Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލިމާލޭގައި މާލެ ސިޓީ ކައުންސިލުގެ އައު އޮފީހެއް

ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުގެ އައު އޮފީހެއް ތަރައްގީކުރަނީ

ކުރިއަށް އޮތްތަނުގައި ވިލިމާލެ ތަރައްގީވެ ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ގިނަ ވާނެ ކަމަށާއި މުވައްޒަފުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 މާރިޗު 2023 | ބުރާސްފަތި 02:23
މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން

ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކުރުމަށްފަހު މާލެ ސިޓީ ކައުންސިލަށް ލިބިފައިވާ އިމާރާތުގައި ވިލިމާލޭގެ އައު އޮފީހެއް ތަރައްގީ ކުރަން ނިންމައިފިއެވެ.

މި އިމާރާތަކީ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމިފައިވާ އިމާރާތެއްކަމަށާއި މި އިމާރާތުގައި ކުރަންޖެހޭނީ ފިނިޝިންގެ މަސައްކަތްކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. މި އިމާރާތުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރާނީ މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުންނެވެ.

މާލެ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ވާގޮތުން ވިލިމާލޭގައި ތަރައްގީ ކުރާ އިމާރާތަކީ "ވަން ސްޓޮޕް" ސާވިސް ސެންޓަރެއްގެ ގޮތުގައި ހިންގޭނެ އޮފީހެކެވެ. އެއީ މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތުގެ އިތުރުން ދައުލަތުގެ އެހެން އޮފީސްތަކުގެ ކައުންޓަރެއް އެއިމާރާތުގައި ހުރުމެވެ. އެހެންނަމަވެސް އެ ހިދުމަތަކީ މިވަގުތު އަދި ފޯރުކޮށްދެވޭނެ ހިދުމަތެއް ނޫން ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 93 ވަނަ ރަސްމީ އާންމު ޖަލްސާގައި ވިދާޅުވެފައެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ މިހާރު ވިލިމާލޭގައި ހުރި މާލެ ސިޓީ ކައުންސިލުގެ އޮފީހުގެ ޖާގައަށްވުރެ މި އިމާރާތުގައި ޖާގަ ތަނަވަސް ވާނެ ކަމަށާއި އަދި މާލެ ސިޓީ ކައުންސިލުގެ ވިލިމާލޭގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ އެ އިމާރާތުގައި ހުންނާނެ ކަމަށެވެ. މޭޔަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވިލިމާލެ ތަރައްގީވެ ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ގިނަ ވާނެ ކަމަށާއި މުވައްޒަފުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވޭތީ އިދާރީ މަސައްކަތްތަކަށް އެ އިމާރާތުގެ 2 ބުރި ހާއްސަކޮށްފައި ވާނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ އެ އިމާރާތުގައި ޕަބްލިކް މީޓީންގް ހޯލެއް އަދި ކައުންސިލަރުންގެ ބައްދަލުވުންތައް ބޭއްވުމަށް ކޮންފަރެންސް ރޫމެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ އެ އިމާރާތަކީ ކޮންކްރީޓް މަސައްކަތް ނިމިފައިވާ އިމާރާތަކަށްވުމުން ކުޑަ ހަރަދެއްގައި އެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްވިލިމާލެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު