Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްތުވާތަކެއްޗާއި ކުޑަކުދިން

ޑްރަގް ވިއްކުމަށް ކުޑަކުދިން ރެކްރޫޓް ކުރާ ގޭންގްތަކަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ

މާލެ ސަރަހައްދުން ކުޑަކުދިންނާ ގުޅޭ ޑްރަގްގެ މައްސަލަތައް 10،000ށް ވުރެ ގިނަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 07:46
ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ ހާހަކަށްވުރެ ގިނަ މީހުންގެ ތެރޭގައި ޤަވާއިދުން އެ ޚިދުމަތް ލިބިގަންނަ 14 ކުދިންނެއްވެސް ފާހަގަވެފައިވާކަމަށް ފުލުހުން ބުނޭ

ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ ހާހަކަށްވުރެ ގިނަ މީހުންގެ ތެރޭގައި ޤަވާއިދުން އެ ޚިދުމަތް ލިބިގަންނަ 14 ކުދިންނެއްވެސް ފާހަގަވެފައިވާކަމަށް ފުލުހުން ބުނޭ

ޑްރަގް އޮޕަރޭޝަންތަކުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާ ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ މީޑިއާ އިވެންޓުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) އިން ވަނީ ކުޑަކުދިން މި ބޮޑު ކުށަށް އަރައިގަންނަމުންދާ މިންވަރާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ބައެއް މިސާލުތައްވެސް ކިޔާދީފައެވެ.

އޭގެ ތެރޭގައި 3 އަހަރުގެ ތެރޭގައި އުމުރުން 14 އަހަރުގެ ކުޑަ ކުއްޖަކާއި 354 ފަހަރު ސުވާލު ކުރެވުނު އިރު، މަސްތުވާތަކެއްޗާއި ގުޅުންހުރި 53 މައްސަލައެއް ހިމެނޭކަމަށް ފުލުހުން ހިއްސާ ކުރި އެކުޑަ ކުއްޖާގެ ކޭސް ފާހަގަކޮށްލެވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޑްރަގް މައްސަލަތަކުގެ އިތުރުން މީހުން ރަހީނު ކުރުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، މާރާމާރީއާއި، ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމާއި، ސްކޫލަށް ގެއްލުންދޭން މަސައްކަތް ކުރުންފަދަ އެތައް މައްސަލައެއް ހިމެނެއެވެ.

3 އަހަރުވެގެން ދިޔައިރު އެ ކުއްޖާ "ހަމަމަގަށް" އެޅުވުމަށް ކުރެވުނު ގިނަ މަސައްކަތްތައް ނާކާމިޔާބުވީ އެކުއްޖާގެ އެއްބާރުލުން އެކަމަށް ނުލިބިގެންކަމަށްވެއެވެ. އެގޮތުން ކުއްޖާ ކުށުގެ މާހައުލުން ދުރުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުވެއިނަލް ޖަސްޓިސްއިން ހިންގާ ޕްރޮގްރާމްތަކަށް ކުއްޖާގެ އެއްބާރުލުން ނުލިބުމާއި، ނެޝަނަލް ޑްރަގް އެޖެންސީއާއި އެކު ކުއްޖާގެ އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓެއް ހަދަން ނިންމިފައިވީ ނަމަވެސް ކުއްޖާގެ އެއްބާރުލުން ނުލިބޭތީ އެސެސްމަންޓް ކުރިއަށް ނުދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއީ އެންމެ ކުއްޖެއްގެ ވާހަކައެވެ. ފުލުހުން ބުނާ ގޮތުގައި މާލެ ސަރަހައްދުން ކުޑަކުދިންނާއި ގުޅޭ ޑްރަގްގެ މައްސަލަތައް 10،000ށް ވުރެ ގިނައެވެ. އޭގެ ތެރޭގައި ޑްރަގް ބޭނުން ކުރުމާއި، ވިއްކުމާއި، ވިޔަފާރި ކުރުމުގެ އެތައް މައްސަލައެއް ހިމެނެއެވެ. ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ ހާހަކަށްވުރެ ގިނަ މީހުންގެ ތެރޭގައި ޤަވާއިދުން އެ ޚިދުމަތް ލިބިގަންނަ 14 ކުދިންވެސް ފާހަގަވެފައިވާކަމަށް ފުލުހުން ބުނެއެވެ. ޑްރަގް ވިއްކާ ވިޔަފާރީގައި 10 އަހަރުގެ ކުޑަކުދިންވެސް ހިމެނޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ވަކިން ޚާއްސަކޮށް މާލޭގެ އިތުރުން މިފަދަ މައްސަލަތައް އާންމުކޮށް ފާހަގަވާ އަތޮޅުތައް ހުރިކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިން ޖިނާއީ ކުށްތަކަށް ވައްދާ ގޭންގުތަކުގެ ބޮޑުންނަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ:

ރާއްޖޭގައި ޑްރަގް ވިޔަފާރި ފުޅާވެ، ކުޑަކުދިން މިކަމުގައި ބައިވެރިވާ މިންވަރު އިތުރުވެފައިވާއިރު، ކުޑަކުދިން ކުށުގެ ވެއްޓަށް ވައްދައި "ގްރޫމް" ކޮށް "އެކްސްޕްލޮއިޓް" ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހެއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއްގެ ޝިކާރައަކަށްވެފައިވާ ނުވަތަ އެފަދަ ޢަމަލެއްގެ ޝިކާރައަކަށް ވެދާނެ މާޙައުލެއްގައި ދިރިއުޅެމުންދާ ކުދިންނަކީ ވަކި ޚާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނެވެ. ކުޑަކުދިން މިފަދައިން އެކްސްޕްލޮއިޓް ކުރުމަކީ ކުށެއްކަމަށް މި ޤާނޫނުގައި ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ.

ޤާނޫނުގައި ބުނާ ގޮތުން މަޖުބޫރު ކުރުވައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ކުޑަކުއްޖަކު ލައްވާ މަސައްކަތް ކުރުވުމާއި، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމާއި، އެފަދަ ކުށްކުރުމަށް ކުޑަކުދިން ރެކްރޫޓް ކުރުމަކީ މި ޤާނޫނުގެ ދަށުން 3 އަހަރުގެ ޖަލު ޙުކުމެއް އައިސްދާނެފަދަ ކުށެކެވެ.

އެހެންނަމަވެސް، ކުޑަކުދިން މި ވިޔަފާރީގެ ތެރޭގައި ހިމަނައިގެން އެކި ނެޓްވޯކުތަކުން "ޝެޑިއުލް ބަހައިގެން" ޑްރަގް ވިއްކުމުގެ ވިޔަފާރީގައި ޙަރަކާތްތެރިވާކަން ފުލުހުން ފާހަގަކޮށްފައިވާއިރު، މިފަދަ ކަންކަމުގެ ތެރެއަށް ކުޑަކުދިން ވައްދައި، އެކުދިން އެކްސްޕްލޮއިޓް ކުރާ މީހުންނާމެދު ހަރުކަށި ގޮތެއްގައި މި ޤާނޫނުތައް ތަންފީޒު ކުރަން ޖެހެއެވެ.

ދެން އޮތީ މި މަސައްކަތާއި ގުޅުންުހުރި ސަރުކާރުގެ ވުޒާރާތަކެވެ. ކުޑަ ކުއްޖެއް އަހަރެއްގެ ތެރޭގައި އެތައް ސަތޭކަ ފަހަރަކު ބޮޑެތި ޖިނާއީ ކުށްތަކުގައި ފުލުހުންގެ ސަމާލުކަމަށް އައިސް، 50 އެތައް ފަހަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭއިރު، އެކުދިންގެ އާއިލާއެކޭ އެއްގޮތަށް ކަމާގުޅުންހުރި ވުޒާރާތަކުގެވެސް ޒިންމާއެއް އޮންނާނެއެވެ. ޤާނޫނުތައް ތަންފީޒު ކުރުމުގައި ވުޒާރާތަކުން އެންމެ އެކަށީގެންވާ ޒިންމާތައް އަދާކުރޭތޯ މިއީ މިއަދު ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ގިނަ މީހުން ދެކޭ ގޮތުގައި ކުޑަކުދިން އެތައް ސަތޭކަފަހަރު ޑްރަގް ކޭސްތަކާއި ގުޅިގެން ގެންދާއިރު، ބައެއްގެ އިހުމާލު މިކަމުގައި ނެތިއެއް ނުދާނެއެވެ.

މަސްތުވާތަކެތިނޭޝަނަލް ޑްރަގް އޭޖެންސީމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު