Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޭޑީއެޗްޑީ ހުންނަ ދެމައިން

ދެމައިންގެވެސް އޭޑީއެޗްޑީ ހުރޭ، ހަމަޖެހުމުގެ އަސްލަކަށް ވީ އުއްބައްތި

އުއްބަތި ހަދަން ބޭނުން ކުރާ ކުޑަ ކިޓަކަށް އޮންލައިންކޮށް އޯޑަރު ދިން އާޔާއަކީ މިއަދު، މީރުވަސް ދުވާ އުއްބަތި އުފެއްދުމުގެ ދާއިރާގައި އަމިއްލަ ވިޔަފާރި ކޮޅަށް ޖަހައިފި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 މާރިޗު 2023 | ބުރާސްފަތި 04:53
އާޔާ އަލް ޝިރްބިނީ؛ އޭޑީއެޗްޑީ ހުންނަ މަންމައެއް

އާޔާ އަލް ޝިރްބިނީ؛ އޭޑީއެޗްޑީ ހުންނަ މަންމައެއް

ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިލާން ޖެހޭ ކޮންމެ ކަމަކާވެސް ހިތްވަރާއި ސާބިތުކަމާއެކު ކުރިމަތިލައިފިނަމަ، ހިތްހަމަޖެހުމާ އުފާވެރިކަން ހާސިލު ކުރެވިދާނެކަން ދައްކައިދެމުން ދާ އެކަކީ މިޞްރަށް އުފަން އާޔާ އަލް ޝިރްބިނީއެވެ. ޢުމުރުން 34 އަހަރުގެ އާޔާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައީ، އޭނާއަކީ އެޓޭންޝަން ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ (އެޑީއެޗްޑީ) ހުންނަ މީހެއްކަމަށް ޑޮކްޓަރުން ކަނޑައެޅި ހިސާބުންނެވެ.

އާޔާއަކީ ޢަރަބި ސެންޓާއި ވަސްތަކަށް އިންތިހާއަށް ލޯބި ކުރި މީހެއްކަން އޭނާގެ ހަނދާނަށް އައީ، އޭނާގެ އަތް ބޭނުންކޮށްގެން މަސައްކަތްތަކެއް ކުރުމަށް، އާޔާގެ ތެރަޕިސްޓުން އިރުޝާދު ދިން ހިސާބުންނެވެ. އެ ހަނދާން އޭނާ ގެންގޮސްދިނީ ޢުއްބަތިއާ ދިމާއަށެވެ. އުއްބަތި ހަދަން ބޭނުން ކުރާ ކުޑަ ކިޓަކަށް އޮންލައިންކޮށް އޯޑަރު ދިން އާޔާއަކީ މިއަދު، މީރުވަސް ދުވާ އުއްބަތި އުފެއްދުމުގެ ދާއިރާގައި އަމިއްލަ ވިޔަފާރި ކޮޅަށް ޖަހާފައިވާ، ހިތްވަރުގަދަ މަންމައެކެވެ. އާޔާގެ އުފެއްދުންތައް ވިއްކަނީ، "ފްލޭމްސް: ގެ ނަމުގައި އޭނާ ހިންގާ އޮންލައިން ޕޭޖެއް މެދުވެރިކޮށެވެ.

ކޯޕަރޭޓް ދުނިޔޭގައި 14 އަހަރު ވަންދެން އަދާ ކުރި ވަޒީފާ ދޫކޮށް، އާޔާގެ އަމިއްލަ ވިޔަފާރީގެ މަސައްކަތް ފެށިތާ އަދި މާ ގިނަ މަހެއް ނުވެއެވެ. އާޔާ ބުނާ ގޮތުގައި، އޭނާ ކުރިން ވަޒީފާ އަދާކުރި މާޙައުލްތަކަކީ، އޭނާގެ ނަފްސާނީ ހާލަތަށް އެންމެ އެކަށޭނަ ވެއްޓެއް ނޫނެވެ. އާޔާ، އާޔާގެ ގޮތުގައި ބަލައިގަތް ވެއްޓެއް ނޫނެވެ.

މީރު ވަސްދުވާ އުއްބަތި ހެދުމުގެ މަސައްކަތް ފެށިފަހުން އޭނާގެ ބޮލު ތެރޭގައި އެނބުރޭ ޚިޔާލުތައް ތަރުތީބު ކުރަން ފަސޭހަވެ، އޭޑީއެޗްޑީއާއެކު ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކާވެސް ކުރިމަތިލާން ދަސްވެއްޖެ ކަމަށް އާޔާ ބުނެއެވެ.

ޢާއިލާއާއެކީވެސް ހަމަޖެހޭ ދިރިއުޅުމެއް އުޅެވެން ފަށައިފިއެވެ. ފިރިމީހާއާއި ދަރިންނާއެކު ހިތްގައިމު ވަޤުތުތަކެއް ހޭދަ ކުރެވެއެވެ. އާޔާގެ ދަރިންގެ ތެރެއިން، ޢުމުރުން 6 އަހަރުގެ ޔޫސްފްއަކީވެސް އޭޑީއެޗްޑީ ހުންނަ ކުއްޖެކެވެ.

އާޔާއަކީވެސް އޭޑީއެޗްޑީ ހުންނަ މީހެއްކަން ދެނެގަނެވުނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. އެއީ ދަރިފުޅުގެ ކިބައިގައި، އެ އުމުރުގެ އެހެން ކުދިންނާ ތަފާތުތަކެއް ހުރިކަން ފާހަގަވެ، ސްޕެޝަލިސްޓެއްގެ ލަފާ ހޯދާލުމަށް، ދަރިފުޅުގެ ޓީޗަރުން، އާޔާއަށް އިރުޝާދު ދިން ހިސާބުންނެވެ.

އާޔާގެ ފިރިމީހާގެ އެއްބާރުލުމާއި އެހީތެރިކަމާއެކު، އުއްބަތި ހެދުމުގެ މަސައްކަތަކީ، އާޔާ، އޭނާގެ ދަރިންނާވެސް ހިއްސާ ކުރާ މަސައްކަތަކަށް މިއަދު ވަނީ ވެފައެވެ. އާޔާގެ ދަރިފުޅަށް އިރުޝާދު ދީފައި ވާ ގޮތަށް ފަތަން ދިއުމާއި ކިކް-ބޮކްސިންގްގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ދޮށީ ބޭބެއާ އެކުގައެވެ. ދެން އޮންނަ ވަޤުތުތައް ހޭދަ ކުރަނީ އާޔާއާއެކީ އުއްބަތި ހެދުމުގެ މަސައްކަތުގައެވެ.

އޭޑީއެޗްޑީއެޓޭންޝަން ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ސައޫދީ އަރަބިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިހުމާލުވަމުންދާތީ މަޖިލީހަށް މައްސަލަ އެއް ހުށަހަޅައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިހުމާލުވަމުންދާތީ މަޖިލީހަށް މައްސަލަ އެއް ހުށަހަޅައިފި

14 އެޕްރީލު 2025
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

09 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު