Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކަދުރު ރުކާއި މާގަސް ގަންނަން މިލިއަން، މިސްކިތް މަރާމާތުކުރަންވީމަ ފަންޑު ފޮށި؟

25 ފެބުރުއަރީ 2023 | ހޮނިހިރު 11:18

ކަދުރު ރުކާއި މޭވާ ގަސް ގެންނަން މާލެ ސިޓީ ކައުންސިލް ބަޖެޓުން 2 މިލިއަން ހަރަދުކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ފެބުރުއަރީ 2023 | ހޮނިހިރު 11:18
މިސްކިތް މަރާމާތުކުރާނެ ފައިސާ ނެތް ނަމަވެސް ކަދުރު ރުއް ގަންނަން 2 މިލިއަން ހަރަދުކުރި

މިސްކިތް މަރާމާތުކުރާނެ ފައިސާ ނެތް ނަމަވެސް ކަދުރު ރުއް ގަންނަން 2 މިލިއަން ހަރަދުކުރި

އިހަކަށް ދުވަހުގެ ވާހަކައެކެވެ. އަދި ހަނދާން ނެތޭހާ ދުވަސްވެސް ނުވެއެވެ. މާލޭގެ މިސްކިތްތައް މަރާމާރުކުރާނެ ފައިސާ ސިޓީ ކައުންސިލްގައި ނެތް ވާހަކައާއި، މިސްކިތްތައް މަރާމާތު ނުވަނީ ބަޖެޓެއް ނެތުމުން ކަމަށް ބުނެ މާލެ ސިޓީގެ މޭޔަރ މީޑިއާތަކުގައި ހިތާމައިގެ ރާގަކުން ވާހަކަ ދެއްކެވި ދުވަސް ވެސް ހިނގައްޖެއެވެ.

އެހެން ހުއްޓާ މާލޭގެ ބޭރު މަގުގައި ވަށައިގެން ކަދުރު ރުއްތައް އިންދާ ޖަރީކޮށްލިއެވެ. މާލެ ފެހި ނަމުގައި ބަގީޗާ ގަހާއި މޭވާ ގަސް ވިއްކާނެ ފިހާރައެއްވެސް ހުޅުވައިފިއެވެ. ކޮންމެއަކަސް މާލެ ވަށައިގެން ފެހިކަން ގަދަވެ ކުޑަ ހިޔަލެއް ލިބޭނަމަ އެއީވެސް ރަނގަޅު ކަމެކެވެ. ވެށި ފެހިކުރަން ވެސް ޖެހެއެވެ.

ނަމަވެސް އެކަމަށް ހަރަދުކުރި އިރު، މާލޭގެ މިސްކިތްތައް މަރާމާތު ކުރާނެ ފައިސާއެއް ސިޓީ ކައުންސިލްގައި ނެތިގެން ފަންޑު ފޮއްޓެއް ހުޅުވަންޖެހުނެވެ. 180 ކަދުރު ރުކާއި 320 މޭވާ އަޅާ ގަސް ގަތް ކަމަށެވެ. އަދި އެ ގަސްތައް ގަންނަން 2،064،000 ރުފިޔާ ހަރަދުވެފައިވެއެވެ. ވަކިވަކި ގަސްތަކާއި ރުއްތަކުގެ އަގާއި ގެނައުމާއި ބެލެހެއްޓުމުގެ ހަރަދަށް ސީދާ ދިޔަ ހަރަދު އޮތީ އިބިލީސް ކައިވެންޏަށް ވިގޮތަށް ވެފައެވެ.

އެކަމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނީ އެ ތަކެތި ވެސް ގެނެސް ބަލަހައްޓަމުން ދަނީ އެތަނުން ބަލަހައްޓާ ޕާކުތަކާއި މައިޒާންތަކުގައި ވެސް ހިމެނޭ ގަސްތަކަށް ބޭނުންވާ ގަސްކާނާ އަދި އޭގެ އިތުރުން ވެސް ބޭނުންވާ އެފަދަ ތަކެތި ބަލަހައްޓާ އުސޫލުން ކަމަށެވެ. ހަރަދުވި ވަރެއްވެސް، ދިޔަވަރެއްވެސް، އެ ފައިސާ އަށްވި ގޮތެއްވެސް ބުނެދޭން ނޭނގުނެވެ.

2 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަދުރު ރުކާއި، މާގަހާއި މޭވާ ގަސް ސިޓީ ކައުންސިލުން ގެނެސްފައިވާއިރު މިސްކިތް މަރާމާތު ކުރާނެ ފައިސާ ނެތް ވާހަކަ ތަކުރާރުކޮށް ދައްކަމުން، އާންމުންގެ ލޮލުގައި އަނދުން އަޅުވަމުން އަންނަ އިރު، މިސްކިތް މަރާމާތުކުރަން ސިޓީ ކައުންސިލަށް ލިބުނު ފައިސާއަށްވީ ކިހިނެއް ހެއްޔެވެ.

މިސްކިތްތައް މަރާމާތުކުރުމަށް މީގެ ކުރިން ސިޓީ ކައުންސިލާއި ހަވާލު ކުރި 1 މިލިއަންގެ ބޭނުންކޮށްފައިނުވާކަމަށް އެ ކައުންސިލުން ބުނެފައިވާކަަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން މިނިސްޓްރީގެ ބަޖެޓުން އެ މަސައްކަތަށް 2 މިލިއަން ދިނުމަށް ކަނޑައަޅާފައިވާކަން ސިޓީ ކައުންސިލަށް އަންގާފައިވާއިރު، އެކަމާއި މެދު ސިޓީ ކައުންސިލުން އިތުރު މުއާމަލާތެއް ކޮށްފައިނުވާކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.

މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާކަމަށް ސިޓީ ކައުންސިލުން މިިދާކަށް ދުވަހަކު ބުނެފައިވެއެވެ. ނަމަވެސް ވިލިމާލޭގައި ހުންނަ މިސްކިތް މަރާމާރުކުރުމަށްފަހު 3 މަސް ނުވަނީސް ސީލިންގެ ބޮޑުބައެއް ވަނީ ވެއްޓިފައެވެ. ވާރޭ ވެހޭނަމަ މިސްކިތުގެ ތެރެއަށް ފެން ލީކުވެ، ފެން ފައިބައެވެ. ފަންކާތައް ވެސް މަސައްކަތެއް ނުކުރެއެވެ.

މަރާމާތަށް ފަހު 3 މަސް ނުވަނީސް މިސްކިތެއްގެ ސީލިންގުގެ ބައެއް ވެއްޓުމާއި ފެން ލީކުވާނަމަ، އެކުރާ މަސައްކަތަށް ފައިސާ ހަރަދުކުރީ ރަނގަޅަށްތޯ، މަސައްކަތް ކުރީ ކިހިނެއްތޯ އަދި މަސައްކަތުގެ ފެންވަރާ މެދުވެސް ސުވާލު އުފެދެއެވެ.

ބޮޑު އަގެއް ހޭދަކޮށްގެން ސިޓީ ކައުންސިލުން ކަދުރު ރުކާއި މޭވާ ގަސް ގެނެސްފައިވާއިރު، އެ ހަރަދުތަކުގެ ތަފްސީލީ މައުލޫމާތެއް ހާމައެއް ނުކުރެއެވެ. މިސްތިކު ފަންޑަށް ލިބުނީ ކިހާވަރެއް ކަމެއްވެސް އަދި ހަރަދުތަކުގެ ތަފްސީލެއްވެސް ނުދެއެވެ. ކޮރަޕްޝަންގެ އެތައް ތުހުމަތެއް އަމާޒުވަމުންދާ ސިޓީ ކައުންސިލަށް އާންމުން ދަނީ މި މައްސަލަތަކާއި ގުޅިގެން އިނގިލި ދިއްގުކުރަމުންނެވެ.

އާންމުންދަނީ މުހިންމީ ލޮނުޖެހޭ ހިސާބުގައި ހަމަބިމުން މަތީގައި ކަދުރު ރުއް އިންދުން ތޯ މުހިންމީ ނުވަތަ ނަމާދުކުރާ މިސްކިތްތައް އެ ފައިސާއިން މަރާމާތު ކުރުން ތޯ މުހިންމީ މި ސުވާލުއުފައްދަމުންނެވެ.

މާލޭ ސިޓީ ކައުންސިލްކަދުރު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

18 ޑިސެމްބަރު 2025
 މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން
17 ޑިސެމްބަރު 2025

މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

17 ޑިސެމްބަރު 2025
މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް