Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައިއެމްސީޓީސީ

އައިއެމްސީޓީސީ- ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ކޯލިޝަން

އައިއެމްސީޓީސީގެ ހެޑްކުއާޓަރސް ޤާއިމު ކުރެވިފައިވަނީ ސައުދީގެ ރިޔާދުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2022 | އާދީއްތަ 07:45
އައިއެމްސީޓީސީ- މި ކޯލިޝަން ފުޅާވެ، މިހާރު މި ކޯލިޝަންގައި 40ށް ވުރެ ގިނަ މެންބަރު ޤައުމުތައް ހިމެނޭ

އައިއެމްސީޓީސީ- މި ކޯލިޝަން ފުޅާވެ، މިހާރު މި ކޯލިޝަންގައި 40ށް ވުރެ ގިނަ މެންބަރު ޤައުމުތައް ހިމެނޭ

އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އަކީ ޓެރަރިޒަމާއި ދެކޮޅަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އިއްތިހާދެކެވެ. 2015 ވަނަ އަހަރު ސައުދީގެ ޑިފެންސް މިނިސްޓަރު މި އިއްތިހާދު އިއުލާނު ކުރެއްވިއިރު، 34 ޤައުމެއްގެ މައްޗަށް އެކުލެވުނު މި ކޯލިޝަން ފުޅާވެ، މިހާރު މި ކޯލިޝަންގައި 40ށް ވުރެ ގިނަ މެންބަރު ޤައުމުތައް ހިމެނެއެވެ.

މި ކޯލިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެންބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލްއަކީ މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސައީދު އަލްމުޣައިދީއެވެ.

އައިއެމްސީޓީސީގެ ހެޑްކުއާޓަރސް ޤާއިމު ކުރެވިފައިވަނީ ސައުދީގެ ރިޔާދުގައެވެ. އެގޮތުން ދާދި ފަހުން އައިއެމްސީޓީސީން ވަނީ މީޑިއާތަކަށް އަމާޒުކޮށް ޚާއްސަ ސިމްޕޯޒިއަމްއެއް ބާއްވާފައެވެ.

މި ސިމްޕޯޒިއަމްގައި މެންބަރު ޤައުމުތަކުގެ އަސްކަރިއްޔާގެ ޑެލިގޭޓުންނާއި، މީޑިއާ އޮފިސަރުން ބައިވެރިވެފައިވާއިރު، ކައުންޓަރ ޓެރަރިޒަމާއި ގުޅުންހުރި މުހިއްމު މައުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވާފައިވަނީ އިސްލާމިކް ބްރޮޑްކާސްޓިންގ ޔޫނިއަން (އައިބީޔޫ) ގެ ޑިރެކްޓަރ ޖެނެރަލް ޑރ އަމްރު އަލް ލަައިތީއާއި، ރިޕަބްލިކް އޮފް ސިއެރާ ލިއޯންގެ މިނިސްޓަރ އޮފް އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަންސް މުޙައްމަދު ރަޙުމާން ސްވަރޭއާއި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ވައިސް ޗާންސެލަރ ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.

އޭގެ އިތުރުން، ސިމްޕޯޒިއަމް މޮޑެރޭޓް ކޮށްދެއްވާފައިވަނީ ސައުދީއަރަބިއާގެ ޝޫރާ ކައުންސިލުގެ މެންބަރު ޑރ ފައިޒް އަލް ޝެހްރީއެވެ.

މި ސިމްޕޯޒިއަމްގައި ދެއްކެވި ވާހަކަފުޅުގައި ޑރ ޒަކަރިއްޔާ ވަނީ ޓެރަރިޒަމްގެ ޙަމަލާތަކަކީވެސް އޭގެ ޒާތުގައި އެކަން ކުރާ މީހުންގެ ބާރު ދައްކުވައިދިނުމަށް ބޭނުންކުރާ ޒަރިއްޔާއެއްކަން ފާހަގަ ކުރައްވާފައެވެ. އެކަންކަމާއި ގުޅޭ ޚަބަރުތައް މީޑިއާތަކުން ގެންނައިރުވެސް، ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ޑރ ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ޓެރަރިސްޓުން އެމީހުންގެ އަނިޔާވެރިކަން ފެތުރުމަށްޓަކައިވެސް މީޑިއާގެ ބޭނުން ހިފާ ކަމަށެވެ.

އައިއެމްސީޓީސީގައި ދިވެހި އަސްކަރިއްޔާގެ 4 ސިފައިންވެސް މަރުކަޒުވެގެން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މިއީ ދިވެހި ސިފައިންގެ ބަޔަކު ރާއްޖެއިން ބޭރު ޤައުމެއްގައި މަރުކަޒުވެގެން މަސައްކަތް ކުރައްވާ ފުރަތަމަ ޓީމުވެސް މެއެވެ. ހަަތަރު ޑޮމެއިންއަކަށް ބަހާލައިގެން މަސައްކަތްތައް ބައްޓަން ކުރެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އައިޑިއޮލޮޖީ، ކޮމިއުނިކޭޝަން، ކައުންޓަރ ޓެރަރިޒަމް ފައިނޭންސިންގ އަދި މިލިޓަރީ ޑޮމެއިންއެވެ.

މިނިސްޓްރީ އޮފް ޑިފެންސްޓެރަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

28 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް

25 ނޮވެމްބަރު 2025
އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި

އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު