Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަން އެއާޕޯޓު ތަރައްގީކުރުން

ގަމަކީ ރާއްޖޭގެ މުގޫ، ރާއްޖެ ތަރައްގީކުރެވޭނީ ގަން ތަރައްގީކޮށްގެން - އަސްލަމް

މި ސަރުކާރުން ތަރައްްގީނުކުރާކަމަށް ބުނެ ދައްކަމުންދަނީ ފިތުނައިގެ ވާހަކަތައްކަމަށް އަސްލަމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 ޖޫން 2023 | އާދީއްތަ 14:36
މެމްބަރު އަސްލަމް

މެމްބަރު އަސްލަމް

ގަމަކީ ރާއްޖޭގެ މުގޫކަމަށާއި ރާއްޖެ ތަރައްގީކުރެވޭނީ ގަން ތަރައްގީކޮށްގެން ކަމަށް، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައްޑޫގެ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ، އައްޑޫ ގަމަކީ އައްޑޫގެ އިގްތިސާދުގެ މައި ތަނބު ކަމަށެވެ. ގަމަކީ ރާއްޖޭގެ މުގޫކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ، ގަމަކީ އައްޑޫގައި އެންމެ ފެން ހެޔޮ އަދި މުޑުވައް ރަނގަޅު ރަށްކަމަށެވެ. އެއީ އިނގިރޭސީން ރާއްޖޭގައި ގާއިމްވެ ތިބުމުގެ މާ ކުރީއްސުރެ މުހިންމު ތަނެއް ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އެންމެ ދެކުނުގައި އޮތް ގަމަކީ ރާއްޖެ ތަރައްގީކުރަން ބޭނުންނަމަ ކޮންމެހެންވެސް ތަރައްގީކުރަން ޖެހޭ ތަނެއްކަމަށެވެ.

Advertisement - newsAdvertisement

އިނގިރޭސީން ރާއްޖެއިން ފޭބިއިރު އެތަނުގައި ގިނަ ވަސީލަތްތަކެއް ހުރިނަމަވެސް އެތަކެތި ގަމުން ބޭރުކޮށް އެހެން ތަންތަނަށް ގެންގޮސްފައިވާކަަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އޭރުގެ ސަރުކާރުންވެސް ގަން ތަރައްގީކުރުމަށް މަސައްކަތް ނުކުރާކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އައްޑޫ ތަރައްގީކުރެވޭނީ ވަށައިޖެހޭގޮތަށް އެކަން ކޮށްގެން ކަމަށެވެ. އެގޮތުން އެއާޕޯޓް ނިމުމާއެކު ޓޫރިސްޓް އެނދުތައް ތަރައްގީކުރުން މުހިންމުކަމަށް އަސްލަމް ވިދާޅުވިއެވެ. މި ސަރުކާރުން ކަންކަން ހިންގަނީ ރަނގަޅު އިންތިޒާމްތަކުގެ ތެރެއިން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ގަން މިހާތަނަަށް ހިންގާފައިވަނީ އައްޑޫގެ ރައްޔިތުން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. މީގެ އިތުރުން އަސްލަމް ވިދާޅުވީ ކުރީގެ ވެރިކަންތަކުގައި އައްޑޫގައި ފަތުރުވެރިކަމަށް ރަށްތައް ދޫކޮށްފައިވަނީ ވަރަށް ކުޑަ އަގެއްގައި ކަމަށެވެ. އެހެންނަމަވެސް މިއަދު އައްޑޫއަށް އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. ހަންކެޑެ މަޝްރޫއާއި އެނޫން މަޝްރޫއުތައްވެސް ސަރުކާރުން ހިންގަމުންދަނީ އައްޑޫގެ ތަރައްްގީއަށް ވިސްނައިގެން ކަަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން ތަރައްްގީނުކުރާ ކަމަށް ބުނެ ދައްކަމުންދަނީ ފިތުނައިގެ ވާހަކަތައްކަމަށް އަސްލަމް ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ގަން ބައިނަލްއަގުވާމީ ވައިގެ ބަނދަރު އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު، ވީ މުރަލީ ދަރަންއެވެ.

މެމްބަރު މުހައްމަދު އަސްލަމްގަން އިންޓަރނޭޝަނަލް އެއަރޕޯޓް

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
03 ސެޕްޓެމްބަރު 2025

ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި

03 ސެޕްޓެމްބަރު 2025
ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި
20 މެއި 2024

ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި

20 މެއި 2024
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
12 އެޕްރީލު 2024

އެމްޑީޕީ މެޖޯރިޓީ އޮވެ ރައީސް މުއިއްޒަށް މަޖިލީހުން އެއްބާރުލުން ނުދިނީ ކޮންކަމެއްގައިތޯ :އަސްލަމް

12 އެޕްރީލު 2024
އެމްޑީޕީ މެޖޯރިޓީ އޮވެ ރައީސް މުއިއްޒަށް މަޖިލީހުން އެއްބާރުލުން ނުދިނީ ކޮންކަމެއްގައިތޯ :އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު