Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ފަތުރުވެރިކަން

ރާއްޖެއަކީ ހަމަ އެހާ ފޫހި ތަނެއްތަ؟

ލަންކާގެ ޓޫރިޒަމް މިނިސްޓަރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ގޮންޖައްސަވައި ވާހަކަދައްކަވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 މާރިޗު 2023 | ހޯމަ 02:12
މީރު އައިލެންޑް ރިސޯޓް

މީރު އައިލެންޑް ރިސޯޓް

ދިވެހި ރާއްޖެ މުޅި ދުނިޔެއަށް މަޝްހޫރުވެފައި އޮންނަނީ ފަތުރުވެރިކަމަށް އެންމެ މަގުބޫލު އެއް މަންޒިލުގެ ގޮތުގައެވެ. ޗުއްޓީ ހޭދަކޮށްލުމަށް އަންނަން ހިތްގައިމު މަންޒިލެއްގެ ގޮތުގައެވެ. ކާމިޔާބު ފަތުރުވެރިކަމުގެ ޕްރޮޑަކްޓެއް ގެންގުޅޭ ގައުމެއްގެ ގޮތުގައެވެ. ދިވެހިރާއްޖެއޭ ބުނުމުން ގިނަ މީހުން ރާއްޖެ ސިފަކުރަނީވެސް މިހެންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމަކީ ހަމައެކަނި ރިސޯޓުތަކުގައި އޮތް އެއްޗެއް ނޫނެވެ. މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ރަށްރަށަކީވެސް މިހާރު ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރަށް އޮތް ތަންތަނެވެ. ފަތުރުވެރިން ގަޔާވާފަދަ އެތައް ހަރަކާތެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ރިސޯޓުތަކުންނާއި، ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާވެފައި އޮތް ރަށްރަށުންވެސް ލިބެއެވެ. އޭގެ ތެރޭގައި އެއްގަމު ކުޅިވަރުތަކާއި، މޫދު ކުޅިވަރުތަކުގެ އިތުރުން ޑައިވިންއާއި މިނޫންވެސް އެތައް ކަމެއް ތަޖުރިބާކޮށްލަން ލިބެއެވެ.

މިގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން 50 އަށްވުރެ ގިނަ އަހަރުވަންދެން ކާމިޔާބުކަމާއެކު ދަމަހައްޓަމުން ދިޔަނަމަވެސް، އަބަދުވެސް ބައެއް ފަރާތްތަކުގެ ގޮންޖެހުމުގެ ބަސްތައް ރާއްޖެއަށް އަމާޒުވެއެވެ. މިގޮތުން އެންމެ ފަހުން ބޭއްވި ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ ކަމުގައިވާ އައިޓީބީ ބާލިންގެ ތެރެއިން ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ހަރިން ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި ލަންކާގެ ފަތުރުވެރިކަމާ އަޅާކިޔުއްވާފައެވެ. އަދި ރާއްޖެއަކީ ހަމައެކަނި ބީޗެއް އޮންނަ ތަނެއް ކަމަށާއި، 5 ދުވަހު ރާއްޖޭގައި މަޑުކޮށްލާއިރަށް ފޫހިވާނެ ކަމަށް ވިދާޅުވެފައެވެ. 

ލަންކާގެ ޓޫރިޒަމް މިނިސްޓަރު މިފަދައިން ވިދާޅުވުމާއެކު އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. މީގެ ތެރޭގައި ދިވެހިންނާއި، ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި، ސްރީލަންކާގެެ އެކި ފަންތީގެ މީހުންގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައިވާކަން ސޯޝަލް މީޑިއާއިން ވަނީ ފާހަގަވެފައެވެ.

މިގޮތުން ލަންކާ ޕްރޮމޯޓްކުރުމަށްޓަކައި ރާއްޖޭގެ ނަން ހަޑިކުރަން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ނޫން ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އަދި މިއީ ލަންކާއާއި ރާއްޖެއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުންތަކަށް ބުރޫ އަރާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ލަންކާއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ މައާފަށްވެސް އެދިފައެވެ. މީގެ އިތުރުން ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ގެންދަނީ ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއަރުވަން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ބުނަމުންނެވެ.

ލަންކާގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ބަސްފުޅަކީ ގިނަ ބައެއްގެ ލޭ ކައްކުވާލި ބަސްފުޅަކަށް ވަނީ ވެގެންގޮސްފައެވެ. ސޯޝަލް މީޑިއާގައި މިކަމުގެ ގިނަ ބަހުސްތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްވެސް ވަނީ މިކަމަށް ރައްދު ދެއްވާފައެވެ. އެހެންނަމަވެސް މިނިސްޓަރު ދެއްވި ރައްދު ތަފާތެވެ.

މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ ލަގަބު ޖެހިޖެހިގެން 3 އަހަރު ރާއްޖެއިން ކާމިޔާބުކޮށްފައިވާކަމަށެވެ. އަދި މިއަދު ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ބެންޗްމާކެއް ކަމަށާއި، ރާއްޖެއަކީ އެންމެ ރަނގަޅު އަދި "އެޑިކްޓިވް" މަންޒިލަށް ހަދައިދިން ފަރާތްތަކަށާއި، މިދާއިރާގައި ޚިދުމަތްދޭ ފަރާތްތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރުގެ ޓްވީޓް ނިންމަވާލެއްވީ މި ކާމިޔާބީތަކާމެދު ހަސަދަވެރިވެ، ޝައްކެއްއުފެދޭނަމަ ތަކުރާރުކޮށް ލޯގަނޑާ ސުވާލުކުރެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

މިހާތަނަށް ރާއްޖެއިން ހޯދާފައިވާ އެންމެ ބޮޑެތި ކާމިޔާބީތަކުން މިނިސްޓަރު މައުސޫމް ރައްދުދެއްވިއިރު މިއީ މިހާތަނަށް ރާއްޖެއިން ހޯދި ކާމިޔާބީތަކުގެ މަދު މިންވަރެކެވެ. ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތަކަކީ މިއަދު ދުނިޔޭގައި ނަން މަޝްހޫރު ތަންތަނެވެ. އަދި އެތައް އެވޯޑަކާއި ކާމިޔާބީއެއް ހޯދާފައިވާ ތަންތަނެވެ. އެންމެ ފަހުން ކުރިއަށްދިޔަ އައިޓީބީ ބާލިންގެ ތެރެއިންވެސް ރާއްޖެއަށް ވަނީ "ބެސްޓް އެގްޒިބިޓަރ އެވޯޑް" ލިބިފައެވެ. ހަމައެކަނި ބީޗެއް އޮންނަ މަންޒިލެއް މިހާ ކާމިޔާބުވެދާނެތޯއެވެ. އަދި މިހާ ފޫހި މަންޒިލަކަށް ފަތުރުވެރިން އަންނާނެތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު