Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހަރުކަށި ފިކުރު ބޮއްސުންލައިގެން ދިޔުމުގެ ޒިންމާ ކުރީގެ ސަރުކާރުތަކުން ނަގަންޖެހޭ!

މިއީ ދިވެހިންގެ ތެރޭގައި އައު ވާހަކައެއް ނޫން

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2019 | ބުރާސްފަތި 14:18
ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން

ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ހަރުކަށި ފިކުރަށް ތަބާވެ، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭ ވަރަށް އެފިކުރުގެ ތެރެއަށް ވަދެފައިވާ 1400 އާ ގާތްކުރާ އަދަދެއްގެ ދިވެހިން އުޅޭ" ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވުމަކީ ކުޑަކަމެއް ނޫނެވެ. ގާތްގަނޑަކަށް އާބާދީގެ ކޮންްމެ 300 މީހަކަށް، އެއްވެސް ހައްގަކާ ނުލާ މީހަކު މަރާލަން ފަސްނުޖެހޭ ބަޔަކު ތިބުމަކީ ބިރުގަނެ، ފަސްޖެހޭ ވަރުގެ ކަމެކެވެ.

ތުންތުން މަތިން އަބަދުވެސް، ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން އުޅޭ ވާހަކަތަކާއި، ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމަކުރާ ވާހަކަ އަޑުއިވޭތާ މިހާރު ވިއްސަކަށް އަހަރުވެދާނެއެވެ. މި ގަރުނު ފެށުނީއްސުރެން އެ ޒާތުގެ ވާހަކަތައް އަޑު އިވުނަސް، ގިނަ ދިވެހިންގެ ޒަމީރު އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

ނުވެސް ވާނެތާއެވެ. މަތިވެރި އިސްލާމް ދީނުގެ ހިދާޔަތް މީގެ 600 އަހަރު ކުރިން ލިބުނީއްސުރެން ދިވެހިންނަކީ، އެ ދީނުގެ އަގީދާގެ މަތީގައި ސާބިތުވެތިބެގެން، ސުލްހަވެރި ގައުމެއްގައި ދިރިއުޅޭ ރައްޔިތަކު އުޅޭ ގައުމަކަށް ވީތީއެވެ. މި ގައުމުގެ ތާރީހަށް ބަލާލާކަމުގައިވަނީނަމަ، އެއްވެސް އިރެއްގައި އިސްލާމް ދީނާ ގުޅޭ ދީނީ ހަމަނުޖެހުމެއް މި ގައުމުގައި ހިނގާފައި ނެތެވެ. ކަމެއް ހިނގާފައިވަނީނަމަ، އެކަން ކޮށްފައި އޮތީ ދީނުގެ ދިފާއުގައެވެ.

ކޮންމެއަކަސް، އަދުގެ ސަރުކާރުން ހަރުކަށި ފިކުރާ ދެކޮޅަށް ފަށައިގެން މިއުޅޭ މަސައްކަތުގެ ތެރެއިން އިވޭ ވާހަކަތަކާއި ލިބޭ މައުލޫމާތުތަކުން ބިރުވެސް ގަނެއެވެ. ކަމެއް ދިމާވާނީ ބުނެފައެއް ނޫނޭ މުސްކުޅިން ބުނެއުޅޭ ބީދާއިން، ދެން މިކަހަލަ ކަމެއްގައި ގަތުލުކުރާނީ ކާކުބާއޭ ހިތަށް އަރައެވެ. ފުން ހިތާމަޔާއި ކުރިމަތިލާން ޖެހޭނީ ކޮން އާއިލާއަކުންބާއޭ ހިތަށް އަރައެވެ.

މިހެން މިކަން ހުރިއިރު، ޖަވާބު ބޭނުންވާ އެތައް ސުވާލެއް އެބަހުއްޓެވެ. ކަންކަން މިހާ ހިސާބަށް ދިޔައިރު، ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބި މުއައްސަސާތައް ކޮބައިތޯއެވެ؟ އެވެރިންނާއި ހަވާލުކުރެވުނު ޒިންމާ އަދާނުކުރެވުނުއިރު، ހަމަ އެއިން ބަޔަކަށް ހަމަ އެއްކަމެއްވެސް ނޭނގެނީތޯއެވެ؟ ނޫނީ ހަމަ އެހާ ނުކުޅެދިފައި، މަސްއޫލިއްޔަތު ހަވާލުކުރެވުނު ފަރާތްތައް ހަމަ އެހާ ގަމާރީތޯއެވެ؟ ސެލްތަކާއި އަމީރުންނާއި މީހުންގެ ވާހަކަ މިހާރު ތިލަވާއިރު، އެއިރު ހަމަ އެއިން އެކައްޗެއްވެސް ނޫނީ ބަޔަކުވެސް ހަމަ ނެތީތޯއެވެ؟

މިކަމުގެ ޒިންމާ ނަގަންޖެހޭނެ ބަޔަކާއި މެދު ވިސްނާލިއިރު، މި ގައުމު ހިންގުމާއި ހަވާލުވެގެން ތިބި ވެރިން ނޫން ބަޔަކާއި ދިމާލަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭކަށެއް ނެތެވެ. މިކަން ހިނގަން ފެށި ފަހުން ގައުމުގެ ވެރިކަން ހަތަރު ރައީސަކު ކުރައްވާފައިވާއިރު، އެއްވެސް ބަޔަކަށް މިކަން ހުއްޓުވިފައި ނުވާތީ، މިކަމުގެ ޒިންމާ އެ ފަރާތްތަކުން އުފުލަން ޖެހެއެވެ.

އެކިއެކި ސަބަބުތަކާއިހުރެ، އަތުން ދޫވެގެން މި ހިސާބަށް މިކަން އައުމުން، ތިމަންމެން ކުރާނެ ކަމެއް ނެތޭ ބުނެ ފަރުޖައްސާލެވޭކަށް ނެތެވެ. ދައުލަތެއް ބޭނުމަކީ، ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމެވެ. ދިރިއުޅޭނެ އަމާން ވެއްޓެއް ގާއިމުކޮށް ދިނުމެވެ. އެކަން ނުކުރެވި މި ހިސާބަށް އައުމުން އެއޮތީ ފެއިލްވެފައެވެ. ޒިންމާ ނަގަން ޖެހޭނެއެވެ.

މިކަން ބޮއްސުން ލައިގެން ދިޔައީ، ހަމަ މި ގައުމުގައި ވެރިކަންކުރި ސަރުކާރުތަކުގެ ނުކުޅެދުމުންނެވެ. އެއްބަޔަކު އެއީ ނުވާކަމެކޭ ބުނެ ހަށި ފޮޅާލިއިރު، އަނެއް ބަޔަކު އެކަމަށް ވާގިވެރިވީއެވެ. ދިވެހިން މިތިބީ މިއަދު ބިރުވެރިކަމެއްގެ ތެރޭގައެވެ. މިއީ ހަވާލުކުރެވުނު ޒިންމާ ރަނގަޅަށް އަދާކުރެވުނުނަމަ، އަދި މިކަމުގެ "ޅަފަތުގައި" ބުޑުން ލުހެލެވުނުނަމަ، މި ގައުމަށް ކުރިމަތިވާނެ ހާލަތެއް ނޫންކަން ޔަގީނެވެ. ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބެނީ މިހާރުނަމަވެސް، ބަޔަކު މިކަމާ ދެކޮޅަށް މަސައްކަތްތަކެއް ކުރާތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތޮއްޑޫއަށް އިހުމާލުވެފައި: ޒިންމާނަގަނީ ކާކު؟

ތޮއްޑޫއަށް އިހުމާލުވެފައި: ޒިންމާނަގަނީ ކާކު؟

23 އޯގަސްޓު 2018
މުޅި ޓްރެކް ސަރަހައްދު ކުނިން ފުރިފަ، ޒިންމާ ނަގާނެ ފަރާތެއް ނެތް!

މުޅި ޓްރެކް ސަރަހައްދު ކުނިން ފުރިފަ، ޒިންމާ ނަގާނެ ފަރާތެއް ނެތް!

29 އެޕްރީލު 2018
ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

11 އެޕްރީލު 2018
ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް

ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް

12 ފެބުރުއަރީ 2018
ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!

ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!

18 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު