Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވީސާ މައްސަލަ

'ސައްހަ ވީސާއަކާ ނުލާ ރާއްޖެއިން ބޭރުގައި އުޅުން؛ މައްސަލައިގެ ސީރިއަސްކަން ދިވެހިންނަށް އިނގެން ޖެހޭ

ލަންކާގައި ސައްހަ ވީސާއަކާ ނުލާ ގިނަ އަދަދެއްގެ ދިވެހިން އުޅޭކަން ފާހަގަ ކުރެވިފައިވާކަން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ވަނީ ހާމަކޮށްފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 1 މެއި 2019 | ބުދަ 12:24
ފައިލް ފޮޓޯ: އޮޕަރޭޝަނެއްގައި ދަށުން ހިފަހައްޓާފައިވާ ބިދޭސީން ތަކެއް

ފައިލް ފޮޓޯ: އޮޕަރޭޝަނެއްގައި ދަށުން ހިފަހައްޓާފައިވާ ބިދޭސީން ތަކެއް

އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހިންގަމުންގެންދާ އޮޕަރޭޝަންގެ ސަބަބުން އެ ގައުމުގައި ގިނަ ދިވެހިންތަކެއް ގަވާއިދާ ހިލާފަށް އުޅެމުންދާކަން މި ވަނީ ހާމަވެފަ އެވެ.

ސައްހަ ވީސާއެއް ނެތި އުޅުމަކީ އެއްވެސް ގައުމެއްގައި ގާނޫނީ ގޮތުން ހުއްދަކުރާ ކަމެއް ނޫނެވެ. އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަރަށް ހަރުކަށިކޮށް ބަލާ ކަމެކެވެ.

ސައްހަ ވީސާއަކާ ނުލާ އުޅޭ ފަރާތްތަކަށް އެކި ގައުމު ތަކުގައި އަޅަނީ އެކި ފިޔަވަޅެވެ. އަދި ފިޔަވަޅު އެޅުމުގައި އޯވަރސްޓޭ ކޮށްފައި ހުރި ދިގު މިނަށް ބަލައެވެ. ލަންކާގައި ޖޫރިމަނާއެއް ދެއްކުމުން އޯވަރސެޓޭ ކޮށްފައި ހުރި ފަރާތަކަށްވެސް ފުރޭ އިރު، ބައެއް ގައުމު ތަކުން އެ މީހެއް ވަގުތުން ޑީޕޯޓް ކުރެއެވެ. ނޫނީ، ގައުމަށް ފޮނުވާލެވެންދެން ހައްޔަރުގައި ބަހައްޓައެވެ. އަނެއްބައި ގައުމު ތަކުގައި އޯވަރސްޓޭ ކުރި ފަރާތެއް ބްލެކްލިސްޓް ކުރުމަށް ފަހު، ވަކި މުއްދަތަކަށް އެ ގައުމަކަށް ނުދެވޭ ގޮތެއް ހަދައެވެ.

މިއީ ރާއްޖޭގައި ވެސް "އުނދަގޫ ބޮޑުވެ" ހަރުކަށިކޮށް ފިޔަވަޅު އަޅާ ކަމެކެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް 60،000 އަށް ވުރެ ބިދޭސީން އުޅޭ އިރު، މިއީ ގިނަ ދިވެހިން ވެސް ޝަކުވާ ކުރާ ކަމެކެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓް ކުރެވޭ އިރު، މި މައްސަލައަކީ އެކަށީގެންވާ ހައްލެއް ނުލިބިފައިވާ ކަމެއްކަން ދާދި ފަހުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންކަމުން، ސައްހަ ވީސާއަކާ ނުލާ ރާއްޖެއިން ބޭރުގެ ގައުމެއްގައި އުޅުމުގެ ނުރައްކާ ދިވެހިންނަށް އިނގޭނެ އެވެ.

ލަންކާގައި ސައްހަ ވީސާއަކާ ނުލާ ގިނަ އަދަދެއްގެ ދިވެހިން އުޅޭކަން ފާހަގަ ކުރެވިފައިވާކަން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ހާމަކޮށްފައިވާ އިރު، އެއްވެސް އިދާރާ އަކުން މިކަމަށް މިހާތަނަށް އަލި އަޅުވާލާފައެއް ނުވެއެވެ. މިއީ އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށް ވެސް ވެދާނެއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އިން ރިޕޯޓް ކުރާ ގޮތުގައި، ލަންކާއިން މި ވަގުތު ހައްޔަރު ކޮށްފައިވާ ހަ ދިވެހިން ތެރެއިން ގިނަ މީހުން ހައްޔަރު ކުރެވިފައިވަނީ ވީސާ މައްސަލައިގައެވެ. އޭގެ ތެރޭގައި އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ވީސާ އާ ނުކޮށް ތިބި މީހިން ތިބި ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ. އަދި ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ، ލަންކާގެ ހާލަތު މިހާރު އޮތް ގޮތުން ވީސާ މައްސަލަ އުޅޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެކަށީގެންވާ ކަމަށް ވެސް އެ ރިޕޯޓްގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

13 ފެބުރުއަރީ 2018
ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

19 ނޮވެމްބަރު 2017
ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

07 ސެޕްޓެމްބަރު 2017
ޗިސްޗިސް ކޮށްލިއަސް، މިނިވަން ނޫސްވެރިކަން ހުއްޓައެއް ނުލާނަން

ޗިސްޗިސް ކޮށްލިއަސް، މިނިވަން ނޫސްވެރިކަން ހުއްޓައެއް ނުލާނަން

29 ޖުލައި 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު