވެ. ގާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ހަމަ މިގާނޫނުއަސާސީގައި ބުނާ ދައުލަތުގެ އަނެއް ދެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު ސަސްޕެންޑްކޮށް، އެ ދެ ބާރުގެ ތެރެއަށް ސިފައިން އަތްގަދަކޮށް، ހިސޯރު ކޮށްފައިވާކަމީ ދިވެހިރާއްޖެ، ދައުލަތެއްގެ ސިފަ ގެއްލިގެންދިއުން ކަމަށް ނޫނީ ނުވާނެ އެވެ. މިއީ ދުސްތޫރީ ހަޔާތުގައި ދިވެހި ދައުލަތަށް އެންމެ ނިކަމެތިކަމެއް އައިސްފައިވާ ދުވަސްތަކެވެ.

ގާނޫނުއަސާސީއަށާއި ގާނޫނަށް ދައުލަތުގެ ބާރުތަކުން އަމަލު ކުރަމުން ނުދާއިރު، ދައުލަތުގެ މުއައްސަސާތައް ވެސް ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް އަމަލު ކުރަމުންދާތަނެއް ނުފެނެ އެވެ. ދައުލަތުގެ ތަންފީޒީ އިދާރާތަކުން ގާނޫނުއަސާސީއާއި ގާނޫނުގައި ބުނެފައިވާ ގޮތަށް އަމަލު ކުރުމުގެ ބަދަލުގައި ވަކި ފަރާތެއްގެ އަމުރުތައް ތަންފީޒު ކުރަން އުޅުމަކީ ސިފައިންނާއި ފުލުހުން ކަމަށް ވިޔަސް ދިވެހި ރައްޔިތުން ބަލައިގަންނާނެ އަދި ގާނޫނު ދަންނަ އަމުރު ތަކެއް ވެސް ނޫނެވެ.

ތިމާމެން ރުހޭ ބޭފުޅަކު ވެރިކަމުގައި ހުރުމުން، ތިމަންނާމެން އަމަލު ކުރާނީ އެބޭފުޅަކު ވިދާޅުވާ ގޮތަށޭ ބުނެ، ގާނޫނުއަސާސީގައި ކޮޅުފައިން ޖެހުމަކީ ދައުލަތުގެ ސަލާމަތީ ހިދްމަތްތަކުން ކުރި ކަމަށްވިޔަސް އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ ވެސް، ރައްޔިތުންގެ މަޖިލިސް ވެސް އަދި ސުޕްރީމް ކޯޓުވެސް އުފެދިގެން އަންނަނީ ގާނޫނުއަސާސީގެ ދަށުންނެވެ. ތަންފީޒީ އިދާރާތަކާއި ސަލާމަތީ ހިދްމަތްތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތައް ވެސް އުފެދިގެން އަންނަނީ ހަމަ މިގާނޫނުއަސާސީގެ ދަށުން ނެވެ. އެހެންކަމުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ގާނޫނުއަސާސީގެ ވަކި މާއްދާތަކަކަށް އަމަލު ކޮށްފައި، ތިމާ ނުރުހޭ މާއްދާތަކަށް އަމަލު ނުކުރުމަކީ އެއީ ގާނޫނުއަސާސީ ދަންނަކަމެއް ނޫނެވެ.

ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބުނަނީ މި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށެވެ.

މިހާރު ހިނގަމުންދާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ވެސް ގާނޫނުއަސާސީގައި ބުނެފައިވާ ހާލަތެއްނެތި، ދިވެހި ރައްޔިތުންގެ އަސާސީ ގިނަ ހައްގުތަކެއް ހިފަހައްޓައި އަދި އަނެއް ދެބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު ސަސްޕެންޑް ކޮށްގެން، ދިވެހިރާއްޖޭގެ ގާނޫނީ ވެރިކަން ދެމިއޮންނާނެ ކަމަށް ގަބޫލެއް ނުކުރަމެވެ. މިކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ތަރުތީބުވެގެންދާ ކޮންމެކަމަކީ ބާތިލް ކަންތައްތަކެއްކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެވެ.

ގާނޫނީ ވެރިކަމަކީ ގާނޫނުއަސާސީއާ އެއްގޮތަށް ދައުލަތުގެ ތިން ބާރު އެކީއެކައްޗަށްކަށް ފަންޝަން ވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

30 އޯގަސްޓު 2017
ބިހާރު ސްޓޭޓްގައި ފެންބޮޑުވުމުގެ ގެއްލުންތަކުން އަރައިގަތުމަށް ދަތިވެފައި

ބިހާރު ސްޓޭޓްގައި ފެންބޮޑުވުމުގެ ގެއްލުންތަކުން އަރައިގަތުމަށް ދަތިވެފައި

21 އޯގަސްޓު 2017
ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

26 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

21 ޖޫން 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު