Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޚާމިސް ކަނބުރު

ޚާމިސް ކަނބުރު: "ނެތި ހިނގައިދާނެ" ކަމުގެ ބިރު ހީވެފައިވާ ޚަޒާނާއެއް!

ފަލަސްޠީނަކީ ތާރީޚާއި ތަރިކައިގެ ގޮތުން އަގު ހުރި އެތައް ވަޞީލަތެއް ހުރި ބިމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 މާރިޗު 2023 | ބުދަ 05:59
ފަލަސްތީނުގައި ކަނބުރުވެރިކަން ކުރާ މީހެއް

ފަލަސްތީނުގައި ކަނބުރުވެރިކަން ކުރާ މީހެއް

ފަލަސްޠީނުގެ ރާމައްލާގައި ހުޅުވާފައި ހުރި ކަނބުރު ގޭތެރެއިން ޙަސަން ޚާމިސް މުޅިންހެންވެސް ފެންނާނީ އޭނާގެ ކާފައާއި ބައްޕަ ގޮތަށް، މަރުތޭލެއް ހިފައިގެން އުޅެނިކޮށެވެ. އިންތިހާ ޝަޢުޤުވެރިކަމާއެކު ޚާމިސް މަޝްހޫލުވެ އުޅޭނީ، އިހު އެވޭލާ ޒަމާނުގައި ބޭނުންކޮށް އުޅުނު ޒާތުގެ އެކި ކަހަލަ ޢާލާތްތައް އުފެއްދުމުގެ މަސައްކަތުގައެވެ.

މިހާރު ޢުމުރުން 74 އަހަރު ފުރިފައިވާ ޚާމިސް، ކަނބުރުވެރި މަސައްކަތުގެ ވިޔަފާރީގައި އުޅެން ފެށީ އޭނާގެ ވަރަށް ޅަ ޢުމުރުގައެވެ. އޭރު އެއީ ކުޑަ ފިރިހެން ކުއްޖެކެވެ. އެ ފަންނުވެރިކަމާއި ހުނަރަކީ، ޢީލާގެ އެތައް ޖީލަކުން އޭނާއަށް ވާރުތަވެފައިވާ ހުނަރުވެރިކަމަކާއި ފަންނުވެރިކަމެކޭވެސް ދެންނެވިދާނެއެވެ.

މަސައްކަތުގެ މައިދާނުގައި ޚާމިސް އަދިވެސް ބޭނުން ކުރަނީ އެންމެ އިހު ޒަމާނުގެ އުކުޅުތަކެވެ. ޚާމިސް ބުނާ ގޮތުގައި، އޭނާއަށް އޮންނަ މަސައްކަތުގެ ބުރަކަން މިހާރު ވަނީ ވަރަށް ބޮޑުތަން ކުޑަވެފައެވެ. ސަބަބަކީ، ކަސްޓަމަރުންގެ ފަރާތުން އޮންނަ ޑިމާންޑް ދަށްވުމެވެ. ކަސްޓަމަރުން ބޮޑަށް ބުރަ ވަނީ، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ހެޔޮ އަގުގައި އިންތިހާ ހަލުވި މިނުގައި އޯޑަރުތައް ތައްޔާރުކޮށްދޭ ކަނބުރުންނެވެ.

އެކަމަކު، މިއީ ޚާމިސްގެ ފަރާތުން ޢާންމުކޮށް ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ތެރޭގައި ހިމެނޭ ޢަބްދުލް ޖަވާދް ހަލައިކާގެ ގޮތެއް ނޫނެވެ. ޢާއިލީ ގޮތުން ވާރުތަކޮށްފައި ހުރި އަގުބޮޑު ތަރިކަ މުދަލުގެ ކަންކަން ބެލެހެއްޓުމުގައި ހަލައިކާގެ ފުރިހަމަ އިތުބާރު، ޚާމިސްއަށް އޮވެއެވެ. ހަލައިކާ ބުނާ ގޮތުގައި ޚާމިސްއަކީ ފަލަސްޠީނުގެ ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެކެވެ.

ފަލަސްޠީނަކީ ތާރީޚާއި ތަރިކައިގެ ގޮތުން އަގު ހުރި އެތައް ވަޞީލަތެއް ހުރި ބިމެއް ނަމަވެސް، ޔަހޫދީ އިޒްރޭލުގެ ހަރުކަށި ފިއްތުންތަކާއެކު، އެފަދަ ކަންކަމަށް ދުނިޔޭގެ މާބޮޑު ސަމާލުކަމެއް ލިބޭގޮތް އޮންނަނީ ނުވެފައެވެ.

ފަލަސްތީނުކަބުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު