Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަރެސްމާތޮޑާ އެއަރޕޯޓް

ފަރެސްމާތޮޑާ އެއަރޕޯޓް އަންނަ މަހު ހުޅުވަނީ

5 ފެބުރުއަރީ 2023 | އާދީއްތަ 10:30

އެއަރޕޯޓް ހުޅުވާނީ އަންނަ މަހުގެ 15 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ފެބުރުއަރީ 2023 | އާދީއްތަ 10:30
ފަރެސްމާތޮޑާ އެއަރޕޯޓުގެ ޓަރމިނަލް އިމާރާތް

ފަރެސްމާތޮޑާ އެއަރޕޯޓުގެ ޓަރމިނަލް އިމާރާތް

ސަރުކާރުން ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރަމުން އަންނަ ޑޮމެސްޓިކް އެއަރޕޯޓް އަންނަ މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

އެއަރޕޯޓް އަންނަ މަހު ހުޅުވުމަށްޓަކައި މިހާރު ކުރަމުން އަންނަނީ އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ އިން ބުނެފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވާނެ ކަމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކުރަމުން އަންނަނީ މޯލްޑިވްސް ޓްރާނސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއިި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި، ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއަރޕޯޓުގެ ރަންވޭގައި ލައިޓު ހަރުކޮށް، ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ޓެސްޓްކޮށްފައެވެ. މިއީ އެ އެއަރޕޯޓަށް ރޭގަނޑު ވަގުތު ވެސް ފްލައިޓުތައް ދަތުރު ކުރެވޭ ގޮތް ހެދުމަށް ހަރުކޮށްފައިވާ ލައިޓުތަކެކެވެ. އެ އެއަރޕޯޓުގައި މިހާރު ކުރަމުން އަންނަނީ އެއަރޕޯޓު ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތަކުގެ މަސައްކަތެވެ.

 އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

މި މަޝްރޫއުގެ ދަށުން ރަންވޭއާއި ފަޔަރ ބިލްޑިންއާއި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި ޓަރމިނަލްގެ ސްޓްރަކްޗަރުގެ މަސައްކަތްތަކާއި އެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ އެންމެ ފަހުގެ މަސައްކަތްތައް ހިއްސާކޮށް އެ އެއަރޕޯޓުގެ ފެސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ގޮތުގައި, އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ރާޑަރާއި ރަންވޭ ލައިޓިން ސިސްޓަމްތައް ވަނީ ޓެސްޓުކޮށްފައެވެ. އެހެންކަމުން އެއަރޕޯޓު އޮޕަރޭޝަނަށް ގެނައުމާއެކު ވެސް އެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓުތައް ޝެޑިއުލް ކުރެވޭނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ގދ. އަތޮޅުގައި ތަރައްގީ ކުރާ ތިންވަނަ އެއަރޕޯޓެވެ. މިހާރު އެ އަތޮޅުގައި އޮންނަނީ ކާޑެއްދޫ އެއަރޕޯޓާއި މާވަރުލު އެއަރޕޯޓެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްފަރެސްމާތޮޑާއެމްޓީސީސީމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް