Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

2 މަސް ތެރޭގައި 350،000 އަށްވުރެ ގިނަ ފަތުރުވެރިން!

3 މާރިޗު 2023 | ހުކުރު 03:15

ފެބްރުއަރީ މަސް ނިމުނުއިރު 177،914 ފަތުރުވެރިން އައިސްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 މާރިޗު 2023 | ހުކުރު 03:15
ފަތުރުވެރިއެއް

ފަތުރުވެރިއެއް

އަހަރުގެ ފުރަތަމަ 2 މަސް ނިމުނުއިރު 350،413 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަސް ނިމުނުއިރު ރާއްޖެ އައިސްފައިވަނީ 172،499 ފަތުރުވެރިންނެވެ. އަދި ފެބްރުއަރީ މަސް ނިމުނުއިރު 177،914 ފަތުރުވެރިން އައިސްފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މިއާއެކު މިއަހަރު އައި ފަތުރުވެރިންގެ ޖުމްލަ 350،413 އަށް އަރާއިރު، މިއީ ފާއިތުވި އަހަރާ އަޅާ ބަލާއިރު 24.8 އިންސައްތަ އިތުރު އަދަދެކެވެ.

ފެބްރުއަރީ މަހު އެވަރޭޖުކޮށް ދުވާލަކު 6،354 ފަތުރުވެރިން އައިސްފައިވެއެވެ. ފެބްރުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ 11 ވަނަ ދުވަހުއެވެ. އެއީ 8،029 ފަތުރުވެރިންނެވެ. މިއަހަރު އެވަރޭޖުކޮށް ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 5،939 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް އަިއއިރު ޓޮޕް މާކެޓުގެ ގޮތުގައި އޮތް ރަޝިއާއިން މިހާތަނަށް 44،748 ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނައިގައި އިންޑިއާއ އޮތްއިރު އެގައުމުން 38،109 ފަތުރުވެރިން އައިސްފައިވެއެވެ. އިނގިރޭސިވިލާތުން 32،566 ފަތުރުވެރިން އައިސްފައިވެއެވެ. މީގެ އިތުރުން ޓޮޕް މާކެޓުތަކުގެ ތެރޭގައި ހިމެނެނީ އިޓަލީ، ޖަރުމަނު، ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޒަރލޭންޑް އަދި ޕޮލެންޑެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ 1،221 ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީއެއް މިވަގުތު އޮޕަރޭޝަންގައި އެބައޮތް ކަމަށެވެ. އެއީ 168 ރިސޯޓާއި، 13 ހޮޓާ، 886 ގެސްޓްހައުސް އަދި 154 ސަފާރީ އުޅަނދެވެ. މި ފެސިލިޓީތަކުގައި ޖުމްލަ 60،138 އެނދުގެ ޖާގަ ހުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގެ 20 އަތޮޅެއްގެ 117 ރަށެއްގައި ގެސްޓްހައުސް ހިންގަމުންދާކަަމަށެވެ. އެއީ 14،310 އެނދުގެ ކެޕޭސިޓީއެވެ.

ރިސޯޓުތަކެކޭ އެއްފަދައިން ލޯކަލް ޓޫރިޒަމް ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ އެއް ކަންތަކެވެ. މިގޮތުން ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ޚާއްސަ އިސްކަމެއް ދެއެވެ. އަދި މިކަމަށްޓަކާ ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކޮށް ރަށްރަށް ތަރައްގީކުރުމަށް މަސައްކަތްކުރެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް