Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު: އެހެން ދީނަކަށް ފުރުސަތެއް ނުދީ، ދީނީ ހަރުކަށިކަން ނައްތާލާނަން!

އިސްލާމީ އުސޫލުތަކުގެ ތެރެއިން ދައުލަތް ހިންގުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 07:03
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރާއެކު

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރާއެކު

ގުޅިފައިވާ ޕާޓީތަކާ އިދިކޮޅު ޕީޕީއެމްއާއި އަދުގެ ސަރުކާރުން ގޮވަމުން ދިޔަ އެއްވާހަކައަކީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ރާއްޖޭގައި އެހެން ދީންތަކަށް ޖާގަދެވި މުޅި ދިވެހިރާއްޖެ ޣައިރު ދީނަށް އެނބުރިގެން ހިނގައިދާނެ ކަމަށެވެ. އެހެންނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތަކީ އިސްލާމްދީންނޫން އެހެން ދީނެއް މިރާއްޖެއަށް އަޔަ ނުދިނުމެވެ. ދީން ކުރިއެރުވުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމެވެ. އަދި އިސްލާމްދީނާ ދެކޮޅު ދީނީ ހަރުކަށިކަން ނައްތާލުމެވެ. މިބަލާލަނީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނޭ ދީނީ ސިޔާސަތަށެވެ.

އިސްލާމީ އުސޫލުތަކުގެ ތެރެއިން ދައުލަތް ހިންގުން

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދަމަހައްޓައި، އިސްލާމްދީން ނޫން އެހެން ދީނަކަށް މިފަސްގަނޑުން ޖާގަ ނުލިބޭނެކަން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން ކަށަވަރުކުރާނެއެވެ. ދިވެހިންގެ އިސްލާމީ ވަޙުދަތު ވަރުގަދަކޮށް، އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ދަމަހައްޓާނެއެވެ. އަނިޔާވެރިކަމާއި ފަސާދަ އާއި ހަރުކަށިކަން ނައްތާލައި، އިޤްތިޞާދީ އަދި އިޖުތިމާއީ ނުހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން ރިޢާޔަތްކުރާނެއެވެ. ޤައުމު ބިނާކުރުމާއި މުޅި ދައުލަތުގެ ހިންގުން އެމަގުން ކުރިޔަށްދާކަން ކަށަވަރުކުރާނެއެވެ. އަދި ރާއްޖޭގައި އިސްލާމީ ތަޢުލީމު އާލާކޮށް ކުރިއަށް އޮތް ޖީލުތަކަން މިކަން ފޯރުކޮށް ދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅޭނެ އެވެ.

ދީނީ ހޭލުންތެރިކަން

ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް ދަމަހައްޓައި ކުރިއެރުވޭނެއެވެ. އިސްލާމިކް މިނިސްޓްރީ އާއި ތަފާތު ރޮނގުތަކުގެ އިލްމުވެރިންނާއި، މުޖްތަމައަށް ފައިދާކުރާ މަސައްކަތްތައް ހިންގާ ޖަމްއިއްޔާތައް ގުޅިގެން އިސްލާމް ދީނާމެދު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރެވޭނެއެވެ. އަދި ސަރުކާރުން ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، އެނިޒާމުގެ ދަށުން ކޮންމެ ރަށަކަށް ގަވާއިދުން ވާޢިޘުންގެ ޓީމުތައް ޒިޔާރަތްކޮށް، ދަރުސް ދިނުމާއި، މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި، ދީނީ ކައުންސިލިންގ ދިނުން ފަދަ ޙަރަކާތްތައް ހިންގޭނެއެވެ.

މިސްކިތްތައް ހިންގުމުގެ ނިޒާމާއި ޚިދުމަތްތައް ހަރުދަނާކުރުން

ދިވެހިންގެ އަޤީދާއާއި ސަގާފަތާ މުޖުތަމައުގެ އެކުވެރިކަން ދަމަހައްޓައިދޭ މުހިންމު އެއް ބިނާއަކީ މިސްކިތްތަކާއި، ވަށައިގެންވާ ހަރިންމަފާރު ތެރޭގައިވާ ތަންތަނެވެ. މިތަންތަނަށް އަޅާލުން ބޮޑުކޮށް، މިތަންތަނުގެ ދައުރު ފުޅާކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެހެންކަމުން ކޮންމެ މިސްކިތެއްގައި ވެސް އެތަނުގެ ގަދަރު ނުގެއްލޭފަދަ ތަޢުލީމީ އަދި އިޖްތިމާއީ ހަރަކާތްތައް ހިންގަން ޖާގަ ލިބޭނޭގޮތަށް ކަނޑައެޅި، އިދާރީގޮތުން އެތަންތަން ހިންގާ ބެލެހެއްޓުން ކައުންސިލްތަކާއި ހަވާލުކުރެވޭނެއެވެ.

އިސްލާމީ ތަޢުލީމުގެ ރޮނގުން ޔުނިވަރސިޓީ ޑިގްރީ ހާސިލުކޮށްފައިވާ އިމާމުން މިސްކިތްތަކަށް ހަމަޖެއްސުމަށްޓަކައި އެކަމަށް ބޭނުންވާ މީހުން ތަމްރީނުކުރެވޭނެއެވެ. އަދި މި ފަރާތްތައް މެދުވެރިކޮށް މިސްކިތްތަކުގައި ދީނީ ވަޢުޡު ބުނުމާއި ރައްޔިތުންނަށް ބޭނުންވާ ދީނީ އިރުޝާދު ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެއެވެ.

ދީނީ ޚިޔާލުތަފާތުވުންތައް މަދުކޮށް ހައްދުފަހަނައަޅާފައިވާ ހަރުކަށިކަން ފޮހެލުމަށް ހެޔޮލަފާ ދީނީ މައުލޫމާތު ހުރިހާ ދިވެހީންނަށް އޮޅުންފިލުވޭނޭ ގޮތްތައް ފަހިވާން ޖެހެއެވެ. މިބޭނުމަށްޓަކައި ރަށް ރަށުގައި ދީން އުނގެނުމާއި، އިސްލާމިކް ރިސަރޗް ތައާރަފްކުރުމަށް ޖަޒީރާ އިސްލާމިކް ސެންޓަރުތަކެއް މިސްކިތްތަކުގައި ގާއިމް ކުރެވޭނެއެވެ. މިތަންތަނުގައި ކޮމިއުނިޓީ ލައިބްރަރީތައް އުފެއްދޭނެއެވެ. އިޖުތިމާއީ އަދި ތައުލީމީ ކަންކަމަށް ބޭނުންކުރެވޭނޭ ގޮތުން މިތަންތަން ބައްޓަންކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި އެތަންތަން ހިންގާ ތަރައްގީކުރެވޭނެ އިންތިޒާމްތައް ފަހިކޮށްދެވޭނެއެވެ.

ކޮންމެ ރަށެއްގައި ޖަޒީރާ ހިނަވާގެއާއި ރާއްޖޭގެ އުތުރާއި ދެކުނުގައި މޯޗަރީ ބިނާކުރެވި ކައުންސިލްތަކުގެ ދަށުން އެތަންތަން ބެލެހެއްޓުން ހަރުދަނާ ކުރެވޭނެއެވެ.

ޒަކާތު ފަންޑު

މުދަލު ޒަކާތާއި ފިތުރު ޒަކާތް ނެގުމާއި، ބެލެހެއްޓުމާއި، ބެހުން ހަރުދަނާކުރުމަށްޓަކައި ޤާނޫނެއްގެ ދަށުން، ދެފުށް ފެންނަ ނިޒާމެއް ޤާއިމު ކުރެވޭނެއެވެ. އަދި މުދަލު ޒަކާތް ދައްކަންޖެހޭ ފަރާތްތަކުން ޒަކާތް ނެގޭނެ އުސޫލުތަކެއް ކަނޑަ އެޅޭނެއެވެ. ޒަކާތު ފަންޑުން ކުރެވޭ ޚަރަދުތަކާއި ހޭދަތަކަކީ ދީނުގައި ބަޔާންކުރެވިފައިވާ މިންގަނޑާ އެއްގޮތަށް ކުރެވޭ ޚަރަދު ތަކެއްކަން ކަށަވަރުކުރެވޭނެއެވެ. މުދަލު ޒަކާތް ދެއްކުމަށް މީހުން ހޭލުންތެރިކޮށް، ޒަކާތު ފަންޑާ މެދު ރައްޔިތުންގެ އިތުބާރު ހޯދޭނެއެވެ. ޒަކާތު ކޮމެޓީ އަކީ ޤާބިލް، ޢިލްމީ، ހަރުދަނާ ބަޔަކު ތިބޭ ކޮމެޓީއެއްކަން ކަށަވަރުކުރެވޭނެއެވެ.

ވަޤްފު ފަންޑު

ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، ދީނީ އަދި އިޖްތިމާޢީ މިނޫން ވެސް ކަންކަމަށް ހޭދަކުރުމުށްޓަކައި ވަޤްފު ފަންޑުތައް އުފައްދާ ފަންޑުތައް ބެލެހެއްޓޭނެ ހަރުދަނާ، ދެފުށް ފެންނަ ގާނޫނީ ނިޒާމެއް ޤާއިމު ކުރެވޭނެއެވެ. ދީނީ، ތަޢުލީމީ އަދި އިޖުތިމާއީ މުއައްސަސާތަކަށާއި ޖަމިއްޔާތަކަށް ވަޤްފު ކުރެވޭނެ ނިޒާމެއް ހަމަޖެއްސޭނެއެވެ. މި ނިޒާމުގެ ދަށުން ވަޤްފުތައް އިތުރުކޮށް، ދިރުވާ އާލާ ކޮށް، ވަގްފު ފަންޑަށް ފައިސާ ހޯދުމަށް ހިންގޭ މަޝްރޫޢުތަކުން ލިބޭ ފައިސާ ހަރުދަނާކަމާ އެކު ބެލެހެއްޓޭނެއެވެ. މިފަންޑުތަކުން ކުރެވޭ ހޭދަތަކަކީ ފަންޑުގެ މަޤްޞަދާ ޚިލާފުނުވާނޭހެން ކުރެވޭ ހޭދަތަކެއް ކަމުގައި ހަދައި އެކަން ކަށަވަރުކުރެވޭނެއެވެ.

ޙަލާލް ސެޓްފިކޭޝަންގެ ނިޒާމު

ދިވެހިން ބޭނުންކުރުމަށް ދިވެހިރާއްޖެއަށް އެތެރެކުރެވޭ ހުރިހާ ބާވަތްތަކަކީ އަދި ރާއްޖޭގައި އުފައްދާ ހުރިހާ ބާވަތްތަކީ ޙަލްލް ތަކެތިކަން ކަށަވަރު ކުރުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކުން ޙަލާލް ސެޓްފިކޭޝަން ދޫކުރުމާއި ޙަލާލް ސްޓޭންޑަޑް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރާނެއެވެ. މި ނިޒާމުގެ ދަށުން ޙަލާލް ސެޓްފިކެޓް ދެވޭފަރާތްތައް މޮނީޓަރކޮށް ސްޓޭންޑަޑް ހިފެހެއްޓޭކަން ކަށަވަރުކޮށް، މިކަމަށް ބޭނުންވާނެ ޓެކްނިކަލް މީހުން އުފައްދައި ލެބޯޓްރީ އާއި ވަސީލަތްތައް ޤާއިމް ކުރާނެއެވެ.

ޙައްޖާއި ޢުމްރާ

ފަރުޟު ޙައްޖު ވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެގޮތް ހަމަޖެއްސޭނެއެވެ. ޙައްޖާއި ޢުމްރާގެ އަޅުކަމާ ގުޅޭ މަސައްކަތްތައް މީހުންގެ އިތުބާރު ލިބޭފަދަ ގޮތަކަށް ރާވާ ހިންގޭނެ އުސޫލުތަކާއި އިންތިޒާމްތައް ހަމަޖައްސައި އެކަން ކަށަވަރު ކުރެވޭނެ އެވެ. ޙައްޖާޖީންނާއި ޢުމްރާވެރިންނަށް އިހާނެތި ގޮތްތައް ހަދާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ އުސޫލުތަކެއް ކަނޑައެޅޭނެއެވެ. ޙައްޖާއި ޢުމްރާއަށް މީހުން ގެންދިއުމުގެ ފުރުޞަތު ކުންފުނިތަކަށް ދިނުމުގައި، ދެފުށް ފެންނަ އުސޫލެއް ކަނޑައެޅޭނެއެވެ. ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، ކުރަން ޖެހޭ މަސައްކަތްތައް ކޮށް، ޙައްޖާއި ޢުމްރާއަށް ގެންދެވޭ ފަރާތްތަކަށް ފޯރުކޮއްދެވޭ ޚިދުމަތްތައް މޮނިޓަރކޮށް، އެކަންކަމާ މެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެ ނިޒާމެއް ޤާއިމްކުރެވޭނެއެވެ. ޙައްޖަށް ގެންދިއުމުގައި ކުންފުނިތަކުން އެއްބަސްވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާކަމަށް ކުރެވޭ ޝަކުވާތަކަށް ޙައްލު ހޯދޭނެއެވެ. އަދި ޙައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން ޙައްޖާއި ޢުމްރާ ގުރޫޕްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދީ އެފަރާތްތަކަށް މިނިސްޓްރީއިން ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ފިޤްހު އެކެޑަމީ

މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ ދިވެހި ރާއްޖޭގެ ފިޤްހު އެކެޑަމީއެއް ޤާއިމްކުރެވި، މެންބަރުން ޢައްޔަނު ކުރެވޭނެ ހަރުދަނާ އުޞޫލެއް އެކަށައެޅޭނެއެވެ. އެއާއެކު ރައްޔިތުންނަށް އެނގެންޖެހޭ ދީނުގެ މުހިންމު ޙުކުމްތަކުގައި ފަތުވާދިނުމާއި، ޚިޔާލުތަފާތުވުން ހުރި ދީނީ މައްސަލަތަކުގައި ދައުލަތުން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށާއި، މިނިވަން މުއައްސަސާތަކަށާއި ޝަރުޢީ ކޯޓުތަކަށާއި ރައްޔިތުންގެ މަޖިލީހުން ހަދާ އެންމެހައި ގާނޫނުތަކަށް ދީނީ ލަފާދީ، ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުން ހިންގާ ކަންކަމުގައި ދީނާ ފުށުއަރާ ކަންތައްތައް ބަލައި އިޞްލާޙުކުރަން އިރުޝާދު ދިނުމުގެ މަސްއޫލިއްޔަތު އެ މުއައްސަސާއާ ޙަވާލުކުރެވޭނެއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހިންގުން ހަރުދަނާކޮށް، ރަނގަޅު ފެންވަރަކަށް އިމާރާތް ތަރައްޤީކުރެވޭނެއެވެ. އަދި ޤާރީންނާއި ހާފިޒުން އުފެއްދޭ މިންވަރު އިތުރުކޮށް ޤުރްއާނުގެ ޢިލްމު އުނގެނުމުގެ ފުރުޞަތު ފުޅާކޮށް، ހަރުދަނާކުރެވި، ބައިނަލްއަޤްވާމީ މިފަދަ މުއައްސަސާތަކާއި ގުޅުންބަދަހިކޮށް އެފަރާތްތަކާއި ގުޅިގެން މަތީ ފެންވަރުގެ ޕްރޮގްރާމްތައް ހިންގާ، ސަނަދުތައް ދޭތަނެއްގެ ގޮތުގައި ހަމަ ޖެއްސޭނެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ރިސާރޗް ސެންޓަރ

ދިވެހިރާއްޖޭގެ އިސްލާމީ ރިސަރޗް ސެންޓަރެއް ޤާއިމް ކުރުމީ ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތެކެވެ. މި މުއައްސަސާއިން ބައިނަލް އަގްވާމީ މިފަދަ ސެންޓްރުތަކާއި ޔުނިވާރސިޓީތަކާއި ގުޅިގެން ދީނާ ގުޅުންހުރި ދިރާސާތައްކުރުމާއި، ދީނީ ފޮތް ލިޔެ ތައްޔާރު ކުރުމާއި، ދީނީ ޖަރނަލްތައް ޝާއިޢު ކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. ހުރިހާ ރަށެއްގައި މި ރިސާޗް ސެންޓަރުގެ ގޮފިތައް ޤާއިމު ކޮށް، މޮނިޓަރ ކޮށް، ބެލެހެއްޓޭނެއެވެ. އަދި މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ދިރާސާތަކާ ގުޅޭ މައުލޫމާތު އާންމު ކުރެވެމުން ދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

31 ޑިސެމްބަރު 2017
ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރަގަޅު މިސްރާބެއް ހިފާށެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރަގަޅު މިސްރާބެއް ހިފާށެވެ.

22 ޑިސެމްބަރު 2017
ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް

ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް

28 ނޮވެމްބަރު 2017
2017: ޚާރިޖީ ސިޔާސަތު ލާހޫރުނު އަހަރެއް

2017: ޚާރިޖީ ސިޔާސަތު ލާހޫރުނު އަހަރެއް

18 ނޮވެމްބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު