Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީ-ސްކޫޓަރު ބޭނުންކުރުން މަނާކުރުން

ކުލީ އުސޫލުން ދޫކުރާ އީ-ސްކޫޓަރުތަކަށް ސަލާން!

25 ސެޕްޓެމްބަރު 2023 | ހޯމަ 13:52

2022 ވަނަ އަހަރު ޕެރިހުގައި އެކަނިވެސް، އީ-ސްކޫޓަރުތަކާއި އެފަދަ އުޅަނދުތަކާ ގުޅޭ 459 އެކްސިޑެންޓެއް ރެކޯޑްކޮށްފައި ވާއިރު، 3 އެކްސިޑެންޓެއްގައި ބައެއްގެ ފުރާނަ ވަނީ ގެއްލިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 25 ސެޕްޓެމްބަރު 2023 | ހޯމަ 13:52
އީ-ސްކޫޓަރު އެކްސިޑެންޓްތަކުގައި އަނިޔާ ލިބުނު މީހުންނަކީ މިއަދުވެސް އެ ވޭނުގައި އުޅެމުން ދާ ބައެއް

އީ-ސްކޫޓަރު އެކްސިޑެންޓްތަކުގައި އަނިޔާ ލިބުނު މީހުންނަކީ މިއަދުވެސް އެ ވޭނުގައި އުޅެމުން ދާ ބައެއް

ތަރައްގީއާއި ތަހުޒީބު ކަމަށް ހިތައި، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ބައެއް ކަހަލަ ބަދަލުތަކަކީ ވިސްނަންޖެހޭ އެންމެ ފުރިހަމައަށް ނުވިސްނައި ނިންމާލާ ނިންމުންތަކަކަށް ވެދެއެވެ. މިއީވެސް އެކަހަލަ ކަމެއްގެ ވާހަކައެވެ. ދައްކަން މިއުޅެނީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން، ތަރައްގީއާއި ތަހުޒީބުގެ ނަޒަރިއްޔާއިން ޒަމާނީ ކަމެއްގެ ގޮތުގައި ދެކިގެން، ކުލީ އުސޫލުން ދޫކުރަމުން ދިޔަ އިލެކްޓްރިކް ސްކޫޓަރުތަކުގެ ވާހަކައެވެ. ފެންނަ ފެނުމަށް ހިތްގައިމު މަންޒަރަކަށް ވީނަމަވެސް، އެކަމުގައި ހުރި ނުރައްކާތަކާމެދު އޭރު އޮތީ ވިސްނައިނުލެވިއެވެ. ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން އެނގުނު ހިސާބުން، ގިނަ ގައުމުތަކަކުން މިހާރު ދަނީ އީ-ސްކޫޓަރުތަކަށް އަލްވަދާއު ކިޔަމުންނެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވި އެއް ގައުމަކީ ފަރަންސޭސިވިލާތެވެ.

ނިމިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހަކީ ފަރަންސޭސިވިލާތުގައި އީ-ސްކޫޓަރުތައް ދުއްވުނު އެންމެ ފަހު ދުވަހެވެ. އީ-ސްކޫޓަރުތަކަކީ، ދުނިޔޭގެ އެންމެ ހިތްގައިމު މަންޒިލުތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަހޯދާ، ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް އިންތިހާއަށް މަގުބޫލު އެއްޗެކެވެ. ނަމަވެސް، ފަތުރުވެރިންގެ ޑިމާންޑް ހަވާސާ ކުރުމަށްފަހު، ފަރަންސޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން، އީ-ސްކޫޓަރުތަކަށް ނޫނެކޭ ބުނީ ސަބަބެއް ނެތިއެއް ނޫނެވެ.

ޕެރިހުގައި އީ-ސްކޫޓަރު ބޭނުންކުރުން މަނާކޮށްފައި ވަނީ ތާ އަބަދަށެވެ. އެ ނިންމުމަކީ، އާންމުންގެ ޚިޔާލުވެސް ހޯދައިގެން ނިންމި ނިންމުމެކެވެ. އޭޕްރިލް 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 89 ޕަސެންޓް މީހުން ވަނީ، ކުލީ އުސޫލުން ދޫކުރާ އީ-ސްކޫޓަރުތައް، ޕެރިހުގެ މަގުތަކުން ފެންނަން ނޭދޭކަމަށް ނިންމާފައެވެ.

ފަރަންސޭސިވިލާތުގައި އީ-ސްކޫޓަރުތައް ދުއްވުން މަނާކުރީ އެކަމުގައި ހުރި ނުރައްކާތައް ވަޒަންކުރުމަށްފަހުގައެވެ. 2021 ވަނަ އަހަރު އެކަނިވެސް، އީ-ސްކޫޓަރ އެކްސިޑެންޓްތަކުގައި ފަރަންސޭސިވިލާތުން 24 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. 2022 ވަނަ އަހަރު، ޕެރިހުގައި އެކަނިވެސް އީ-ސްކޫޓަރުތަކާއި އެފަދަ އުޅަނދުތަކާ ގުޅޭ 459 އެކްސިޑެންޓެއް ރެކޯޑްކޮށްފައި ވާއިރު، 3 އެކްސިޑެންޓެއްގައި ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ފަރަންސޭސިވިލާތުގައި ކުލީ އުސޫލުން އީ-ސްކޫޓަރުގެ ޚިދުމަތް ދޭ އެއް ބަޔަކީ، ޖަރުމަނުވިލާތުގެ ކުންފުންޏެއް ކަމަށްވާ ޓީއާއެވެ. އާންމުކޮށް ލިބެންހުރި އީ-ސްކޫޓަރުތައް ނަގާފައިވާއިރު، އޭގެ ބަދަލުގައި އިލެކްޓްރިކް ބައިސްކަލު ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ވާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

އީ-ސްކޫޓަރު އެކްސިޑެންޓްތަކުގައި އަނިޔާ ލިބުނު މީހުންނަކީ މިއަދުވެސް އެ ވޭނުގައި އުޅެމުން ދާ ބައެކެވެ. އެކަމުގައި ހުރި ހިތިކަން ދެކެފައި ތިބި މީހުން ސިފަކުރާގޮތުގައި، އެމީހުންނަށް ވެގެން ވިއްޔާ، އެއްވެސް ހަމައެއް ލަމައެއް ނެތި ހޫރެމުން، އުދެހެމުންދާ އީ-ސްކޫޓަރުތަކެއް އުފެއްދިޔަވެސް ނުދިނީހެވެ. އުޅަނދުތަކަކީ ފިތްތަކެއްގެ އެހީގައި ދުއްވާ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި، އުޅަނދެއް ދުއްވަން ޖެހޭނީ، މީހާގެ ގުނަވަންތައް ބޭނުން ކޮށްގެން ކަމަށް ވަކާލާތު ކުރެއެވެ. އެއީވެސް ރަނގަޅު ވާހަކައެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން، މަގުތައް މަތިން އީ-ސްކޫޓަރުތައް އާންމުކޮށް ފެންނަން ފެށީ މީގެ 5 ވަރަކަށް އަހަރު ކުރިންނެވެ. ނަމަވެސް، އޭގެ މަގުބޫލުކަން ފަތުއަޑުކިޔާފައި އިތުރުވެގެން ދިޔަ ބާރު މިނުގައި، އޭގެ މަގުބޫލުކަން ކެނޑިއްޖެއެވެ. ފުރާނައަށްވުރެ އަގުބޮޑު އެހެން އެއްޗެއް ނެތީމައެވެ. އާންމު ތަންތަނުގައި ނުވަތަ އެއްތަނުން އަނެއް ދަތުރުކުރުމަށް އީ-ސްކޫޓަރު ބޭނުންކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިފައިނުވާ، ނުވަތަ އީ-ސްކޫޓަރު ދުއްވުން މަނާ ގައުމުތަކުގެ ލިސްޓު ފިސާރި ދިގެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު 80 ޕަސެންޓް ގައުމުގައި، އީ-ސްކޫޓަރު ދުއްވުމަކީ ގާނޫނާ ޚިލާފު ކަމެކެވެ. ތިމާވެށީގެ ގޮތުން ފައިދާތަކެއް ހުރިކަމަށް، އީ-ސްކޫޓަރު ޕްރޮމޯޓްކުރާ ފަރާތްތަކުން ކުރާ ވަކާލާތުގައިވެސް މާ ބޮޑު ބުރަދަނެއް ނެތް ކަމަށް ފެންނަނީ، އާންމު ދިރިއުޅުމަށް އެކަމުގެ ސަބަބުން ވާ ގެއްލުންތަކުގެ ބޮޑުކަމުންނެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2021

ވިއްސާރައިގެ ސަބަބުން ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ތަކުލީފެއް!

18 އޮކްޓޯބަރު 2021
ވިއްސާރައިގެ ސަބަބުން ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ތަކުލީފެއް!
18 ފެބުރުއަރީ 2021

މަގޭ ރިޕޯޓް: މެމްބަރުންނަށްވީމަ ހިތުހުރިވަރަކަށް ސަލާން ބުނެވޭ، މުސާރައިން ކެނޑޭނެ ގޮތެއްވެސް ނޯވޭ؟!

18 ފެބުރުއަރީ 2021
މަގޭ ރިޕޯޓް: މެމްބަރުންނަށްވީމަ ހިތުހުރިވަރަކަށް ސަލާން ބުނެވޭ، މުސާރައިން ކެނޑޭނެ ގޮތެއްވެސް ނޯވޭ؟!
17 ޖެނުއަރީ 2021

ތަކުލީފުތައް މާޒީވެ ދަތުރުފަތުރުގެ ހަގީގީ ފޮނިމީރުކަން ދިވެހިންނަށް

17 ޖެނުއަރީ 2021
ތަކުލީފުތައް މާޒީވެ ދަތުރުފަތުރުގެ ހަގީގީ ފޮނިމީރުކަން ދިވެހިންނަށް
25 ނޮވެމްބަރު 2020

ފުލުހުންގެ މުއައްސަސާގެ ބޮޑު ކޮރަޕްޝަން: 2017 ވަނަ އަހަރު ކެއުމަށް އުސޫލުން ބޭރުން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ!

25 ނޮވެމްބަރު 2020
ފުލުހުންގެ މުއައްސަސާގެ ބޮޑު ކޮރަޕްޝަން: 2017 ވަނަ އަހަރު ކެއުމަށް އުސޫލުން ބޭރުން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ!
09 އޮކްޓޯބަރު 2020

ރައްޔިތުން އުފުލަމުން އައި ބޮޑު ތަކުލީފަށް ހައްލެއް ހޯދައިދޭން ގަދަ އަޒުމުގައި ފެނަކަ

09 އޮކްޓޯބަރު 2020
ރައްޔިތުން އުފުލަމުން އައި ބޮޑު ތަކުލީފަށް ހައްލެއް ހޯދައިދޭން ގަދަ އަޒުމުގައި ފެނަކަ
05 ޖެނުއަރީ 2020

ހިނި ފަރުބަދަ ކަނޑާ އުސޫލުން، 96 މީހުންނާއެކު އިދިކޮޅަކަށް ވެރިކަމެއް ނުވެއްޓޭނެ!

05 ޖެނުއަރީ 2020
ހިނި ފަރުބަދަ ކަނޑާ އުސޫލުން، 96 މީހުންނާއެކު އިދިކޮޅަކަށް ވެރިކަމެއް ނުވެއްޓޭނެ!
11 މާރިޗު 2019

''އިބޫ އޯކޭ އީ ކުޑަކުދިންނާއި ސަލާންކުރާތީ''

11 މާރިޗު 2019
''އިބޫ އޯކޭ އީ ކުޑަކުދިންނާއި ސަލާންކުރާތީ''
13 ޑިސެމްބަރު 2018

މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް

13 ޑިސެމްބަރު 2018
މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
02 ޑިސެމްބަރު 2017

ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

02 ޑިސެމްބަރު 2017
ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި
18 އެޕްރީލު 2017

ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟

18 އެޕްރީލު 2017
ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް