Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތް

17 އަހަރުން ދަށުގެ ސެމީ ފައިނަލްގައި ތާޖުއްދީން، އއ. އަތޮޅު ތައުލީމީ މަރުކަޒު، އިސްކަންދަރު އަދި ގުޅި

މި ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ އާދިއްތަ ދުވަހުގެ ހަވީރާއި ރޭގަނޑު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ފެބުރުއަރީ 2023 | ހޮނިހިރު 04:08
އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ޑިވިޝަންގައި އއ. އަތޮޅު ތައުލީމީ މަރުކަޒުން ކުޅުނު މެޗުގެ ތެރެއިން

އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ޑިވިޝަންގައި އއ. އަތޮޅު ތައުލީމީ މަރުކަޒުން ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެއެވެ.

ސެމީގައި ވާދަކުރާނެ ހަތަރު ޓީމު ޔަގީންވީ ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑު ކުޅުނު ކުއާޓަރ ފައިނަލްގެ މެޗުތަކުންނެވެ. ކުއާޓަރގެ ފުރަތަމަ މެޗުގައި ވާދަކުރީ ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލެވެ. ވާދަވެރި ކުޅުމަކަށްފަހު ތާޖުއްދީނުން މެޗު ކާމިޔާބުކުރީ 4-5ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތާޖުއްދީންގެ އައިނާ ލަތީފެވެ. ކުއާޓަރގެ ދެވަނަ މެޗުގައި އއ. އަތޮޅު ތައުލީމީ މަރުކަޒު (ރަސްދޫ)އިން ވަނީ ބޮޑު ތަފާތަކުން ޅ. އަތޮޅު ތައުލީމީ މަރުކަޒު (ހިންނަވަރު) ބަލިކޮށްފައެވެ. އެ މެޗު އއ. އަތޮޅު ތަޢުލީމީ މަރުކަޒުން ކާމިޔާބުކުރީ 20-9ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ އާއިޝަތު އިނާ އާތިފެވެ.

ކުއާޓަރ ފައިނަލްގައި ތިންވަނަ މެޗުގައި ހުކުރު ދުވަހުގެ ރޭ ބައްދަލުކުރީ އިސްކަންދަރު ސްކޫލާއި ހުރާ ސްކޫލެވެ. މި މެޗު ފަސޭހަކަމާއެކު އިސްކަންދަރުން ކާމިޔާބުކުރީ 19-7ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްކަންދަރުގެ ފާތިމަތު ލީން ރިޝާދެވެ. ކުއާޓަރގެ ފަހު މެޗުގައި ގުޅީ ސްކޫލުން ވަނީ ޣާޒީ ސްކޫލް ބަލިކޮށްފައެވެ. ގުޅިން މެޗު ކާމިޔާބު ކުރީ 10-6ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ އާއިޝަތު މަލަކާ އަޒީމެވެ.

މި ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ އާދިއްތަ ދުވަހުގެ ހަވީރާއި ރޭގަނޑުއެވެ. މުބާރާތުގައި ހޮނިހިރު ދުވަހު ކުރިއަށް ދާނީ 15 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުތަކެވެ.

އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތް 2023ހޭންޑްބޯލް މޯލްޑިވްސް

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި
22 ސެޕްޓެމްބަރު 2025

ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް

22 ސެޕްޓެމްބަރު 2025
ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް
21 ސެޕްޓެމްބަރު 2025

ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ

21 ސެޕްޓެމްބަރު 2025
ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ
12 ސެޕްޓެމްބަރު 2025

ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި

12 ސެޕްޓެމްބަރު 2025
ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި
26 އޮކްޓޯބަރު 2024

ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް

26 އޮކްޓޯބަރު 2024
ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު