ކ. މާލެ
|
11 މާރޗް 2023 | ހޮނިހިރު 18:51
މަޑުއްވަރީގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
މަޑުއްވަރީގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
ރާއްޖެއަކީ އަމާންތަނެކޭ ބުނެވޭރަށްވުރެ، ހަރުކަށި ފިކުރާއި މަސްތުގެ ނުރައްކާ ބޮޑު!
 
2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް، ޓެރަރިސްޓުންކަމަށް ތުހުމަތުކުރެވޭ 72 މީހުންނާއި ޝައްކުކުރެވޭ މީހުން ހައްޔަރުކޮށްފައިވޭ
 
ޔާމީން ރަޝީދު މަރާލިފަހުން ރާއްޖޭގައި މަދުވެގެން ނުވަ ޓެރަރިސްޓް ހަމަލާއެއް ދީފައިވޭ

ރާއްޖެއިން 2022 ވަނަ އަހަރު ޓެރަރިޒަމާ ގުޅުންހުރި މަރުތަކެއް ރެކޯޑްކޮށްފައެއް ނުވެއެވެ. 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އަލްގައިދާއަށް ނިސްބަތްވާކަމަށް ބުނާ ބަޔަކު، ބްލޮގަރ ޔާމީން ރަޝީދު މަރާލާފައިވެއެވެ. ޔާމީން ރަޝީދު މަރާލިފަހުން ރާއްޖޭގައި މަދުވެގެން ނުވަ ޓެރަރިސްޓް ހަމަލާއެއް ދީފައިވާއިރު، އޭގެ ތެރޭގައި 2019 ވަނަ އަހަރު ތިން ހަމަލާއެއް ދިނުމާއި، 2020 ވަނަ އަހަރު 4 ހަމަލާއަކާއި، 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު 1 ހަމަލާ ދީފައިވެއެވެ.

2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަލީ ސޯލިހަށް ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވެއެވެ. ހުޅުމާލޭގައި، އޭނާގެ ސްކޫޓަރުގައި ދަތުރުކުރަމުން ދަނިކޮށް އޭނާއަށް ހަމަލާދިން މުހައްމަދު ޖަމީލް، އަލީ ސޯލިހުގެ ސްކޫޓަރުގެ ކުރިމަތީގައި ހުއްޓި ހުރެ ހަމަލާދިނުމުގެ ސަބަބުން އަތް ޒަޚަމްވިއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވި ހާދިސާގެ ވީޑިއޯތަކުން ފެންނަގޮތުގައި އަލީ ސޯލިހުގެ ކަރަށް ހަމަލާދިނުމަށް ތަކުރާރުކޮށް މަސައްކަތްކުރިއެވެ. ހަމަލާދިން މީހާ ލައިގެން ހުރީ އިސްލާމިކް ސްޓޭޓްގެ ލޯގޯ ޖަހާފައިވާ ގަމީހެކެވެ.

2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު މާލޭގައި، އިމްޕްރޮވައިޒްޑް އެކްސްޕްލޮސިވް ޑިވައިސް (އައިއީޑީ) ގޮއްވާލައިގެން ކުރީގެ ރައީސް އަދި މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ވަނީ ހަމަލާދީފައެވެ. މި ހަމަލާގައި ނަޝީދު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންފައެވެ. ރައީސް ނަޝީދުގެ ތިން ބޮޑީގާޑުންނާއި އާންމުންގެ މީހަކަށް އަދި އިނގިރޭސި ރައްޔިތަކަށްވެސް އަނިޔާވިއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް، ޓެރަރިސްޓުންކަމަށް ތުހުމަތުކުރެވޭ 72 މީހުންނާއި ޝައްކުކުރެވޭ މީހުން ހައްޔަރުކޮށްފައިވާއިރު، 2022 ވަނަ އަހަރު އެކަނިވެސް 26 މީހުން ހައްޔަރުކޮށްފައިވެއެވެ.

ޑިސެމްބަރު 11، 2022ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން، އައްޑޫ ސިޓީގައި ގޮވާއެއްޗެއް ބޭނުންކުރަން ރާވާފައިވާކަމަށް ބުނެ އެ ދުވަހު މުހައްމަދު ގައިސް ނަމަކަށް ކިޔާ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ޑިސެމްބަރު 11ގައި އޭނާ ދޫކޮށްލިއެވެ. ފަހުން ޖިނާއީ ކޯޓުން ވަނީ، ޝަރީއަތް ނިމެންދެން، މުޖުތަމައުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލާ ގުޅިގެން އޭނާ ބަންދުކޮށްފައެވެ.

ނޮވެމްބަރު 14، 2022ގައި އިސްލާމިކް ސްޓޭޓާ ގުޅުންހުރި ކަމަށް ޝައްކުކުރެވޭ 14 ދިވެހިން ވަނީ ފުލުހުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކުރިއަށްގެންދިޔަ ޖޮއިންޓް ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައެވެ. އަދި ހައްޔަރުކުރި ބައެއް މީހުންގެ ގެތަކުންވެސް ގިނަ އަދަދެއްގެ ގޮވާތަކެތި ފެނިފައިވެއެވެ.

ޝައްކުކުރެވޭ މީހުން ރާވާފައި އޮތީ އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރުން ގާއިމްކުރި ނޭޝަނަލް ޕޮލިސް ކޮލެޖަށް ހަމަލާ ދިނުމަށެވެ. ފުލުހުން ބުނިގޮތުގައި ޝައްކުކުރެވޭ މީހުން ރާވާފައިވަނީ އިސްލާމިކް ސްޓޭޓާ ގުޅިގެން ގޮވާތަކެތި ބޭނުންކޮށް، ރާއްޖޭގައި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވާގޮތަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށެވެ.

މީގެ އިތުރުން ޖެނުއަރީ 8، 2022ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އައްޑޫ ސިޓީން ހައްޔަރުކުރި ޝައްކު ކުރެވޭ މީހުން ދޫކޮށްލުމަށް، "ފަހު އިންޒާރު"ގެ ނަމުގައި އިންޒާރު ދީފައިވެއެވެ. އެ އިންޒާރުގެ ޕޯސްޓަރުތަކުގައި، ޝައްކުކުރެވޭ މީހުން ދޫކޮށްލުމަށް ޑިމާންޑްކޮށް، ޖެނުއަރީ 8 ވަނަ ދުވަހު އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައެވެ.

ޖެނުއަރީ 6ގައި ޔުނައިޓެޑް ސްޓޭޓްސްގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އާއި މާލޭގައި ހުރި ޔޫރަޕިއަން އިންވެސްޓިގޭޓިވް އެޖެންސީތަކާ ގުޅިގެން ދިވެހި ފުލުހުން، ހޫދު މުހައްމަދު ޒާހިރު ހައްޔަރުކޮށްފައިވެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފަހުން އޭނާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާއިރު، އޮންލައިންކޮށް ޓެރަރިޒަމަށް ހިތްވަރު ދިނުމާއި، ތަފާތު ފޯނު/ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުންކޮށްގެން އެހެން މީހުންނަށް އަނިޔާކޮށް މަރައި، މުދަލަށް ގެއްލުންދީ، ޓެރަރިސްޓް އަމަލުތައް ހިންގުމަށް ހިތްވަރުދިނުން ހިމެނެއެވެ.

މީގެ އިތުރުން ޓެރަރިސްޓުންގެ ނުރައްކަލަކީ ޖަޒީރާ ގައުމުގެ އިގްތިސާދަށް ރެމިޓެންސްގެ އެންމެ ބޮޑު ނިސްބަތެއް ލިބޭ ފަތުރުވެރިކަމުގެ ސިނާއަތަށް ހަގީގީ ގޮންޖެހުމަކަށް ވަނީ ވެފައެވެ. ފާއިތުވި އަހަރުތަކުގައި، އިންޑިއާގެ މުސްލިމުންނަށް އަމާޒުކޮށްގެން އުފައްދާފައިވާ އިސްލާމިކް ސްޓޭޓްގެ ޕަބްލިކޭޝަނެއް ކަމަށްވާ ސަޓް އަލް ހިންދު (ވޮއިސް އޮފް އިންޑިއާ) މެގަޒިންއިން ވަނީ ރާއްޖޭގެ އަމާޒުތަކަށް ހަމަލާ ދިނުމަށް ގޮވާލާފައެވެ.

އަދި އިސްލާމިކް ސްޓޭޓްގެ ހަމްދަރުދީވެރިން ޓެލެގްރާމްގައި ގާއިމްކުރި "ޓޫރިސްޓް ވޮޗް އެމްވީ" ޗެނަލުން ވެސް ފަތުރުވެރިންނަށް އަމާޒުކޮށްފައިވާކަމަށް ބައެއް އެނަލިސްޓުން ފާހަގަކޮށްފައިވެއެވެ. އިތުރަށް، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން، އެ ކުންފުނީގެ އެޑްވައިޒަރީތަކުގައި، ރާއްޖެ "ލެވެލް 2: ބޮޑަށް ސަމާލުވުމަށް" ކެޓަގަރީއަށް ވައްދާފައިވެއެވެ.

ޓެރަރިސްޓް ޖަމާއަތްތަކުން ފަތުރުވެރި ތަންތަނާ، ދަތުރުފަތުރުގެ މަރުކަޒުތަކާ، މާރުކޭޓް/ޝޮޕިންގ މޯލްތަކާ، ލޯކަލް ގަވަރމަންޓްގެ ވަސީލަތްތަކަށް އަމާޒުކޮށްގެން ކުޑަކޮށް ނުވަތަ އެއްވެސް އިންޒާރެއް ނެތި ހަމަލާތައް ދީފާނެ. ރަށްތަކުގަ ހަމަލާތައް ދީފާނެ. އެކަމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުން ޖަވާބުދާރީވުމުގެ ވަގުތު ދިގުވެދާނެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް

މީގެ އިތުރުން ރާއްޖޭގެ އިޖުތިމާއީ ފޭރާމުގެ ތެރޭގައި މަސައްކަތްކުރާ ރެޑިކަލް އެލިމެންޓްތައް އަދިވެސް ދަނީ ވަރުގަދަ ގޮތަކަށެވެ. ޖޫން 21، 2022ގައި ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ މުނާސަބަތުގައި މާލޭގެ ގަލޮޅު ރަސްމީ ދަނޑަށް ބަޔަކު ވަދެ، އިންޑިއަން ހައި ކޮމިޝަނާއި މިނިސްޓްރީ އޮފް ޔޫތުން އިންތިޒާމްކުރި ޔޯގާ އިވެންޓަށް ހުރަސްއެޅިއެވެ. ކުށްވެރިން ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކޮށްފައި ވަނީ ގަދަކަމުން ވަދެ، މުދާ ހަލާކުކޮށް، އިވެންޓުގެ ބައިވެރިންނަށް ހަމަލާދޭން މަސައްކަތްކޮށްގެން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިއެވެ.

މި ހަރަކާތުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ، ޔޯގާއަކީ އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް އިއުލާންކޮށްފައިވާ ޝުއޫރުގެ ބޯޑުތައް އުފުލާފައެވެ. ޔޯގާއަކީ ޖިސްމާނީ ޑިސިޕްލިނެއް ނޫންކަމަށާއި އެއީ އިސްލާމްދީނާ ޚިލާފު، ޣައިރުދީނުގެ ކަމެއް ކަމަށް ގަބޫލުކުރާ ގަދީމީ ވިސްނުމުގެ ފަރާތްތަކަށް އެ މައްސަލަ ބޮޑުކަމަށް ގަބޫލުކުރެވެއެވެ.

އިންޕުޓްތަކުން ދައްކާ ގޮތުގައި، އިތުރަށް ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އުފެދެމުންދަނީ ހަރުކަށި ފިކުރުތައް ފެތުރުމަށް ޕްލެޓްފޯމެއް ފޯރުކޮށްދޭ ކަމަށް ޝައްކުކުރެވޭ ޖަމްއިއްޔާއެއްގެ ގޮތުގައެވެ. ރާއްޖޭގެ ރަށްތަކުގައި ހަރުކަށި ފިކުރުގެ ކުދި ގޮފިތައް ގާއިމްކުރުމުގައި އެފަދަ ޖަމްއިއްޔާތަކާ ގުޅުންހުރި ފަރުދުން ބައިވެރިވާކަމަށް ޝައްކުކުރެވެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޝާއިއުކޮށްފައިވާ، "ޕްރިޒަން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ 2022 ވަނަ އަހަރުގެ ރިޕޯޓެއްގައި ވާގޮތުން، ޒުވާން ކުދިން ރެކްރޫޓްކޮށް ރެޑިކަލައިޒް ކުރުމުގައިވެސް ގޭންގުތައް ހަރަކާތްތެރިވެއެވެ.

މީގެ އިތުރުން ބޭރުގެ އެހީތެރިކަމާއެކު ހިންގާ މަސްތުވާތަކެތީގެ ނެޓްވޯކްތަކުން ދަނީ ސަލާމަތީގޮތުން އިތުރު ގޮންޖެހުންތަކެއް އުފައްދަމުންނެވެ. 2022 ވަނަ އަހަރު މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ މަދުވެގެން 45 ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު، އެ ހާދިސާތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 62ށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

2021 ވަނަ އަހަރު މިފަދަ 22 ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު، 51 މީހުން ވަނީ ހައްޔަރުކޮށްފައެވެ. 2023 ވަނަ އަހަރު ވަކިވަކިން 6 ހާދިސާއެއްގައި 7 މީހުން ހައްޔަރުކޮށްފައިވާއިރު، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ޕާކިސްތާނުގެ ދައުރު ފާހަގަކޮށްލެވެނީ، 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ހިނގި ހާދިސާއިންނެވެ. އެއަރޕޯޓުން ޕާކިސްތާނުގެ އަހުމަދު އަލީ (32އ)އާއި މޮއިމިނަ ގުލްފާމް (20އ)ގެ ދަބަސްތަކުގެ ތެރެއިން މަސްތުވާތަކެތި ފެނި، އެމީހުންގެ ހަށިގަނޑުގެ ތެރޭގައި ފޮރުވާފައި އޮތުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

އިންޒާރުތައް ދެމިއޮތް ނަމަވެސް ދައުލަތުގެ އިދާރާތަކަށް ދަނީ ތަކުރާރުކޮށް ނާކާމިޔާބުވަމުންނެވެ. މިގޮތުން ޖުލައި 4، 2022ގައި ރާއްޖޭގެ ކްރިމިނަލް ކޯޓުން ވަނީ 2017 ވަނަ އަހަރު ލޯކަލް އޮތޯރިޓީތަކުން ހައްޔަރުކުރި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އިމްރާން ބަރީއަކޮށްފައެވެ. ކޯޓުން ނިންމީ ދައުލަތުން ހުށަހެޅި ހެކިތަކަކީ ޝައްކުކުރެވޭ މީހާގެ ބެގޭޖުގައި ހުރި މަސްތުވާތަކެތީގެ "އެކަށީގެންވާ މައުލޫމާތު" ލިބިފައިވާކަން ކަށަވަރުކޮށްދޭ ހެކިތަކެއް ނޫން ކަމަށެވެ.

މީގެ އިތުރުން، 26 އޮކްޓޯބަރު 2022ގައި، އޭގެ އެއް ދުވަސް ކުރިން، (އޮކްޓޯބަރު 25ގައި) ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ އަރުޝަދު ޚާލިދު ހެކި ނެތުމުން ދޫކޮށްލާފައިވެއެވެ. އަރުޝަދު އެންމެ ފުރަތަމަ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި، ނުވަ ކިލޯ ހެރޮއިނާއި ހަތަރު ގްރާމް ކޮކެއިނާއެކު، މަސްތުވާތަކެތީގެ މުއާމަލާތުގައި ހިމެނޭ ފައިސާގެގޮތުގައި 4.6 މިލިއަން ރުފިޔާއާއެކުއެވެ.

އެ މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. ނަމަވެސް އޭގެތެރެއިން އެންމެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވެ، އަރުޝަދު ހިމެނޭގޮތުން، ބާކީ ތިބި 6 މީހުން ބަރީއަވީ ހެކި ނެތުމުންނެވެ. ނަމަވެސް ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައާ ގުޅިގެން އަނެއްކާވެސް އޭނާ ހައްޔަރުކުރީ 25 އޮކްޓޯބަރު 2022ގައެވެ.

ހަމައެފަދައިން، އޭޕްރީލް 15، 2020ގައި ފުލުހުންގެ ލޯންޗެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި، އިސްލާމިކް ސްޓޭޓާ ގުޅުންހުރި ޓެރަރިސްޓެއް ކަމަށް ތުހުމަތުކުރެވޭ މޫސާ އިނާސްއާއި އޭނާގެ ދެ އެކުވެރިން ކަމަށްވާ އަބްދުލް ލަތީފް އިބްރާހީމާއި އަލީ ރަޝީދު، 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ހައްޔަރުކުރި މީހުންވެސް ކޯޓަކުން ދޫކޮށްލާފައިވެއެވެ.

ޖޫން 18، 2020ގައި، އެމީހުންނާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކަކީ ގާނޫނީގޮތުން ސައްހަ ނުވަތަ ދައުވާ ކުރުމަށް އެކަށީގެންވާ ހެކިތަކެއް ނޫންކަމަށް ކޯޓުން ނިންމުމުންނެވެ. ނަމަވެސް އޭނާއާއި އޭނާގެ އެކުވެރި އަބްދުލް ލަތީފް އިބްރާހީމްގެ މައްޗަށް އަދިވެސް ދައުވާ އުފުލަނީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ލާމު އަތޮޅު ގަމުގައި ބަނދަރުކޮށްފައި އޮތް ޕޮލިސް ލޯންޗު ގަސްދުގައި އަންދާލި މައްސަލައިގައެވެ.

އިސްލާމިކް ސްޓޭޓްގެ ރާއްޖޭގެ ފެކްޝަންގެ ލީޑަރު ކަމަށް ބުނާ މުހައްމަދު އަމީން، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ ދައުވާ ބާތިލްކޮށް ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ސުޕްރީމް ކޯޓުން ހައިކޯޓުން ކުރި ހުކުމް ބާތިލްކުރުމުން އޭނާ އަލުން ހައްޔަރުކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ޖޫން 21، 2022 ގައި ހިނގި ޔޯގާޑޭގެ ހަރަކާތާއި ދެކޮޅު ހަރަކާތަށްފަހު، މިކަމާ ގުޅިގެން ހައްޔަރުކުރި 20 މީހުންގެ ތެރެއިން އެކަކު ކަމަށްވާ ޝައިޚް މުހައްމަދު ފަޒްލޫން، ޖުލައި 21، 2022ގައި ކްރިމިނަލް ކޯޓުން ޝަރުތުތަކާއެކު ދޫކޮށްލާފައިވެއެވެ.

މިފަދަ ކަންކަމާ ގުޅިގެން، ހަރުކަށި ފިކުރު ނުވަތަ ޓެރަރިޒަމްގެ މައްސަލަތަކުގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ރާއްޖޭގެ ކޯޓުތަކުން ވަނީ އަމުރުކޮށްފައެވެ.

ސަލާމަތަށް ހުރި ނުރައްކާތައް އެކަށީގެންވާ ގޮތެއްގައި ކުރިމަތިލާން ބޭނުންނަމަ، މީގެ ކުރިން ކޯޓުތަކުން ދޫކޮށްލާފައިވާ/ބަރީއަވެފައިވާ މީހުން އޭގެ ފަހުން ހަމަލާދީފައިވާ އެތައް ހާދިސާތަކެއް ހިންގާފައިވާތީ، ތަންފީޒީ އިދާރާތައް އިތުރަށް ހަރުދަނާ ކުރަން ޖެހެއެވެ. އަލީ ސޯލިހަށް ހަމަލާދިން މުހައްމަދު ޖަމީލް، މީގެ ކުރިން 2022 ވަނަ އަހަރުގެ ޖުލައި މަހު ކިންގް ސަލްމާން މިސްކިތުގައި ހުކުރު ދުވަހުގެ ޖަމާއަތަކަށް ބުރޫއަރުވާފައިވާ ކަމަށް ބުނެ ހައްޔަރުކޮށްފައި ވީނަމަވެސް އޭނާ ވަނީ ދޫކޮށްލާފައެވެ.

އިސްލާމިސްޓް ރެޑިކަލިޒަމަށް ވެސް، ސިޔާސީ ވާހަކަތަކުގައި މުހިންމު ޖާގައެއް ލިބެއެވެ. މީގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ހިމެނެއެވެ.

ރައީސް ޔާމީންގެ ރިޔާސީ ދައުރުގައި ރާއްޖޭގައި ހަރުކަށި ފިކުރުގެ ޖަމާއަތްތައް އިތުރުވުމުގެ އިތުރުން އިސްލާމިކް ސްޓޭޓާ ގުޅުމަށް 250ށްވުރެ ގިނަ ދިވެހިން އިރާގާއި ސީރިއާއަށް ދިޔައެވެ. ވަކިން ޚާއްސަކޮށް، ޑިސެމްބަރު 23، 2022ގައި ޔާމީންގެ ވެރިކަމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު އަދާކުރެއްވި ޕީޕީއެމްގެ މަޝްހޫރު ސިޔާސީ ބޭފުޅެއް ކަމުގައިވާ އައްބާސް އާދިލް ރިޒާ ފާޅުގައި "ބަދަލު ހިފުމަށް" ކަމަށް ބުނެ މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނަށް ހަމަލާ ދިނުމަށް ގޮވާލައި 8 ފެބްރުއަރީ، 2012ގައި އައްޑޫގައި، ރޯކޮށްލިކަމަށް އިންޑިއާއަށް ތުހުމަތުތަކެއްކޮށްފައިވެއެވެ.

އޭގެ ފަހުން އޭނާ ހައްޔަރުކުރީ، ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، "ނަފްރަތު ފާޅުކުރުމުގެ" ދައުވާއެއްގައި ނަމަވެސް، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލިއެވެ.

2014 ވަނަ އަހަރު ފާސްކުރި މޯލްޑިވްސް ސްޓޭޓް ޕޮލިސީ އޮން ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމްގައި، "ޓެރަރިޒަމާއި ވައިލެންޓް އެކްސްޓްރީމިޒަމާމެދު ޒީރޯ ޓޮލަރެންސް ޕޮލިސީ" ގެންގުޅޭކަން ފާހަގަކޮށްފައިވެއެވެ. މި ސިޔާސަތު ލިޔުމަކީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ފާސްކުރި ނޭޝަނަލް ސްޓްރެޓެޖީ އޮން ޕްރިވެންޓިންގ އެންޑް ކައުންޓަރިންގ ވައިލެންޓް އެކްސްޓްރީމިޒަމް އިން ފުރިހަމަކޮށްދޭ ލިޔުމެކެވެ.

އަދި ހަމައެހެންމެ އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމާއި އެކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ނޭޝަނަލް އެކްޝަން ޕްލޭން 2020-2024ށް އެކުލަވާލާފައިވެއެވެ. މި "ޒީރޯ ޓޮލަރެންސް" ސިޔާސަތުގައި ޓެރަރިޒަމާއި އަނިޔާވެރިކަމުގެ ބޮޑެތި އަމަލުތައް ހިފެހެއްޓުމުގައި ކާމިޔާބު ލިބުނު ކަމަށް ފެނުނު ނަމަވެސް، މޫލާފައިވާ ރެޑިކަލިޒަމާއި ފަންޑަމަންޓަލިޒަމާ ކުރިމަތިލާންޖެހޭ އާބާދީގެ ހިއްސާއެއް މި ކަންކަމާ ކުރިމަތިލާންޖެހެއެވެ.

މައުލޫމާތު: ޔުރޭޝިއާރިވިއު

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
20%
20%
0%
20%
20%
20%
ކޮމެންޓް