Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ އާރަށު ހިޔާނާތް

އާރަށު ހިޔާނާތް: ޔާމީން ލޯންޑަރ ކުރި ފައިސާއާއި އޭގެން ހޯދި މަންފާ ދައުލަތަށް ދައްކަން 6 މަސް

26 ފެބުރުއަރީ 2023 | އާދީއްތަ 09:18

ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ވަނީ އަމުރުކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ފެބުރުއަރީ 2023 | އާދީއްތަ 09:18
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ލޯންޑަރ ކުރި މިލިއަން ޑޮލަރާއި، އެއާ އެއްކުރި 2 މިލިއަން ޑޮލަރުގެ އިތުރުން، އޭގެން ހޯދި މަންފާ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެ އަމުރު ކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

އާރަށު މައްސަލައިގައި ޔާމީނަށް ކުރާ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ޙުކުމް ކުރައްވާފައެވެ. ވުމާއެކު، މަނީ ލޯންޑަރ ކޮށްގެން އޭނާ ހޯދާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކޯޓުގައި އެދުނެވެ.

ދައުލަތަށް ފައިސާ ނެގުމަށް އަމުރު ކުރި ސަބަބަށް ބަލާއިރު، ޔާމީން ރިޝްވަތުގެ ގޮތުގައި ޤަބޫލު ކުރެއްވި 1 މިލިއަން ޑޮލަރުގެ ޗެކު އެޗްއެސްބީސީ އެކައުންޓަށް ޖަމާ ކުރެއްވުމަށްފަހު، އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 1،001،409 (އެއް މިލިއަން އެއްހާސް ހަތަރުސަތޭކަ ނުވަ) އެމެރިކާ ޑޮލަރު ބީއެމްއެލް އެކައުންޓަށް ވަނީ ޖަމާ ކުރައްވާފައެވެ.

އަދި އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު ޖުމުލަ 1،295،000 (އެއް މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް) އެމެރިކާ ޑޮލަރު އިސްލާމިކް ބޭންކު އެކައުންޓަށް ވަނީ ޖަމާ ކުރައްވާފައެވެ.

އަދި އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 3،413،230 (ތިން މިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރު އެމްއައިބީގައި ޔާމީނުގެ ނަމުގައި ހުޅުވާފައިވާ އެހެން އެކައުންޓަކަށް ޖަމާކޮށް، 36 މަސް ދުވަސް ވަންދެން ވަނީ ފައިދާ ހޯއްދަވާފައެވެ.

ވުމާއެކު، ޔާމީން ލޯންޑަރ ކޮށްފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެއާ އެއްކޮށްފައިވާ 2،413،230 ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް އެމެރިކާ ޑޮލަރުގެ އިތުރުން، ފައިސާ އިންވެސްޓުކޮށްގެން ހޯދާފައިވާ މަންފާ ދައުލަތަށް ނަގައިދޭން އެދި ކުރި މަނީލޯންޑަރިން ގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާތީ، އެ ފައިސާ ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ.

އެ އަމުރު ކުރެއްވީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ. އެގޮތުން އެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ވަނީ އަމުރުކުރައްވާފައެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

އަދި ޔާމީނުގެ މައްޗަށް ކުރާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅުއްވައި، 4 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވާ ގޮތުގައި ޔާމީނު މި އަމަލު ހިންގާފައިވަނީ ރައީސްކަމުގެ މަޤާމުގައި ހުންނަވައި، ރައްޔިތުންގެ މަސްލަަހަތު ނުހަނު ބޮޑަށް ގެއްލިގެންދާ ގޮތަށެވެ.

ކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލް

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް