Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިހުމާލުވަމުންދާތީ މަޖިލީހަށް މައްސަލަ އެއް ހުށަހަޅައިފި

އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ޚާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކިއެކި އާލާތްތައް ރާއްޖެއިން ނުލިބުމަކީ ބޮޑު ތަކުލީފެއް ކަމަށް އެ މައްސަލައިގައި ބުނެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 އެޕްރީލު 2025 | ހޯމަ 05:45
މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާސަންދައާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާސަންދައާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ޒިންމާ އޮތް މުއައްސަސާތަކުން އިހުމާލުވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް މައްސަލަ އެއް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެ މައްސަލަ ހުށަހެޅުއްވީ ހޯމަ ދުވަހުއެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން އަސާސީ ހައްގުތައް ލިބިދިނުމުގައި މީހެއްގެ ހުރި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅުދުންތެރިކަމަށް ބިނާކޮށް އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ގެންގުޅުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އިން މަނާކުރާ ކަމެއް ކަމަށެވެ. އަދި މުޖުތަމައުގެ އާއްމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފަވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖްތިމާއީ ރައްކާތެރިކަން ލިބެން ޖެހޭ ބަޔަކަށް އެހީވުމަށް، ނުވަތަ ރައްކާތެރިކަން ދިނުމަށް ކުރާ ކަންކަމަކީ ތަފާތުކުރުންކަމުގައި ނުބެލެވޭނެކަން އެ މަައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ރައްކާތެރިކަމާއި އިނާޔަތްތައް ލިބޭނެ ޤާނޫނީ ނިޒާމެއް ދިވެހިރާއްޖޭގައި އެކުލަވާލާފައިވާ ކަމަށް އެ މައްސަލައިގައިވެއެވެ. އެހެންނަމަވެސް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތިބި ނުކުޅުދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ޤާނޫނުތަކުން ލާޒިމްކުރާ ޚާއްސަ ރައްކާތެރިކަމާއި މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެްޝަން އެޖެންސީ، އެންސްޕާއިން އިހުމާލުވަމުންދާ ކަމަށް އެ މައްސަލައިގައިވެއެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން އަދާ ކުރަމުން ނުދާތީ އެ ކުދިންގެ އާއިލާތަކުން އަމިއްލައަށް އެ ފައިސާ ދައްކަން ޖެހޭ މައްސަލަ ވަނީ ފާހަގަކޮށްފައެވެ. އަދި ތެރަޕީ ކިއު ދިގު ވުމާއި، ތެރަޕީގެ އަގު ބޮޑުވުމުގެ އިތުރުން ފަރުވާ ބޭނުންވާ މީހުން ފަރުވާއިން މަހުރޫމްވުމުގެ ކަންބޮޑުވުން އެ މައްސަލައިގައި ހިއްސާކޮށްފައިވެއެވެ.

ހަމައެހެންމެ އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ޚާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކިއެކި އާލާތްތައް ރާއްޖެއިން ނުލިބުމަކީ ބޮޑު ތަކުލީފެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

ކުޑޫ ވަނީ އެފަދަ އިހުމާލުތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން އެފަދަ މީހުންގެ ދިރިއުޅުމުގެ އާންމު ހާލަތު ދަށަށް ދާކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުންސިއްހީ، ނަފުސާނީ އަދި ޖިސްމާނީ ގޮތުން އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް އެފަދަ ފަރާތްތަކާއި އެ އާއިލާތަކަށް ލިބޭ ކަމަށް އެ މައްސަލައިގައިވެއެވެ.

އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މިކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، އެ މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަން ހޯދާދިނުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ގޮވާލުމުގެ މަގްސަދުގައި ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްމުހައްމަދު އިބްރާހިމް (ކުޑޫ)ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއޯޓިޒަމްއޭޑީއެޗްޑީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި
01 ޑިސެމްބަރު 2025

ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ މީހުން ހައްޔަރުކޮށް ފޮޓޯ އާންމު ކުރިއަސް އެ ފޮޓޯ މުއައްސަސާތަކުން ޑިލީޓު ވޭ: ކުޑޫ

01 ޑިސެމްބަރު 2025
ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ މީހުން ހައްޔަރުކޮށް ފޮޓޯ އާންމު ކުރިއަސް އެ ފޮޓޯ މުއައްސަސާތަކުން ޑިލީޓު ވޭ: ކުޑޫ
20 އޮކްޓޯބަރު 2025

ލޭ ހޯދުމަށް ހުރި ދަތިތައް ހިއްސާކުރުމަށް މެމްބަރު ކުޑޫ އެދޭތާ 4 މަސް - "ޕްރެސެންޓޭޝަނެއް ހުށަހަޅަން ވެސް ފުރުސަތު ނުލިބޭ"

20 އޮކްޓޯބަރު 2025
ލޭ ހޯދުމަށް ހުރި ދަތިތައް ހިއްސާކުރުމަށް މެމްބަރު ކުޑޫ އެދޭތާ 4 މަސް - "ޕްރެސެންޓޭޝަނެއް ހުށަހަޅަން ވެސް ފުރުސަތު ނުލިބޭ"
05 އޮކްޓޯބަރު 2025

ވަޒީރުންގެ މާލީ ބަޔާން ދައުރު ފަށާއިރު ހުށަހަޅަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި

05 އޮކްޓޯބަރު 2025
ވަޒީރުންގެ މާލީ ބަޔާން ދައުރު ފަށާއިރު ހުށަހަޅަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި
24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

24 ސެޕްޓެމްބަރު 2025
ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު