Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަރެސްމާތޮޑާ އެއަރޕޯޓް

ފަރެސްމާތޮޑާ އެއަރޕޯޓަށް ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ޖައްސައިފި

13 މާރިޗު 2023 | ހޯމަ 14:12

ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 މާރިޗު 2023 | ހޯމަ 14:12
ފަރެސްމާތޮޑާ އެއަރޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓް

ފަރެސްމާތޮޑާ އެއަރޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓް

ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ހޯމަ ދުވަހުގެ ހަވީރު 5:28ގައި ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482 އެވެ. މިއީ، ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ މޯލްޑިވްސް ޓްރާނސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއިި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ގާއިމްކޮށް، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކޮށްފައިވެއެވެ. އަދި އައު ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއަރޕޯޓުގެ ރަންވޭގައި ލައިޓު ހަރުކޮށް، ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ޓެސްޓްކޮށްފައެވެ. މިއީ އެ އެއަރޕޯޓަށް ރޭގަނޑު ވަގުތު ވެސް ފްލައިޓުތައް ދަތުރު ކުރެވޭ ގޮތް ހެދުމަށް ހަރުކޮށްފައިވާ ލައިޓުތަކެކެވެ.

އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

މި މަޝްރޫއުގެ ދަށުން ރަންވޭއާއި ފަޔަރ ބިލްޑިންއާއި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި ޓަރމިނަލްގެ ސްޓްރަކްޗަރުގެ މަސައްކަތްތަކާއި އެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ގދ. އަތޮޅުގައި ތަރައްގީ ކުރާ ތިންވަނަ އެއަރޕޯޓެވެ. މިހާރު އެ އަތޮޅުގައި އޮންނަނީ ކާޑެއްދޫ އެއަރޕޯޓާއި މާވަރުލު އެއަރޕޯޓެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްފަރެސްމާތޮޑާމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
09 މެއި 2024

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

09 މެއި 2024
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި
04 ފެބުރުއަރީ 2024

ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް

04 ފެބުރުއަރީ 2024
ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް
05 ނޮވެމްބަރު 2023

ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ

05 ނޮވެމްބަރު 2023
ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ
04 ނޮވެމްބަރު 2023

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި

04 ނޮވެމްބަރު 2023
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި
26 އޮކްޓޯބަރު 2023

އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި

26 އޮކްޓޯބަރު 2023
އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި
24 އޮކްޓޯބަރު 2023

ބަންޑާރަ ގޯއްޗަށާއި ފުލެޓަށް އެދި 40,594 ފޯމް ހުށަހަޅައިފި

24 އޮކްޓޯބަރު 2023
ބަންޑާރަ ގޯއްޗަށާއި ފުލެޓަށް އެދި 40,594 ފޯމް ހުށަހަޅައިފި
12 އޮކްޓޯބަރު 2023

ނޮވެމްބަރު 17ގެ ކުރިން ފްލެޓް ލިސްޓު އާއްމުކޮށް، އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ - ހައުސިންގ މިނިސްޓްރީ

12 އޮކްޓޯބަރު 2023
ނޮވެމްބަރު 17ގެ ކުރިން ފްލެޓް ލިސްޓު އާއްމުކޮށް، އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ - ހައުސިންގ މިނިސްޓްރީ
05 އޮކްޓޯބަރު 2023

ފަރެސްމާތޮޑާ ދާއިރާގެ ބައި–އިލެކްޝަން މިއަހަރު ނުބާއްވާނެ

05 އޮކްޓޯބަރު 2023
ފަރެސްމާތޮޑާ ދާއިރާގެ ބައި–އިލެކްޝަން މިއަހަރު ނުބާއްވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް