Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުން

މި ވައިގެ ބަނދަރުން ރައްޔިތުންނަށް ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއި ފަސޭހައެއް ނޫން، އިޤްތިސާދީ ކުރިއެރުން ވެސް ލިބޭނެ: ރައީސް

އެއަރޕޯޓާއެކު ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެން ހިނގައްޖެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 15 މާރިޗު 2023 | ބުދަ 17:35
ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ގދ. ފަރެސްމާތޮޑާ އެއަރޕޯޓާއެކު ރައްޔިތުންނަށް ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއި ފަސޭހަ ނޫން ކަމަށާއި އިޤްތިސާދީ ކުރިއެރުން ވެސް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއަރޕޯޓާއެކު ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެން ހިނގައްޖެ ކަމަށާއި ރަށުގައި ދެން އެންމެ އަވަހަށް ފުޅާވާނެ ކަމަށް ބެލެވެނީ ޓެކްސީގެ ޙިދުމަތް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެއަރޕޯޓާއެކު ފަތުރުވެރިންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަން ފަސޭހަވެ، އެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

އެއަރޕޯޓުގެ މަސައްކަތް ފެށީ ކޮވިޑުގެ ބަލިމަޑުކަމުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ދަނޑިވަޅުގައި ވެސް އެއަރޕޯޓްގެ މަސައްކަތް ފެށުމަކީ ޒުވާނުންނަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އެއީ އޭރު ވެސް ވަޒީފާގެ ފުރުސަތު ތަނަވެސް ވެގެން ދިޔުމުން ކަމަށް ވިދާޅުވިއެވެ.

އެއަރޕޯޓާއެކު ދެން ވަރަށް އަވަހަށް  ކޯޒްވޭގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ވައިގެ ބަނދަރުން ސިފަކޮށްދެނީ ޖަޒީރާގެ މަލަމަތި ކަމަށާއި މިތަނުގެ ޓާމިނަލް އިމާރާތް ތިމާވެއްޓާއި ރަށްޓެހި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެއް އަތޮޅަށް އަންނަ ދިރުމުގެ އަސަރު އަނެއް އަތޮޅަށް ވެސް ކުރާނެ ކަމަށާއި އެކަމުގެ މަންފާ އެންމެނަށް ކުރާނެ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓް ހުޅުވުމުން މުޅި ރާއްޖެއަށް އެތައް ގޮތަކުން ތަރައްޤީތައް އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހިންގާ ކުރިއަށް ގެންދިޔުމުގައި އެމްޓީސީސީން ކުރަމުން ގެންދަނީ އިތުބާރު ފުރިހަމަ މަސައްކަތެއް ކަމަށާއި  އެއަރޕޯޓުގައި ގަސް އިންދާ ފެހިކުރުމާއި ސާފުކުރުމުގައި ފަރެސްމާތޮޑާ ރައްޔިތުން ވަރަށް ބުރަ މަސައްކަތެއް ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވަނީ އެކަމަށް، އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ އެއަރޕޯޓުގެ ސަބަބުން ރައްޔިތުންނަށް ފޯރުންތެރި ދިރިއުޅުމެއް ލިބިގެންދާނެ ކަމަށާއި ފުދުންތެރި އިޤްތިސާދެއް ބިނާވެގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމުގައި އިތުރުވެގެންދިޔަ އިތުރު ބޮޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ރާއްޖޭގެ އެހެން އެއާޕޯޓުތަކާ އަޅާބަލާއިރު ތަފާތު އެއާޕޯޓެކެވެ. މި އެއާޕޯޓް ތަފާތުވަނީ މި އެއާޕޯޓުގެ ޑިޒައިންގެ ސަބަބުންނެވެ. ރާއްޖޭގެ އިހުގެ "އޮޑިހަރުގެ" އެއްގެ ފަރުމާ ދައްކުވައިދޭ މި އެއާޕޯޓްގެ ރީތިކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއެމްޓީސީސީފަރެސްމާތޮޑާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު