Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭޕީ ކޮންފަރެންސް

ޖޭޕީގެ ގައުމީ ކޮންފަރެންސް: ގަރާރަށް ބަހުސްކުރުމަށް ވޯޓު ގުނުން މެދުކަނޑާލައިފި

އެ ޕާޓީން ރިޔާސީ އިންތިހާބުގައި ކުރިއަށްްދާނެ ގޮތެއް ނިންމުމާއި، އެކަމާ ގުޅިގެން ކައުންސިލުގައި ހިމެނޭ މެންބަރުންގެ ބަހުސްކުރުމަށް ވަނީ ނިންމާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ފެބުރުއަރީ 2023 | ހޮނިހިރު 16:45
ޖޭޕީ ގައުމީ ކޮންފަރެންސްގައި ވޯޓު ގުނުން ކުރިޔަށްދަނީ

ޖޭޕީ ގައުމީ ކޮންފަރެންސްގައި ވޯޓު ގުނުން ކުރިޔަށްދަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަކު ވާދަކުރުމާމެދު ގޮތެއް ނިންމުމަށް މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރުމަށް، އިސްމަގާމުތަކަށް މީހުން ހޮވުމަށް ކުރިއަށް ގެންދިޔަ އިންތިހާބުގެ ވޯޓުގުނުން މެދުކަނޑާލައިފިއެވެ.

އެންމެ ފުރަތަމަ ތާވަލު ކުރެވިފައި އޮތް ގޮތުން ހޮނިހިރު ދުވަހުގެ ރޭ 20:45ގައި ބޭއްވުމަށް ހަމަޖެހިފައި އޮތީ ކޮންފަރެންސް ނިންމާ ޖަލްސާއެވެ. ނަމަވެސް ހުކުރު ދުވަހުގެ ރޭ ބާއްވަން އޮތް އިންތިހާބު ވަނީ ފަސްވެފައެވެ. ވޯޓުލުން ފަސްކުރި އެއް ސަބަބަކީ، އެއިންތިހާބަކީ ގިނަ ބަޔަކު ވާދަކުރާ އިންތިހާބެއްނަމަވެސް ވޯޓު ކަރުދާހުގައި ކެނޑިޑޭޓުންގެ ފޮޓޯ ޖަހާފައި ނެތުމެވެ. އަދި ޕާޓީގެ ލީޑަރޝިޕުގައި ކުރީގެ ޕީޕީއެމްގެ ލީޑަރޝިޕުގެ ބައެއް މެންބަރުން ހިމެނުމަކީވެސް ކޮންފަރެންސްގެ ގިނަ ބައިވެރިންގެ ކަަންބޮޑުވުމެކެވެ. މި ޝަކުވާތަކާ ގުޅިގެން އެ ޕާޓީން ނިންމީ ވޯޓުލުމުގެ ކަންކަން މިއަދު ހެނދުނު ދަންފަޅީގައި ކުރިއަށް ގެންދިއުމަށެވެ.

މިހާރު ނިންމާފައިވަނީ ވޯޓު ގުނުން މެދުކަނޑާލުމަށްފަހު 21:30ގައި ގަރާރަށް ބަހުސްްކުރަން ފެށުމަށެވެ. އެ ޕާޓީން ރިޔާސީ އިންތިހާބުގައި ކުރިއަށްްދާނެ ގޮތެއް ނިންމުމާއި، އެކަމާ ގުޅިގެން ކައުންސިލުގައި ހިމެނޭ މެންބަރުން ބަހުސްކުރުމަށް ވަނީ ނިންމާފައެވެ.

ވޯޓުލުން ނިންމައި، ނަތީޖާ އިއުލާނުކުރުން ހޮނިހިރު ދުވަހުގެ 15:00އާ ހަމައަށް ތާވަލުކުރެވިފައި އޮތް ނަމަވެސް، އެކި ސަބަަބުތަކާާހުރެ ވޯޓުލުން ހަވީރު 16:30އާ ހަަމައަށް ދެމިގެން ދިޔައެވެ. ޖޭޕީން މައުލޫމާތު ދޭ ގޮތުގައި އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީކުރީ 741 މެމްބަރުނެވެ. އޭގެތެރެއިން 680 މެންބަރުން ވޯޓުލާފައިވެއެވެ.

ވޯޓުލުން ކުރިއަށް ގެންދިޔަ އެންމެ އިސް މަގާމުކަމަަށްވާ ނައިބު ލީޑަރުންގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށްވެސް އިންތިހާބުގައި ވާާދަކުރުމަށް ހުޅުވާލި ނަމަވެސް އެއްވެސް ފަރާތަކުން ވާދަކޮށްފައި ނުވާތީ އެމަގާާމު ލިބިވަޑައިގަތީ މިހާރުވެސް ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްްރާހީމަށެވެ.

ޖުމްހޫރީ ޕާޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
10 ޑިސެމްބަރު 2023

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި
22 ނޮވެމްބަރު 2023

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

22 ނޮވެމްބަރު 2023
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި
04 އޮކްޓޯބަރު 2023

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު
20 ސެޕްޓެމްބަރު 2023

ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި

20 ސެޕްޓެމްބަރު 2023
ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި
17 ސެޕްޓެމްބަރު 2023

ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން

17 ސެޕްޓެމްބަރު 2023
ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން
16 ސެޕްޓެމްބަރު 2023

ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން

16 ސެޕްޓެމްބަރު 2023
ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން
11 ސެޕްޓެމްބަރު 2023

ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ހާމަކުރާނެ: ޖޭޕީ

11 ސެޕްޓެމްބަރު 2023
ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ހާމަކުރާނެ: ޖޭޕީ
20 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

20 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު