Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަތުރުފަތުރުގެ ނިޒާމް

ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިންތަކަކަށް ގެންދެވުމަށް ރައީސް ކުރައްވަމުން ގެންދަވަނީ ބުރަ މަސައްކަތްޕުޅެއް - ނަހުލާ

އަދި އަތޮޅުތަކުގެ ރަށްރަށުން ފަސޭހަ ކަމާއި އެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް މިވަނީ ގާއިމް ކުރެވިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 މާރިޗު 2023 | ބުރާސްފަތި 08:30
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިންތަކަކަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރައްވަމުން ގެންދަވަނީ ބުރަ މަސައްކަތްޕުޅެއް ކަމަށް ވިދާޅުވެ، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ރައީސްއަށް ތައުރީފް އޮއްސަވާލައްވައިފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އުތުރާއި ދެކުނު ހިމެނޭ ގޮތުން، މުޅިރާއްޖެ ތަރައްޤީ ކުރުމުގެ ތަސައްވުރެއް ގެންގުޅުއްވައި، ޒަމާނުންސުރެ ރާއްޖޭގައި ދަތުރުފަތުރު ކުރުމުގައި، ދިވެހި ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފު މިއަދު މިވަނީ މާޒީ ވެފައި ކަމަށެވެ. އެންމެނަށް ދަތުރު ފަތުރުގެ ލުއި ފަސޭހަކަން ލިބިފައި ކަމަށާއި، މިއަދު ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް މިވަނީ އިންގިލާބީ ބޮޑު ބަދަލެއް އައިއްސަފައި ކަމަށެވެ.

އަދި އަތޮޅުތަކުގެ ރަށްރަށުން ފަސޭހަ ކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް މިވަނީ ގާއިމުކުރެވިފައި ކަމަށެވެ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިންތަކަކަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުން ރާއްޖޭގެ އުތުރާއި ދެ ކުނުގެ ސަރަހައްދީ ވައިގެ ބަނދަރުތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިއްޖެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯއްދަވައިދެއްވާ، ގައުމު ބިނާކުރުމުގައި ރައީސް ޞާލިހު ދައްކަވާ ސާބިތުކަމަށާއި "އަޅުގަނޑުމެންނަށް" ދެއްވާ ހިއްވަރަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙަށް، ދިވެހި ރައްޔިތުންގެ ނަމުގައި، ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހުވަދު އަތޮޅަކީ، މިހާރުވެސް އޮޕަރޭޝަންގައި 2 އެއާރޕޯޓް އޮންނަ އަތޮޅަކަށް ވާއިރު، ފަރެސްމާތޮޑާ އެއާޕޯޓާއެކު، އެއް އަތޮޅެއްގައި އެންމެ ގިނަ އެއާޕޯޓް ހުޅުވުނު އަތޮޅު ކަމުގައި ވެގެންދާނެ ކަމަށެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރާ ދާއިރާ ކަމަށް ވާއިރު، މިއީ ހުވަދުއަތޮޅުގެ އިގްތިސާދަށް، މިކަމުގެ ސަބަބުން ހެޔޮ ބަދަލްތަކެއް އަންނާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ވުޒާރާއާއި ހަވާލުވެވަޑައިގެންނެވިއިރު، މި ދާއިރާގައި ވަރަށް ބޮޑު ގޮންޖެހުންތައް ހުރި ކަމަށެވެ. ނަމަވެސް ހުރި ގޮންޖެހުމަކާއި އެކުވެސް ރާއްޖޭގެ ވައިގެ ދަތުރުފަތުރު ކުރިއެރުވުމަށް ދުރު ރާސްތާގެ ސިޔާސަތެއް ފުރަތަމަ ފަހަރަށް ކަނޑައެޅި، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިޔާސަތެއް އެކުލަވާލެވުނު ކަމަށެވެ.

އަދި އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި އެއްގޮތްވާގޮތުގެ މަތިން ބައްޓަންކުރެވިފައިވާ، ލުއިފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭނެ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުމަށް، ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައިވެސް، ގިނަ ގުނަ މަސައްކަތްތަކެއް ކުރެވި އަދި ކުރަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަޙުލާފަރެސްމާތޮޑާ އެއަރޕޯޓްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު