Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަރލިން އިކޮނަމިކް ފޯރަމް 2023

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޚާއްސަ ޙައްލުތަކެއް ބޭނުންވޭ: ޝާހިދު

11 މާރިޗު 2023 | ހޮނިހިރު 02:01

އިތުރު ކާރިސާއެއް ނުވަތަ ބަލިމަޑުކަމެއް ކުރިމަތިވުމުގެ ކުރިން ކުދި ޤައުމުތަކަށް ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން މުހިއްމުކަމަށް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 މާރިޗު 2023 | ހޮނިހިރު 02:01
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް އުފެދިފައިވާ ގޮތުންނާއި އުފެދުމުގައި ހުރި ކަންކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ވަކީން ޚާއްސަ ޙައްލުތަކެއް ބޭނުންވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައިވަނީ ޖަރުމަނުވިލާތުގެ ބަރލިންގައި މިހާރު ކުރިއަށްދާ ބަރލިން އިކޮނަމިކް ފޯރަމް 2023ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި އެޤައުމުތަކުގެ ޙާލަތު ވަޒަންކުރުމަށް ޚާއްސަ ގޮތްތަކެއް ހޯދަންޖެހޭ ކަން ފާހަގަކުރައްވައި އެކަމާ ގުޅޭގޮތުން އ.ދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތުގައި އެމަނިކުފާނު ހުންނެވި އިރު ފެއްޓެވި މަސައްކަތެއް ކަމަށްވާ "މަލްޓި ޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

އަދި 2004ވަނަ އަހަރު ހިނގައިދިޔަ އިންޑިއާ ކަނޑުގެ ސުނާމީ އާއި ކޮވިޑް-19 ޢާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ކުރި ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި އިތުރު ކާރިސާއެއް ނުވަތަ ބަލިމަޑުކަމެއް ކުރިމަތިވުމުގެ ކުރިން ކުދި ޤައުމުތަކަށް ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން މުހިއްމުކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

ހަމައެއާއެކު މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި އެގޮންޖެހުންތަކަކީ ހަމައެކަނި ކުދި ޤައުމުތަކަށް ދިމާވާނެ ގޮންޖެހުންތަކެއް ނޫން ކަމަށާއި ޔޫރަޕް، އުތުރު އެމެރިކާ އަދި އެފްރިކާގެ އެކި ސަރަހައްދުތަކަށް މިހާރުވެސް މިކަމުގެ ގެއްލުންތައް ފެންނަމުން ދާކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ އެންމެ ބިންތިރި ޤައުމަށް ދިވެހިރާއްޖެ ވީހިނދު، ދުނިޔޭގެ ފިނިހޫނުމިނުގައި 1.5 ޑިގްރީ ސެލްސިއަސްއާއި 2 ޑިގްރީ ސެލްސިއަސްގެ ތަފާތަކީ ދިވެހިރާއްޖެއަށް މަރުގެ ހުކުމެއް އައުމާ އެއްފަދަކަމެއް ކަން ވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ސުލްހައާއި ރައްކަތެރިކަން ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ހިމާޔަތްކުރުމުގައި ކުދި ގައުމުތަކަކީ ބަސް ބުނެވޭ، ބަސް ވިކޭ ބަޔަކަށް ވެވޭނެކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވަނީ ދުނިޔެއަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދުމަށްޓަކައި ކުދި ގައުމުތަކުގެ އަޑުއެހުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ބަރލިން އިކޮނަމިކް ފޯރަމް އަކީ އެކެޑަމީ އޮފް ކަލްޗަރަލް ޑިޕްލޯމަސީ އިން އިންތިޒާމުކުރައްވައި މިހިނގާ މާރޗް މަހުގެ 6ން 10ށް ކުރިއަށްގެންދާ ބައިނަލްއަޤުވާމީ ފޯރަމެކެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް