Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަރެސްމާތޮޑާ އެއާޕޯޓް

އެންމެން ދައްކަނީ ފަރެސްމާތޮޑާ އެއާޕޯޓުގެ ރީތި ވާހަކަ، ރައްޔިތުން ހެވިފައި!

މި އެއާޕޯޓާއެކު މި ސަރަހައްދުގެ ހުރިހާ ރަށަކަށް ފައިދާ ވާނެ

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 15 މާރިޗު 2023 | ބުދަ 14:17
ފަރެސްމާތޮޑާ އެއާޕޯޓް

ފަރެސްމާތޮޑާ އެއާޕޯޓް

މިއަދަކީ ފަރެސްމާތޮޑާއަށް ބޮޑު ދުވަހެކެވެ. އެތައް ދުވަހެއްގެ އިންތިޒާރަށްފަހު މި ރަށުގެ ރައްޔިތުން ދުށް އެއާޕޯޓެއްގެ ހުވަފެނުގައި ކުލަޖެހޭ ދުވަހެވެ. އެކަމަކު، މި ހުވަފެނުގައި ކުލަޖެހޭއިރު އެތައް ގޮތަކުން މި ރަށުގެ އެއާޕޯޓު ހާއްސަ ވެސް މެއެވެ. ތަފާތު ވެސް މެއެވެ.

މި އެއާޕޯޓުގެ ޑިޒައިންގެ މޭސްތިރިން ބުނާ ގޮތުގައި މި ތަނުން ދައްކުވައިދޭން ބޭނުންވަނީ އިހުގެ "އޮޑިހަރުގެ" އެކެވެ. އިމާރާތުގެ ވަށައިގެން ބިއްލޫރި ޖަހައިފައިވާއިރު އިމާރާތުގެ ފުރާޅުގައި ޖަހައިފައިވަނީ އާޓިފިޝަލް ފަނެވެ. ތިނެސްކަން ބައްޓަމަށް ހަދައިފައިވާ މި އިމާރާތް ހުރީ ތިން ބުރީގެ އިމާރާތެއްގެ އުސްމިނުގައެވެ.  އިމާރާތުގެ މެދަށްވާ ގޮތަށް ބިއްލޫރި ޖަހައި އިރުގެ އަލި ވަންނަ ގޮތަށް ވަނީ ހަދައިފައެވެ. އަދި އެ ތަނުގައި ގަސް ހައްދާނެ ޖާގައެއް ވެސް ހަދައިފައިވެއެވެ. 

ކުރު ގޮތަކަށް ބުނާނަމަ، ރާއްޖޭގެ އެހެން އެއާޕޯޓުތަކުން ނުފެންނަ އެތައް ސިފައެއް މި އެއާޕޯޓުން ފެނެއެވެ. ދުރުން ބަލާލަން ވެސް ރީއްޗެވެ. އެތެރެއަށް ވަދެލެވުމުން ހިތްހަމަޖެހެއެވެ. ޖާގަ އެހާ ތަނަވަހެވެ. މިއީ ރާއްޖޭގެ އެއާޕޯޓުތަކުގެ ޑިޒައިންތައް ބަދަލުކޮށްލާނެ އެއާޕޯޓަކަށް ވާނެ ކަމަށް ބެލެވެއެވެ. އެކަމަކު، މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ. 2021ވަނަ އަހަރުގެ ކުރީކޮޅުން ފަށައިގެން އަމަލީ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދާއިރު މި މަސައްކަތުގައި ހުރި ގޮންޖެހުން ވެސް ބޮޑެވެ. 

ފަރެސްމާތޮޑާ އެއާޕޯޓުގެ އެގްޒެކެޓިވް ޕްރޮޖެކްޓް މެނޭޖަރު އިބްރާހިމް ހަސަން ވިދާޅުވީ މިއީ ޗެލެންޖިންގ މަސައްކަތެއް ކަމަށާއި އެމްޓީސީސީއަށް ލިބުނީ ހައުސިން މިނިސްޓްރީން ދިން ތްރީޑީ މޮޑިއުލް ކަމަށެވެ. އެންމެ ބޮޑު ޗެލެންޖަކަށްވީ ކާޓެއިން ވޯލްގެ މަސައްކަތްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ ޓާމިނަލްގެ ދެކޮޅުގައި ބިއްލޫރި ޖެހުމެވެ. 

އޭނާ ވިދާޅުވީ ކޮންމެ ބިއްލޫރިގަނޑެއް ވަކިވަކިން ޗައިނާއިން ގެނެސް ރާވައިފައިވާ ކަމަށެވެ. އަދި އެއިން ބިއްލޫރިގަނޑެއްގެ ބަރުދަނުގައި ގާތްގަނޑަކަށް 100 ކިލޯ ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އިބްރާހިމް ވިދާޅުވީ އެ ކުންފުނީގެ އިންޖިނޭރިން އެންޑް ޑިވަލޮޕްމެންޓް ޓީމުން ކުރެހުންތައް ޑީޓެއިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި އެހާ ފަސޭހައިން މި ޑިޒައިން އަސްލަކަށް ހެދުނީ ވެސް އެ ކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. 

މި ޕްރޮޖެކްޓްގެ ސައިޓް މެނޭޖަރު މުހައްމަދު ވަހީދު ވިދާޅުވީ އެއާޕޯޓުގެ އެއާ ސައިޑާއި ލޭންޑް ސައިޑުގައި އެއްކޮށް ހުންނާނީ ބިއްލޫރި ޖަހައިފައި ކަމަށެވެ. އަދި ޗައިނާއިން ގެނައި މި މެޓީރިއަލްތަކަކީ ވަރަށް ކޮލިޓީ މެޓީރިއަލްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޓާމިނަލްގެ 50 އިންސައްތައަކީ ބިއްލޫރިއެވެ. މިއީ ރާއްޖޭގެ އިމާރާތްތަކުގައި އާންމުކޮށް ބިއްލޫރި ބޭނުންކުރާ ވަރަށްވުރެ ބޮޑު އިންސައްތައެކެވެ.

އެއާޕޯޓުން ދުއްވާ އެއްޗެއްގައި 10 ވަރަކަށް މިނެޓުން ރަށުތެރެއަށް އެރެއެވެ. އެ ދެމެދުގައި ކޯސްވޭއެއް އަޅާއިރު އެއީ ފުޅާމިނުގައި ތިރީސް ފޫޓު އަދި ދިގުމިނުގައި 10 މީޓަރު ހުންނަ ކޯޒްވޭއެކެވެ. އެ ތަން އޯގަސްޓު މަހު ނިމޭނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއަރޕޯޓުގެ ރަންވޭގައި ލައިޓު ހަރުކޮށް، ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ޓެސްޓްކޮށްފައެވެ. މިއީ އެ އެއަރޕޯޓަށް ރޭގަނޑު ވަގުތު ވެސް ފްލައިޓުތައް ދަތުރު ކުރެވޭ ގޮތް ހެދުމަށް ހަރުކޮށްފައިވާ ލައިޓުތަކެކެވެ.

އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

ފަރެސްމާތޮޑާއިން "ރާއްޖެޓީވީ"އާ ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި މިއީ ގިނަ ދުވަސްތަކެއްގެ އުންމީދެއްގައި ކުލަޖެހުމެވެ. އަދި ދަތުރުފަތުރަށް ލިބުނު ބޮޑު ފަސޭހައެކެވެ. މީގެ ކުރިން ކާޑެއްދޫ އެއާޕޯޓުން މާލެ ދަތުރުކުރަން ޖެހޭއިރު، މި ރަށުން ކާޑެއްދުއަށް ދިއުމަށް ލޯންޗު ހަރަދު ދެކޮޅު ޓިކެޓުގެ ހަރަދަށްވުރެ ބޮޑުވެއެވެ. އެހެންކަމުން، އަމިއްލަ ރަށުގައި އެއާޕޯޓެއް އެޅުމަކީ ލިބޭ އުފަލެކެވެ.

މިހާރު ވެސް އެއާޕޯޓުން ފަންސާހެއްހާ ވަޒީފާ ވަނީ އުފެދިފައެވެ. އެއީ ފަރެސްމާތޮޑާގެ ގާބިލު ޒުވާނުންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

މި އެއާޕޯޓުން ފައިދާ ވާނީ ފަރެސްމާތޮޑާއަށް އެކަންޏެއް ނޫނެވެ. މި ރަށުގެ ވަށައިގެން ހުރި ރަށްތަކަށް ވެސް މެއެވެ. އެ ގޮތުން މި އަތޮޅު ފިޔޯރީ، ވާދޫ އަދި ރަތަފަންދުއަށް މި އެއާޕޯޓުގެ މަންފާ ވަރަށް ބޮޑަށް ކުރާނެއެވެ. އެއިން ކޮންމެ ރަށަކުން ވެސް ލޯންޗުގައި 15 މިނެޓް ނުވަނީސް މި ރަށަށް އާދެވޭނެއެވެ.

އެއާޕޯޓާއެކު ފަރެސްމާތޮޑާއަށް އައިސްފައި އޮތީ އީދެކެވެ. އެންމެން ދައްކަނީ އެއާޕޯޓާއެކު ވާނެ ފަސޭހައިގެ ވާހަކައެވެ. އެކަމަކު، އެންމެ ބޮޑަށް މި އެއާޕޯޓުގެ ރީތި ވާހަކައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު