Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ކުޑަކަކުލަށް ތިރިނުވެ ހަރުކަށި ފިކުރާއި ދެކޮޅަށް ތެދުވީތީ ސާބަސް!

ސަލާމާަތީ ބާރުތަކުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ތިކުރާ މަސައްކަތައް ސާބަސް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2019 | ހޮނިހިރު 13:20
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން

ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ދިވެހި ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފަތުރައި ދުނިޔޭގައި އެކި ކަންކޮޅުތަކުގައި ބިރުވެރިކަމާއި އަނިޔާވެރިކަންް ފަތުރަމުންދާ ޓެރަރިސްޓް ޖަމާއަތްތައް ހަރަކާތްތެރިވުމަކީ ހަމަ ގައިމުވެސް ދިވެހިންނަށް ލިބުނު ސިހުމެކޭ ނުބުނެވޭނެއެވެ. މިއީ މީގެ އެތަކެއް އަހަރުކުރިންވެސް ރައްޔިތުންނަށް އިނގޭ ހަގީގަތެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ހަރުކަށި ފިކުރަށް ތަބާވެ، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭ ވަރަށް އެފިކުރުގެ ތެރެއަށް 1400 އާ ގާތްކުރާ ޢަދަދެއްގެ ދިވެހިން އުޅޭކަމަށް ވިދާޅުވެ ޓެރަރިޒަމާއި، ވައިލެންޓް އެކްސްޓްރީމިޒަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށާއި އެކަމަށް ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ދެއްވުމަކީ އަދި ދިވެހީންގެ ތެރޭގައި ނުތަނަވަސްކަން އެތައް ގުނަޔަކަށް އިތުރުވެގެންދިޔަކަމެކެވެ.

އެހެނީ ރައީސް މައުމޫންގެ ދައުރުއްސުރެ ރާއްޖޭގައި ވެރިކަން ކުރާ ކޮންމެ ފަރާތެއްވެސް މިބުނާ ފަރާތްތަކުގެ ކުރިމަތީގައި ކުޑަކަކުލަށް ކުރިމަތިލާންޖެހުމެވެ. ދިވެހި ދައުލަތް އަބަދުވެސް ފެނިގެންދިޔައީ ރައީސް ނަޝީދު ބުނާ ގޮތުން ނަމަ އަނދިރި ދައުލަތް ކުރިމަތީގައި ކުޑަކަކުލަށް ތިރިވާށެވެ.

ރާއްޖޭގައި މިހާތަނަށް ހިނގާފައި ހުރި މަރުތަކާއި، އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގައި ރާއްޖެއިން މީހުން ޖިހާދަށްކަމަށް ބުނެ ގޮސް އުޅުމަކީ، ރާއްޖޭގެ ޙާލަތު މިހާރު އޮތް ގޮތް ތަޞައްވަރުކޮށްދޭ ވަރުގަދަ ހެއްކަކަށްވާއިރު އެއީ ޖުމްލަގޮތެއްގައި އެންމެހައި ރައްޔިތުންގެ ހަށިފުރާނައަށް ހުރި ބޮޑު ނުރައްކަލެއްގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދެއްވުމުގައި ސަރުކާރުގެ އެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ތިއްބަވާ އިސް ވެރިންގެ ކޮންޓްރޯލް، ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ އަތް މައްޗަށް ގެއްލިފައިވާ މިންވަރު ވެސް އަންގައިދޭކަމެކެވެ.

2007 ވަނަ އަހަރު ރައީސް މައުމޫންގެ ދައުރުގައި ސަލްޓަން ޕާކްގައި ބޮން ގޮއްވި ހާދިސާއާއި ހިމަންދޫގައި ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ވަކި ޖަމާއަތެއް ހަދައިގެން ދެއްކި ވާހަކައާއި، އަމަލުތަކަކީ ސަރުކާރާއި، ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ސިހުން ގެނުވި ކަންތައްތަކެވެ. އަދި ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ މީހުންގެ ވާހަކަތައް ރައްޔިތުންގެ ތެރޭގައި ދެކެވެން ފެށުނީވެސް މި ހާދިސާތަކާއި ގުޅިގެންނެވެ. އޭރުވެސް ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މިކަންތައް މައްޗަށްގޮސްފައިވާ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު އަޅުއްވާނެ ފިޔަވަޅުތަކެއް ސަރުކާރަށް ދެނެގަނެވިފައިވާ ކަމަށެވެ.

ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅިގެން އުޅޭ ދިވެހިންނަށް ހިތްވަރުދޭ ފަރާތްތަކަކީ ކޮބައިތޯ އާއި ފައިސާ އާއި މާލީ އެހީ ލިބެނީ ކޮން ގޮތަކަށްކަން ހޯދަން ޖެހިފައިވާ ކަމަށް ވިދާޅުވި ރައީސަށްވެސް އެކަންކުރެވިފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ސަރުކާރަށްވެސް ވީހަމަ އެހެންނެވެ. އެންމެ ފުރަތަމަވެސް އެމަނިކުފާނު ދެއްކެވީ ދިވެހި ދައުލަތުގެ މައްޗަށް ބާރު ފޯރުވާ ނުފޫޒުގަދަ ބަޔަކު އުޅޭ ވާހަކައެވެ. ނަމަވެސް އެކަންވެސް ސީރިއަސް ގޮތުގައި ނުނަގާ ރަންނަމާރީ ވާހަކަ ފަދަ ފްލޯކް ވާހަކަތައް ނުދެއްކުވަމަށް ބައެއް ބޭފުޅުން އެމަނިކުފާނަށް މަލާމަތް ކުރިއިރު ހަގީގަތަކީ އެއީކަން މިއަދު ވަރަށް ސާފެއް ނޫންތޯއެވެ؟ އެމަނިކުފާނުގެ ވެރިކަން ބަޢާވާތަކުން ވައްޓާލިއިރު ދެން ވެރިކަމަށް އައި ބޭފުޅާގެ ވާހަކަ މާ ތަފްސީލީ ގޮތެއްގައި އަޅުގަނޑު ދައްކާކަށް ނެތީމެވެ. ސަބަބަކީ ރައީސް ވަހީދު ހެއްދެވި ނުހެއްދެވިއެއް ސީދާ ރައްޔިތުންނަށްވެސް ނޭނގޭތީއެވެ.

ދެން ވެރިކަމަށް ވަޑައިގެންނެވި ވެރިޔާގެ ވެރިކަމުގައި މާލޭ މަގުމަތީ ދީނީ ހަރުކަށި ވިސްނުން ފަތުރައި، ޓެރަރިސްޓް ޖަމާއަތްތަކުގެ ދިދަ ނަގައި މީހުން މަގުމަތީގައި މުޒާހަރާކުރި އިރު ކުރީ ކީއްހެއްޔެވެ؟ ދައުލަތް ކުޑަކަކުލަށް ތިރިވީއެވެ. އެ މަންޒަރުތަކުންވެސް އެކަމުގައި ބައިވެރިވާ މީހުން ރަނގަޅަށް ފެންނަންވެސް ހުއްޓެވެ. އެކަމުންވެސް ގައުމުގެ ހާލަތު ރަނަގަޅަށް އެނގެއެވެ.

ފާއިތުވެގެންދިޔަ ސަރުކާރުގައި ވެފައި ހުރި އިހުމާލުތައް ތަހައްމަލު ކުރަންޖެހުނު ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމީ އެއްވެސް ބަޔަކު ދެކޮޅު ހަދާނެކަމެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުން ފަތުރާާ ފަރާތްތަކާއި އެކަންތައް ހުއްޓުވުމަށް ސަރުކާރާއި ގައުމުގެ ސަލާމަތީ ބާރުތަކުގެ ސްޓޭންޑް ވަރަށް ސާފެވެ. އެކަންތައް ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ފަސްޖެހުމެއްނެތި އަޅައި ދިވެހި ރައްޔިތުންނަށް އަމާން ރައްކައުތެރި މާހައުލެއް ގާއިމްކޮށްދޭނެކަމަށް ހުރިހާ އިދާރާާތަކުންވެސް ވަނީ ބުނެފައެވެ. ހުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެހެން ވިދާޅުވެފައެވެ.

ގައުމު ދެކެ ލޯބިވާ ދަރިއެއްގެ ހައިސިއްޔަތުން ސަރުކާރާއި މިކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރާ ހުރިހާ އިދާރާތަކުގެ އިސްވެރިންނަށް ބުނެލަމެވެ. ބުދަ ދުވަހު ގައުމީ ދިފާޢީ ބާރާއި ފުލުހުން ރާއްޖޭގައި ހަރަކާތްތެެރިވާ ދީނީ ހަރުކަށި ފިކުރު ފަތުރާ މީހުން ހޯދުމަށް ތިކުރި މަސައްކަތަށް އައްސަރިބަހާއި ސާބަސް ބުނެލަން . އަޅުގަނޑެކޭ އެއްފަދައިިން ހުރިހާ ރައްޔިތުންގެވެސް އުންމީދަކީ މާޒީން ފިލާވަޅުނަގައި ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށް ރައްކައުތެރި އަމަން ރައްކާތެރި މާހައުލެއް ގާއިމްކޮސްދިނުމެވެ. އުނދަގޫ ނުރައްކާތެރި މަސައްކަތުގައި ފަސްޖެހުމެއްނެތި ތިކުރާ މަސައްކަތަށް މުޅި ރާއްޖެ ފަހުރުވެރިވެއެވެ. ރައްޔިތުންގެ އިލްތިމާސަކީ ދިވެހި ދައުލަތް ކުޑަކަކުލަށް ތިރިނުވެ ހަރުކަށި ފިކުރު ރާއްޖެއިން ނައްތާލުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކަކުލަށް އިދިކޮޅު ތިރިވެއްޖެ! ހަގީގަތުގައިވެސް ވަކީވީމަ ދެރަވާނެ!

ކުޑަކަކުލަށް އިދިކޮޅު ތިރިވެއްޖެ! ހަގީގަތުގައިވެސް ވަކީވީމަ ދެރަވާނެ!

30 ނޮވެމްބަރު 2019
ޚަޝޯގީގެ މަރު: ސަޢޫދީ ސަރުކާރާއި ދެކޮޅަށް ބޭނުންކުރެވޭ ސިޔާސީ ހަތިޔާރަކަށް؟

ޚަޝޯގީގެ މަރު: ސަޢޫދީ ސަރުކާރާއި ދެކޮޅަށް ބޭނުންކުރެވޭ ސިޔާސީ ހަތިޔާރަކަށް؟

18 ނޮވެމްބަރު 2019
ހަރުކަށި ވިސްނުމުގެ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހިފައި!

ހަރުކަށި ވިސްނުމުގެ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހިފައި!

01 ސެޕްޓެމްބަރު 2019
ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު: އެހެން ދީނަކަށް ފުރުސަތެއް ނުދީ، ދީނީ ހަރުކަށިކަން ނައްތާލާނަން!

ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު: އެހެން ދީނަކަށް ފުރުސަތެއް ނުދީ، ދީނީ ހަރުކަށިކަން ނައްތާލާނަން!

20 ސެޕްޓެމްބަރު 2018
އިބޫއާ ދެކޮޅަށް ދެއްކޭނެ ވާހަކަތައް ހުސްވީތަ؟

އިބޫއާ ދެކޮޅަށް ދެއްކޭނެ ވާހަކަތައް ހުސްވީތަ؟

29 އޯގަސްޓު 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު