Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލުގެ ތުހުމަތު، ޕްލޭނިންއަށް

އެއްވެސް ހާލަތެއްގައި އުޅަނދެއް ޓޯ ކުރަން އަންގާފައެއްނުވާނެ: ޕްލޭނިންގ މިނިސްޓްރީ

28 ފެބުރުއަރީ 2023 | އަންގާރަ 12:02

އަކްރަމް ރައްދުދެއްވުމާއެކު އެ ކައުންސިލުން ވަނީ ޓްވީޓް ޑިލީޓްކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 ފެބުރުއަރީ 2023 | އަންގާރަ 12:02
ޕާކިންގ ޒޯން ބަންދު ކޮށްފައި

ޕާކިންގ ޒޯން ބަންދު ކޮށްފައި

ވެލާނާގެ ކައިރީގައި އޮންނަ ޕާކިންގ ޒޯނުގައި ހުރި އުޅަނދުތައް ޓޯ ކުރުމަށް އެންގީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނުމުން، އެ މިނިސްޓްރީން އެކަން ދޮގުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ އޮފިޝަލް ޓްވިޓަރ އެކައުންޓުން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ، ވެލާނާގޭ ކައިރި ޕާރކިންގ ޒޯން ބަންދުކޮށް، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯ ކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގެ އެންގުމަކަށް ކަމަށެވެ. އެ ޓްވީޓަށް ރައްދު ދެއްވައި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މިނިސްޓްރީން އެއްވެސް ހާލަތެއްގައި އުޅަނދުތަކެއް ޓޯ ކުރުމަށް އަންގާފައި ނުވާނެކަމަށެވެ. އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްދަވަނީ އިތުރުފުޅެއް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސިޓީ ކައުންސިލުގެ ޓްވީޓަށް އަކްރަމް ރައްދު ދެއްވުމާއެކު އެ ކައުންސިލުން ވަނީ ޓްވީޓު ޑިލީޓްކޮށްފައެވެ. އަދި އެއަށްފަހު ކުރީގެ ޓްވީޓަށް ބަދަލުތައް ގެނައުމަށްފަހު އަލުން ވަނީ ޓްވީޓެއް ކޮށްފައެވެ.

އެ ކައުންސިލުން ފަހުން ކުރި ޓްވީޓުގައި މިނިސްޓްރީއަށް ތުހުމަތު ކޮށްފައެއް ނުވެއެވެ. އެ ޓްވީޓުގައި ބުނެފައިވަނީ ވެލާނާގެ ކައިރީ ޕާރކިންގ ޒޯން ބަންދުކޮށް، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯ ކޮށްފައިވަނީ ކައުންސިލްގެ އެންގުމަކަށް ނޫން ކަމަށެވެ. އަދި އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ކުރަމުންދަނީވެސް ކައުންސިލަށް އެންގުމަކާނުލައި، ހުއްދައެއްވެސް ނެތި ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެ މަސައްކަތަކީ ކައުންސިލުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ބުނެ ފަތުރަމުންދަނީ ތެދު މައުލޫމާތެއް ނޫން ކަމުގައިވެސް އެ ކައުންސިލުގެ ޓްވީޓުގައި ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން މިފަދައިން ޓްވީޓު ކުރީ ވެލާނާގެ ކައިރީގައި އޮންނަ ޕާކިންގ ޒޯނުގައި ސައިކަލު ޕާކު ނުކުރެވޭ ގޮތް ހެދުމުން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އިހުތިޖާޖުކޮށްފައިވާތީއެވެ.

"ރާއްޖެ އެމްވީ"އަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ، އެ ޕާކިން ޒޯން ހުސްކޮށްދޭން އެދުނީ އެސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމް ނަގައި، ގިނަ އުޅަނދުތަކަށް ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުންނެވެ. މި ޕާކިންގ ސިސްޓަމަކީ މިހާތަނަށް ބޭނުންނުކޮށް ހުރި ސިސްޓަމެެއް ކަމަށާއި އެ މިހާރު ބޭނުން ނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ޕާކިންގ ސަރަހައްދުގެ ބޮޑު ޖާގައެއް ޕާކިންގ ސިސްޓަމުން ނަގައެެވެ.

އަކްރަމް ވިދާޅުވިގޮތުގައި އެ ޕާކިންގ ސިސްޓަމް ނެގުމުގެ މަސައްކަތް ކުރެވޭނީ ކްރޭނެއް ބާއްވައިގެން ކަމަށްވާތީ އެކަން ކުރުމަށް އެތަން ބަންދުކޮށްފައިވާކަމަށެވެ.

ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުން އަންނަ އިމާރާތަކަށް ވުމުން، އެ ތަނުގައި ގިނަ މުވައްޒަފުންތަކެއް މަސައްކަތް ކުރެއެވެ. އެހެންވެ، އެ ސަރަހައްދުގައި ޕާކު ކުރުމަށް ޖާގަ ނުލިބޭ ކަމުގެ ޝަކުވާތައް އަބަދުވެސް ކުރެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަކްރަމް ކަމާލުއްދީންމާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް