Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުން

ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުވައި ދެއްވާ ރައްޔިތުން ހެއްވައިލައިފި

އެއާޕޯޓްގެ ރީތިކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުން

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 15 މާރިޗު 2023 | ބުދަ 17:13
ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު

ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ބުދަ ދުވަހުގެ ރޭ ފަރެސްމާތޮޑާ އެއާޕޯޓުގައި އެ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެއާޕޯޓް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ.

Advertisement - newsAdvertisement

ފަރެސްމާތޮޑާ އެއާޕޯޓް ބުދަ ދުވަހުގެ ރޭ ހުޅުވައިފައިވާއިރު ބުރާސްފަތި ދުވަހުން ފެށިގެން އެ ރަށަށް ޝެޑިއުލް ދަތުރުތައް ފަށާނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ހަފްތާއަކު ދެ ފްލައިޓް ފަރެސްމާތޮޑާ އެއާޕޯޓަށް ޖައްސާނެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފަރެސްމާތޮޑާ އެއަރޕޯޓަށް ޓިކެޓެއްގެ އަގަކީ 1624 ރުފިޔާއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ގާއިމްކޮށް، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކޮށްފައިވެއެވެ. އަދި އައު ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއަރޕޯޓުގެ ރަންވޭގައި ލައިޓު ހަރުކޮށް، ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ޓެސްޓްކޮށްފައެވެ. މިއީ އެ އެއަރޕޯޓަށް ރޭގަނޑު ވަގުތު ވެސް ފްލައިޓުތައް ދަތުރު ކުރެވޭ ގޮތް ހެދުމަށް ހަރުކޮށްފައިވާ ލައިޓުތަކެކެވެ.

އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ރާއްޖޭގެ އެހެން އެއާޕޯޓުތަކާ އަޅާބަލާއިރު ތަފާތު އެއާޕޯޓެކެވެ. މި އެއާޕޯޓް ތަފާތުވަނީ މި އެއާޕޯޓުގެ ޑިޒައިންގެ ސަބަބުންނެވެ. ރާއްޖޭގެ އިހުގެ "އޮޑިހަރުގެ" އެއްގެ ފަރުމާ ދައްކުވައިދޭ މި އެއާޕޯޓްގެ ރީތިކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. މި އެއާޕޯޓްގެ ރަންވޭ ސައިޑު އަދި ލޭންޑް ސައިޑްގައި ވެސް ޖަހައިފައިވަނި ބިއްލޫރިއެވެ. މި އެއާޕޯޓްގެ ޓާމިނަލްގެ 50 އިންސައްތައަކީ ބިއްލޫރިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ގދ. އަތޮޅުގައި ހުޅުވާ ތިންވަނަ އެއަރޕޯޓެވެ. މިހާރު އެ އަތޮޅުގައި އޮންނަނީ ކާޑެއްދޫ އެއަރޕޯޓާއި މާވަރުލު އެއަރޕޯޓެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިންތަކަކަށް ގެންދެވުމަށް ރައީސް ކުރައްވަމުން ގެންދަވަނީ ބުރަ މަސައްކަތްޕުޅެއް - ނަހުލާ

ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިންތަކަކަށް ގެންދެވުމަށް ރައީސް ކުރައްވަމުން ގެންދަވަނީ ބުރަ މަސައްކަތްޕުޅެއް - ނަހުލާ

16 މާރިޗު 2023
ފަރެސްމާތޮޑާ އެއާޕޯޓާއެކު އެ ސަރަހައްދަށް އަހަރަކު 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނާނެ: ރިޒްވީ

ފަރެސްމާތޮޑާ އެއާޕޯޓާއެކު އެ ސަރަހައްދަށް އަހަރަކު 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނާނެ: ރިޒްވީ

16 މާރިޗު 2023
މި ވައިގެ ބަނދަރުން ރައްޔިތުންނަށް ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއި ފަސޭހައެއް ނޫން، އިޤްތިސާދީ ކުރިއެރުން ވެސް ލިބޭނެ: ރައީސް

މި ވައިގެ ބަނދަރުން ރައްޔިތުންނަށް ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއި ފަސޭހައެއް ނޫން، އިޤްތިސާދީ ކުރިއެރުން ވެސް ލިބޭނެ: ރައީސް

15 މާރިޗު 2023
އެންމެން ދައްކަނީ ފަރެސްމާތޮޑާ އެއާޕޯޓުގެ ރީތި ވާހަކަ، ރައްޔިތުން ހެވިފައި!

އެންމެން ދައްކަނީ ފަރެސްމާތޮޑާ އެއާޕޯޓުގެ ރީތި ވާހަކަ، ރައްޔިތުން ހެވިފައި!

15 މާރިޗު 2023
މާލެއިން ފަރެސްމާތޮޑާއަށް، ކޮޅަކަށް 1،624 ރުފިޔާ!

މާލެއިން ފަރެސްމާތޮޑާއަށް، ކޮޅަކަށް 1،624 ރުފިޔާ!

14 މާރިޗު 2023

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު