Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާލެއިން ދިވެއްސަކު ޕޮޒިޓިވްވުން

ފަރުދީ ޒިންމާގެ ވާހަކަ ދެން ހުއްޓާލާ، ބޭނުންވަނީ ހަރުކަށި ފިޔަވަޅު!

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ވަނީ މާލެ އިން ފެނިފައި

އަމަން ހަލީމް
އަމަން ހަލީމް | 15 އެޕްރީލު 2020 | ބުދަ 13:29
މާލޭ ގައި ކާފިއު ހިންގި ވަގުތު ނަގާފައިވާ ފޮޓޯއެއް

މާލޭ ގައި ކާފިއު ހިންގި ވަގުތު ނަގާފައިވާ ފޮޓޯއެއް

ބަޔަކު ކަމެއް ކުރޭތޯ ނަސޭހަތް ލައިދީގެން، ހޭލުންތެރި ކޮށްގެން ބަޔަކަށް ހެޔޮ ވިސްނުމެއް އައިސްގެން ގޭގައި ތިބޭތޯ ލައްކަ ވާހަކަ ދެކެވިއްޖެ އެވެ. އެތައް ގޮތަކަށް އެތައް ފަންތިއެއްގެ ބޭފުޅުން އެ މަގަށް ރައްޔިތުންގެ ވިސްނުން ބަދަލުވޭތޯ ވާހަކަ ވެސް ދެއްކިއްޖެއެވެ.

ހިތާމައަކީ، މިއިން ކަމެއްގެ ނަތީޖާ ނެރެވިފައި ނުވާ ކަމެވެ. މާލޭ ތެރެއިން ފެންނަ މަންޒަރަށް ބަލާއިރު، މިއިން ކަމެއްގައި ނަތީޖާއެއް ނެރެވިފައި ނުވާކަމާއި މެދު ޝައްކެއް ވެސް ނެތެވެ. ރޭގަނޑު ގަޑިއެއްގައި މަޖީދީ މަގަށް އެކަނި ބަލާލިޔަސް ފަރުދީ ޒިންމާގެ ވާހަކަ އަޑު އަހާ ކިޔަމަންވީ މިންވަރު ފެންނާނެ އެވެ. ހަމަ ސުމެކެވެ.

މިއަދަކު ދެން ފަރުދީ ޒިންމާގެ ވާހަކަ ދެއްކުމެއް ނެތެވެ. މާލޭގައި އެއް ވަގުތެއްގައި ދިރިއުޅޭ އާބާދީގެ އަދަދު ލައްކައަކަށް ވުރެ ގިނަކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، މި ތަނުގައި ބަލި ފެތުރިއްޖެއްޔާ ވާނެ ގޮތް އެންމެނަށް ވެސް އެނގެ އެވެ. ކަމުގެ މާހިރުން ވެސް އެންމެ ކަންބޮޑު ވަނީ؛ މިހާ ތޮއްޖެހިފައިވާ ތަނެއްގައި ވައިރަސް ފެތުރިގެން ދެން ވާނެ ގޮތަކާ މެދު އެވެ.

އަނެއް ކޮޅުން، ސިއްހީ ނިޒާމު އޮތީ އެކަމަކަށް ތައްޔާރެއް ނޫނެވެ. އެވަރުގެ ވަސީލަތްތަކެއް ނެތެވެ. ގިނަ ބަޔަކަށް ވައިރަސް ޖެހި، ހާލު ދެރަވެއްޖެ ހާލަތެއްގައި އެއް ބަޔަކު މަގުމަތީގައި އެނދު ބަހައްޓައިގެން ތިބެން ޖެހޭ މަންޒަރު ބަލަން ބޭނުންވާނީ ވަކި ކާކުހެއްޔެވެ. ގަބޫލު ކުރިޔަސް ނުކުރިޔަށް އެއީ ހަމަ ތެދު ހަގީގަތެވެ.

މާލެ ތެރެއިން ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިވާއިރު، ދެން އިތުރަކަށް ތިބޭނެ ކަމެއް ނެތެވެ. ފަރުދީ ޒިންމާގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ވެސް ނެތެވެ. ގައިދުރުކޮށްގެން ބަޔަކު ތިބޭތޯ އަތް އުރާލައިގެން ތިބުމުގެ ބޭނުމެއް ނެތެވެ. ދެން ހަރުކަށި ފިޔަވަޅު އަޅާ، ގަވައިދާ ހިލާފުވާ މީހުންނަށް ފިޔަވަޅު އަޅަންވީއެވެ.

ބަހެއް ނޭހިއެވެ. ބަސް ނޭހުމުގެ ލާމަސީލު މިސާލަކަށް އެމެރިކާ އަށް ބަލާލަމާތޯ އެވެ. އެޅިހާ ވެސް ފިޔަވަޅަކީ އިޖްތިމާއީ ގޮތުން ގައިދުރުކުރުމެވެ. އިގްތިސާދަށް ކުރިމަތިވެދާނެ ހާލަތަކަށްޓަކައި، ގަންނާ ކުރެއްވި ބިރުން އެތިބީ ރައްޔިތުން ބަސް އަހާތޯ ދޫކޮއްލައިގެންނެވެ. އެ ގައުމުން ޕޮޒިޓިވްވާ މީހުންގެ އަދަދުތަކަށް ބަލާއިރު، މިކަމުގެ ނަތީޖާ އެއޮތީ ދިމާ ހާމައަށް ފެންނާށެވެ.

ހަރުކަށި ފިޔަވަޅު އަޅަންވީ އެވެ. ލަހެއް ފަހެއް ކުރާނެ ކަމެއް ނެތެވެ. ބަޔަކު ކަމެއް ކުރޭތޯ ބަލާނެ ކަމެއް ނެތެވެ. ގާނޫނުގެ ފުރިހަމަ ބާރު ދައްކާށެވެ. މިއަދު މާލެއިން މި ބައްޔަށް ޕޮޒިޓިވްވީ ދިވެއްސަކު ފެނިފައިވާއިރު، ދެން އިތުރަކަށް ބަލަން ތިބޭނެ ކަމެއް ނެތެވެ. އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ހަރުކަށި ފިޔަވަޅު އަޅާށެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
18 މާރިޗު 2017

ރޯގާ އިން ރައްކާތެރިވުން، ފަރުދީ ޒިންމާ!

18 މާރިޗު 2017
ރޯގާ އިން ރައްކާތެރިވުން، ފަރުދީ ޒިންމާ!
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު