Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަން އިންޓަރނޭޝަނަލް އެއަރޕޯޓް

ޕްރޮޖެކްޓާއެކު 130 ކޮޓަރީގެ ހޮޓަލަކާއި 50 ކޮޓަރީގެ ބުޓީކް ހޮޓަލެއް ތަރައްގީކުރެވިގެންދާނެ: ގައިސް

މިއީ އައްޑޫ ސިޓީއާއި ދެކުނުގެ ރަށްތަކުގެ އިގުތިސާދު ރަނގަޅު ކުރެވިގެންދާނެ މުހިންމު މަސައްކަތެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 މާރިޗު 2023 | އާދީއްތަ 12:06
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓާއެކު 130 ކޮޓަރީގެ ދޫގަސް ހޮޓަލާއި 50 ކޮޓަރީގެ ބުޓީކް ހޮޓަލެއް މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އައްޑޫ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑަޓްގެ މެނޭޖިންގ ޑިރެކްޓަރު, ގައިސް ނަސީރު ވިދާޅުވެއްޖެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގައިސް ވިދާޅުވީ މިއަދަކީ އުންމީދީ ދުވަހެއް ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީއާއި ދެކުނުގެ ރަށްތަކުގެ އިގުތިސާދު ރަނގަޅު ކުރެވިގެންދާނެ މުހިންމު މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ 17 މިލިއަން ޑޮލަރު (272.2 މިލިއަން ރުފިޔާ)ގެ ލޯނު އެހީ ބޭނުންކޮށްގެންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާއެކު އެއަރޕޯޓުގެ ޓަރމިނަލް ތަރައްގީ ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައްވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއާއެކު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އާ ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނެއްވެސް އެ މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން އެއަރޕޯޓުގެ މަގުތަކާއި އެއަރޕޯޓްގެ ޕާކިންގ ސަރަހައްދުތައްވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2020

130 ފުލުހަކު ކަރަންޓީނުގައި

28 އެޕްރީލު 2020
130 ފުލުހަކު ކަރަންޓީނުގައި
17 ނޮވެމްބަރު 2019

މިހާތަނަށް 130 މިލިއަނަށް ވުރެ ގިނަ ފައިސާ ސްޓޫޑެންޓް ލޯނަށް ދޫކޮށްފައިވޭ: މިނިސްޓަރު

17 ނޮވެމްބަރު 2019
މިހާތަނަށް 130 މިލިއަނަށް ވުރެ ގިނަ ފައިސާ ސްޓޫޑެންޓް ލޯނަށް ދޫކޮށްފައިވޭ: މިނިސްޓަރު
23 އޮކްޓޯބަރު 2019

ބިޑް ކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލުގެ ދަށުން, މިހާތަނަށް 130 އަށް ވުރެ ގިނަ މަޝްރޫޢު ހުށަހަޅާފައިވޭ: ފައްޔާޒް

23 އޮކްޓޯބަރު 2019
ބިޑް ކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލުގެ ދަށުން, މިހާތަނަށް 130 އަށް ވުރެ ގިނަ މަޝްރޫޢު ހުށަހަޅާފައިވޭ: ފައްޔާޒް
30 ޖޫން 2019

ޤަވާއިދާ ޚިލާފަށް ޕާކު ކޮށްގެން މިދިޔަ ހަފްތާގައި 1300 އަށް ވުރެ ގިނަ އުޅަނދުގައި ސްޓިކަރ ޖަހާފައިވޭ: ފުލުހުން

30 ޖޫން 2019
ޤަވާއިދާ ޚިލާފަށް ޕާކު ކޮށްގެން މިދިޔަ ހަފްތާގައި 1300 އަށް ވުރެ ގިނަ އުޅަނދުގައި ސްޓިކަރ ޖަހާފައިވޭ: ފުލުހުން
01 އެޕްރީލު 2019

މި އަހަރުގެ މިހާތަނަށް 1303 މީހުންނަށް ޑެންގީ ޖެހިފައިވޭ: އެޗްޕީއޭ

01 އެޕްރީލު 2019
މި އަހަރުގެ މިހާތަނަށް 1303 މީހުންނަށް ޑެންގީ ޖެހިފައިވޭ: އެޗްޕީއޭ
01 ޖެނުއަރީ 2019

ފާއިތުވި ތިން އަހަރު 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ސީޕީ ހަމީދު

01 ޖެނުއަރީ 2019
ފާއިތުވި ތިން އަހަރު 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ސީޕީ ހަމީދު
14 އޯގަސްޓު 2018

އެއް ކޮޓަރީގެ ފްލެޓެއް 8 ލައްކަ ރުފިޔާއަށް ވިއްކާގޮތަށް އެމްޓީސީސީގެ ހިޔާ މަޝްރޫއު ރަސްމީކޮށް އިފްތިތާހްކޮށްފި

14 އޯގަސްޓު 2018
އެއް ކޮޓަރީގެ ފްލެޓެއް 8 ލައްކަ ރުފިޔާއަށް ވިއްކާގޮތަށް އެމްޓީސީސީގެ ހިޔާ މަޝްރޫއު ރަސްމީކޮށް އިފްތިތާހްކޮށްފި
19 ސެޕްޓެމްބަރު 2017

200 މިލިއަން ޑޮލަރު ބޮންޑުން މިއަހަރު ހޭދަކުރަނީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު

19 ސެޕްޓެމްބަރު 2017
200 މިލިއަން ޑޮލަރު ބޮންޑުން މިއަހަރު ހޭދަކުރަނީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު
23 އޯގަސްޓު 2017

މައިނޯރިޓީ ލީޑަރުގެ ކޮޓަރީގެ ދޮރު އަލީ އާރިފް "ވައްޓާލައިފި"

23 އޯގަސްޓު 2017
 މައިނޯރިޓީ ލީޑަރުގެ ކޮޓަރީގެ ދޮރު އަލީ އާރިފް "ވައްޓާލައިފި"
29 މެއި 2017

ފުރަތަމަ ދުވަހު ޒަކާތް ދެއްކީ 1300 މީހުން: އިސްލާމިކް މިނިސްޓްރީ

29 މެއި 2017
 ފުރަތަމަ ދުވަހު ޒަކާތް ދެއްކީ 1300 މީހުން: އިސްލާމިކް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު