Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕްލާސްޓިކުން މާ ތައްޔާރުކުރުން

ވެށީގެ ދިފާއުގައި ޕްލާސްޓިކް މަލުގެ ހިތްގައިމު ގުލްދަސްތާއެއް؟

އެކި ބައްޓަމާއި އެކި ކުލަކުލައިގެ މާތައް ތައްޔާރު ކުރަންފެށީ، އާންމު ދިރިއުޅުމުގައި އުކާލާ ކުނިބުނިން، ޒަމާންތަކަކަށް ދެމިގެންދާ އެއްޗެއް އުފެއްދުމުގެ ބޭނުމުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2023 | ހޮނިހިރު 04:04
އަމޯޣްގެ ސްޓޫޑިއޯގައި ފެންނަން ހުރި ހިތްގައިމު މާތަކަކީ، މުޅި ދުނިޔެއަށް މިއަދު ގިނަވެފައިވާ ޕްލާސްޓިކުން ތައްޔާރުކުރާ މާ ތަކެއް

އަމޯޣްގެ ސްޓޫޑިއޯގައި ފެންނަން ހުރި ހިތްގައިމު މާތަކަކީ، މުޅި ދުނިޔެއަށް މިއަދު ގިނަވެފައިވާ ޕްލާސްޓިކުން ތައްޔާރުކުރާ މާ ތަކެއް

މާމެލާމެލީގެ ހިތްގައިމު ކަމަށް ލޯބި ކުރުމަކީ ވަރަށް ގިނަ މީހުންގެ ކިބާގައި ހުންނަ ސިފައެކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ބައެއް މީހުންގެ ހިތުގައި، މާމެލާމެއްޔަށް އޮންނަ ލޯބީގެ ބޮޑުކަމުން، އެއީ އަސްލު މަލަކަށް ނުވިއަސް ވަރިހަމަވެއެވެ. އަނެއް ބަޔަކަށް އެނޫން އެއްޗެއް ކަމަކުނުދެއެވެ. ނަމަވެސް، ފެޝަންގެ ވެރިރަށުގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވާ ޕެރިހުގައި އާރޓް ސްޓޫޑިއޯއެއް ހިންގަމުން އަންނަ ފަންނުވެރިޔާ، ވިލިއަމް އަމޯޣްގެ މަސައްކަތްތައް ފެންނަ ހިސާބުން، އެފަދަ މީހަކުވެސް ދެވަނަ ވިސްނުމަކަށް ދިއުން އެކަށީގެންވެއެވެ. ދަނބާއި ރީނދޫ ކުލައިގެ މި މާތަކަކީ އަސްލެއްކަމާމެދު ހިތާހިތާ ސުވާލު ކޮށްލެވޭނެއެވެ.

އަމޯޣްގެ ސްޓޫޑިއޯގައި ފެންނަން ހުރި ހިތްގައިމު މާތަކަކީ، މުޅި ދުނިޔެއަށް މިއަދު ގިނަވެފައިވާ ޕްލާސްޓިކުން ތައްޔާރުކުރާ މާ ތަކެކެވެ. ޕްލާސްޓިކްގެ މައްސަލައަކީ މިއަދު ޕެރިހަށްވެސް ކުރިމަތިލާން ޖެހިފައިވާ، ބޮޑު މައްސަލައެކެވެ. އަމޯޣްގެ، މި ހިތްގައިމު މަސައްކަތަށް އޭނާ އެއްކުރާ ޕްލާސްޓިކްތަކަކީ، ޕެރިހުގެ މަގުތަކަށް ކުނީގެ ގޮތުގައި ޖަމާވާ ޕްލާސްޓިކެވެ. ނުވަތަ ފަރަންސޭސިވިލާތުގެ ގޮނޑުދޮށްތަކަށް ލައްގާ، ކުންޏަށް ވެފައިވާ ޕްލާސްޓިކްއެވެ.

އަމޯޣްއަކީ އޭނާގެ ވަރަށް ޅަ އުމުރުން ފެށިގެންވެސް މާމެލާމެއްޔަށް ލޯބިކުރި މީހެކެވެ. ވީހާވެސް އަސްލާ އެއްގޮތަށް، މަސްނޫއީ މާއްދާތަކުން މާ އުފެއްދުމުގެ މަސައްކަތް އޭނާ ފެށީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެކި ބައްޓަމާއި އެކި ކުލަކުލައިގެ މާތައް ތައްޔާރު ކުރަން ފެށީ، އާންމު ދިރިއުޅުމުގައި އުކާލާ ކުނިބުނިން، އެތައް ޒަމާނަކަށް ދެމިގެންދާ އެއްޗެއް އުފެއްދުމުގެ ބޭނުމުގައެވެ. އަމޯޣްގެ މަސައްކަތުގެ ހުނަރުވެރިކަން އެންމެ ވައްތަރު ވަނީ ގަހަނާ ހަދާ މީހެއްގެ މަސައްކަތާއެވެ. އެ ފަންނުވެރިކަމުގެ ހުނަރު ފައްކާކުރުމަށް، އަމޯޣް ވަނީ، އެ ކަމުގައި 15 ވަރަކަށް އަހަރު ދުވަސް ހޭދަކޮށްފައެވެ. މާމެލާމެލީގެ ފަންނުވެރިކަން އުފެދިގެން އައީ އެހާ ހިސާބުންނެވެ.

ޕެރިހުގެ މަރުކަޒީ ސަރަހައްދުގައި ހުރި އަމޯޣްގެ ސްޓޫޑިއޯގައި ޕްލާސްޓިކް ފުޅިން އެކި ކަހަލަ ބައްޓަންތައް ކަފައެވެ. އަދި ޕްލާސްޓީކް ކޮތަޅުން އެކި ގޮތްގޮތަށް ރޫތައް ޖައްސައިގެން، ތަފާތު އެކި މާމެލާމެލީގެ ސިފަގެނެއެވެ.

އަމޯޣްގެ މަސައްކަތުގައި، ސިނގިރޭޓް ބަޓް ނުވަތަ ފިލްޓަރުތައްވެސް ބޭނުންކުރެއެވެ. އަމޯޣް ސިފަކުރާގޮތުގައި، ޕެރިހުގެ ދުވާރުތަކަކީ ސިނގިރޭޓް ފިލްޓަރުގެ ޚަޒާނާއެކެވެ. އުކާލާފައި ހުންނަ ފިލްޓަރުތައް ޑިސްއިންފެކްޓް ކުރުމަށްފަހު، އެ ފިލްޓަރުގެ ބައިތައްވެސް ބޭނުންކުރަނީ، މާތަކުގެ އަސްލުކަން، ވީހާވެސް ވައްތަރު ކުރުމަށެވެ.

އަމޯޣް ކުރަމުންދާ މަސައްކަތަކީ ކަވި، އަދި އެކަމަކަށް އެހާމެ ވަގުތު ހޭދަވާ މަސައްކަތެކެވެ. ފިސާރި ތަޖުރިބާވެސް ބޭނުންވާ ކަމެކެވެ. މަލެއްގެ ފިޔައެއްގެ ސިފަ ގެންނަންވެސް 30 އަކަށް މިނެޓް، އެންމެ މަދުވެގެން ބޭނުންވެއެވެ. އޭނާ މަސައްކަތް ކުރަނީ މުޅިންވެސް އަގަށެވެ. މީހުން ދޭ އޯޑަރުތަކަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އޭނާ ވަނީ މަޝްހޫރު ލަގްޜަރީ ބްރޭންޑްތަކަކާއެކުވެސް މަސައްކަތްކޮށްފައެވެ. އަދި ޕެރިހުގެ އެންމެ ޝަރަފުވެރި މަޢުރަޒުގައިވެސް އޭނާގެ މަސައްކަތްތެރިކަން ދައްކާލާފައިވެއެވެ.

އަމޯޣް ކުރަމުންދާ މަސައްކަތަކީ، ޕްލާސްޓިކް ކުނީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ނަޒަރުން ބަލާއިރު ވަރަށް ކުޑަ މިންވަރެއްކަން އޭނާ ގަބޫލުކުރެއެވެ.

އަމޯޣް ކިޔައިދިން ގޮތުގައި އޭނާގެ ފަރުމާތައް ފަށާއިރު ވަކި ގޮތަކަށް އެ މާ ބައްޓަން ކުރުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. ނަމަވެސް މަސައްކަތް ކުރިއަށްދާވަރަކަށް ބިނާ ކުރަނިވި ޚިޔާލު ތަނަވަސްކޮށްގެން އެ ކަން ކުރަނީއެވެ.

ވަރލްޑް ވައިލްޑްލައިފް ފަންޑް (ޑަބްލިއުޑަބްލިއުއެފް)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަހަރެއްގެ މައްޗަށް، ކުނީގެ ގޮތުގައި ދުނިޔޭގެ ކަނޑުތަކަށް ފައިބައިގެންދާ ޕްލާސްޓިކްގެ އަދަދު 8 މިލިއަން ޓަނަށް އަރައެވެ.

ޕްލާސްޓިކުން މާ އުފެއްދުންޕެރިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

07 ޑިސެމްބަރު 2025
ޕެރިހުގައި ފުލުހުން 17 އަހަރުގެ ކުއްޖެއް ގަޔަށް ބަޑިޖަހައި މަރާލުމުން، މުޒާހަރާ ކުރަނީ

ޕެރިހުގައި ފުލުހުން 17 އަހަރުގެ ކުއްޖެއް ގަޔަށް ބަޑިޖަހައި މަރާލުމުން، މުޒާހަރާ ކުރަނީ

29 ޖޫން 2023
މިސްރުގެ ހިތްގައިމު ހުވަނދުމަލުގެ ވިޔަފާރި ނުތަނަވަސްކަމެއްގައި!

މިސްރުގެ ހިތްގައިމު ހުވަނދުމަލުގެ ވިޔަފާރި ނުތަނަވަސްކަމެއްގައި!

03 ސެޕްޓެމްބަރު 2022
ކޮފީތަށީގައި އަޅާލާ ކުރެހުމަކުން އިތުރު ހިތްގައިމުކަމެއް: ނޫންތަ؟

ކޮފީތަށީގައި އަޅާލާ ކުރެހުމަކުން އިތުރު ހިތްގައިމުކަމެއް: ނޫންތަ؟

23 އޯގަސްޓު 2022
ކޮންގޯއަށް ދިމާވެފައިވާ ޕްލާސްޓިކް މައްސަލަ އާމްދަނީ ލިބޭނެ ފުރުސަތަކަށް

ކޮންގޯއަށް ދިމާވެފައިވާ ޕްލާސްޓިކް މައްސަލަ އާމްދަނީ ލިބޭނެ ފުރުސަތަކަށް

08 އެޕްރީލު 2022

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު