Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސްގައި ދިން ހަމަލާ

ފްރާންސްގެ މިސްކިތެއްގައި ކައިރީގައި ދިން ބަޑީގެ ހަމަލާއެއްގައި އަށް މީހަކު ޒަޚަމްވެއްޖެ

ފުލުހުން ބުނެފައި ވަނީ ހާދިސާއަކީ ޓެރަރިސްޓް ހަަމަލާއެއް ކަމަށް ނުބަލާ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 3 ޖުލައި 2017 | ހޯމަ 04:37
ހާދިސާއަށް ފަހު އުފިޝަލުން ހަަރަކާތްތެރި ވަނީ

ހާދިސާއަށް ފަހު އުފިޝަލުން ހަަރަކާތްތެރި ވަނީ

ދެކުނު ފްރާންސްގެ މިސްކިތެއްގެ ކައިރީގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި އަށް މީހަކު ޒަޚަމްވެއްޖެއެވެ.

ފްރާންސްގެ އެވިގްނޮން ސިޓީގެ އައްރަހްމާ މިސްކިތައް އާދީއްތަ ދުވަހުގެ ރޭ ނަމާދަށް ދިޔަ ބަޔަކު މިސްކިތުން ފޭބި ވަގުތު، ދެ މީހަކު އައިސް ބަޑިން ހަމަލާ ދިން އިރު، ފުލުހުން ބުނެފައި ވަނީ މި ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ނުބަލާ ކަމަށެވެ.

ޒަޚަމްވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކު ހިމެނެއެވެ.

ޒަޚަމްވި އަށް މީހުންގެ ތެރެއިން ދެ މީހަކު ހޮސްޕިޓަލުގައި ވަނީ އިތުރު ފަރުވާ އަށް އެނދުމަތި ކޮށްފައެވެ. ބައެއް މަސްދަރުތަކާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ ހަމަލާ ދިން މީހުންގެ އަސްލު ޓާގެޓަކަށް ވެފައި ވަނީ މިސްކިތުން އަޅުކަމަށް ފަހު ނިކުތް މީހުން ނޫން ކަމަށެވެ.

ހާދިސާ ތަހުގީގު ކުރަމުންދާއިރު ބައެއް ރިޕޯޓުތައް ބުނެފައި ވަނީ ހަމަނުޖެހުން ހިނގާފައި ވަނީ ޒުވާނުންތަކެއްގެ ތެރޭގައި ހިނގި ދެ ބަސްވުމަކަށް ފަހު ކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު