Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭޕީގެ ކޮންގްރެސް

ރިޔާސީ އިންތިޚާބަށް ޖޭޕީން ކެނޑިޑޭޓަކު ނެރުމަށް ހުށަހެޅި ގަރާރު ފާސްކޮށްފި

އެޕާޓީގެ ކޮންގްރެސް އިން ކި ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 416 މެންބަރުންގެ އިއްތިފާގުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 ފެބުރުއަރީ 2023 | އާދީއްތަ 02:10
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިން ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލަށް ލަފާ ދިނުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ހަފުތާ ބަންދުގައި ކުރިއަށްގެންދިޔަ ޖޭޕީގެ ޤައުމީ ކޮންފަރެންސްގައެވެ. އެގޮތުން، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ރިޔާސީ ކެނޑިޑޭޓެއް ވާދަކުރުމަށް ނުވަތަ އެ ޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު ހުށަހެޅުއްވި ގަރާރަށް ހޮނިހިރު ދުވަހުގެ ރޭ ވަނީ ބަހުސްކޮށް ވޯޓު ނަގައިފައެވެ.

މި ގަރާރަށް ބަހުސްކުރުމަށް ހުޅުވާލި ރިޔާސަތު ބެލެހެއްޓެވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމެވެ. ގަޑިއެއްހާއިރަށް ދެމިގެންދިޔަ މިބަހުސްގައި ވާހަކަފުޅު ދެއްކެވި ގިިނަ މެންބަރުން ވަނީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ގަރާރު އެޕާޓީގެ ކޮންގްރެސް އިން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 416 މެންބަރުންގެ އިއްތިފާގުންނެވެ.

އަބްދުﷲ އަހުމަދު ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ފުރަތަމަ ބުރުގައި ވާދަކޮށް، ދެވަނަ ބުރަށް ނުދިޔައީ ކުޑަ ފަރަގަކުން ކަމަށާއި ޕާޓީގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ، ރައްޔިތުންނަށް ފައިދާ ހުރި ގޮތްތަކަށް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް، ރާއްޖޭގެ ސިޔާސީ މަސްރަހު މި ވަގުތު ތަރުތީބު ވެފައި އޮތް ގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަމެއް ގާއިމުކޮށް، ރައްޔިތުންނަށް ހިދުމަތްކުރުމަށް ފަހި ފުރުސަތެއް ލިބިގެންދާނެ ކަމަށް ވެސް ގަރާރުގައި ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބާ މެދު ޖޭޕީން އަމަލު ކުރާނެ ގޮތް ނިންމާނީ އެ ޕާޓީގެ ގައުމީ ކޮންފަރެންސް އިން އިންތިޚާބުކުރާ އައު ކައުންސިލުންނެވެ.

ޖޭޕީއަކީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމަކީ އެ ޕާޓީގެ ބޭފުޅެކެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ވެސް އެ ޕާޓީގެ ބޭފުޅުން ތިއްބަވައެވެ.

ޖުމްހޫރީ ޕާޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
10 ޑިސެމްބަރު 2023

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި
22 ނޮވެމްބަރު 2023

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

22 ނޮވެމްބަރު 2023
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި
04 އޮކްޓޯބަރު 2023

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު
20 ސެޕްޓެމްބަރު 2023

ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި

20 ސެޕްޓެމްބަރު 2023
ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި
17 ސެޕްޓެމްބަރު 2023

ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން

17 ސެޕްޓެމްބަރު 2023
ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން
16 ސެޕްޓެމްބަރު 2023

ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން

16 ސެޕްޓެމްބަރު 2023
ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން
11 ސެޕްޓެމްބަރު 2023

ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ހާމަކުރާނެ: ޖޭޕީ

11 ސެޕްޓެމްބަރު 2023
ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ހާމަކުރާނެ: ޖޭޕީ
20 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

20 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު