Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްއޭގެ ތަފާސް ހިސާބުތައް

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

ފެބުރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 121،052 ފަތުރުވެރިން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2017 | ހޯމަ 12:43
އެމްއެމްއޭ

އެމްއެމްއޭ

ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަން މިއަހަރުގެ ފެބްރުއަރީ މަހު ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ އިގްތިސާދީ މުރާޖާ ރިޕޯޓުގައި ވާގޮތުން، މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފަ އެވެ.

އެގޮތުން ފެބްރުއަރީ މަހު 121،000 (އެއްލައްކަ އެކާވީސް ހާސް) ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާ އިރު ދަށް އަދަދެކެވެ. އަދި މި މުއްދުތުގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދުވެސް ވަނީ ހަތް ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މި މުއްދަތުގެ ތެރޭގައި ދަށްވެފައިވާ އިރު ރަޝިޔާ އާއި އިޓަލީގެ އިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ މުއްދަތަށް ބަލާއިރު، 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހު ފަތުރުވެރިއަކު އެވްރެޖްކޮށް 8.5 ދުވަހު ރާއްޖޭގައި ހޭދަށްކޮށްފައިވެ އެވެ. ނަމަވެސް ފާއިތުވި ފެބުރުވަރީ މަހު މި އަދަދު ވަނީ 4.5 އަށް ދަށްވެފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރެވެން ހުރި އެނދުގެ އަދަދު އިތުރުވި އިރު ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ ދަށްވެފައެވެ. އެހެން ކަމުން މިކަމާ ގުޅިގެން ފާއިތުވި ފެބްރުއަރީ މަހު އޮކިއުޕަންސީ ރޭޓް ވަނީ %63 އަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ފެބުރުވަރީ މަހު މިއަދަދު ހުރީ %74 ގައެވެ. އެހެންކަމުން މިއީ 11 ޕަސެންޓްގެ ދަށް ވުމެކެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، މި އަހަރުގެ ފެބުރުވަރީ މަހު ރާއްޖޭގެ ކުންފުނިތަކަށް މަސް ކިރުވާފައި ވަނީ 2675 މެޓްރިކް ޓަނެވެ. މިއީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާ އިރު 28 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިއީ ފާއިތުވެދިޔަ ޖެނުއަރީ މަހާ އަޅާބަލާއިރު 60 ޕަސެންޓް ދަށް އަދަދެކެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަސް އެކްސްޕޯޓްކުރި މިންވަރު ވެސް ވަނީ 34 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ކަޅުބިލަމަސް އަދި ތާޒާ، ފިނިކުރި ކަންނެލި އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ދަށްވުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ ދެ ސިނާއަތް ދަށަށް ގޮސްފައިވާއިރު ރާއްޖޭގެ ދަރަނި ވެސް ދަނީ އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުންނެވެ. ދަރަނި ދެއްކުމަށް އިތުރު ދަރަނި ނަގަން ޖެހޭ ހާލަތަށް ވެއްޓިފައިވާއިރު 2017 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 892.1 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިދިޔަ އަހަރުގައި މިއަދަދު އުޅެނީ 666.7 މިލިއަން ޑޮލަރުގަ އެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ

08 ޖޫން 2017
މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ
08 ޖޫން 2017

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!
05 ޖޫން 2017

ވަޅޯ މަހުގެ އަގު ދަށަށް ޖެހިލައިފި

05 ޖޫން 2017
ވަޅޯ މަހުގެ އަގު ދަށަށް ޖެހިލައިފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު