Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕެރިސް އޮލިމްޕިކްސް

ޕެރިސް އޮލިމްޕިކްސްއިން އަނެއްކާވެސް ތަފާތު އުފެއްދުމެއް!

މަޤްޞަދަކީ، މުބާރާތުގެ ކާބަން ފުޓްޕްރިންޓް، ވީހާވެސް ކުޑަ ކުރުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2024 | އަންގާރަ 12:34
ބެންޖަމީން ސެއިންޓް-މަރޑް؛ ލު ޕާވީގެ ކޮމަރޝަލް ޑައިރެކްޓަރ

ބެންޖަމީން ސެއިންޓް-މަރޑް؛ ލު ޕާވީގެ ކޮމަރޝަލް ޑައިރެކްޓަރ

ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތަކަކީ އާދަޔާ ޚިލާފު އެތައް އީޖާދެއް ފެންނަ އިޖުތިމާޢީ ހަރަކާތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ ޢަދަދަކަށް ކުޅުންތެރިންނާއި އެތުލީޓުން ބައިވެރިވާ އޮލިމްޕިކްސް ކުޅިވަރު މުބާރަތަކީވެސް ހަމަ އެފަދަ ކަމެކެވެ. މި ދައްކަނީ މުބާރާތް ބާއްވާ ޤައުމުތަކުން، އެ މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަމުންދާ އިންޤިލާބީ މަސައްކަތްތަކުގެ ވާހަކައެވެ. ހައިރާން ކުރަނިވި އެތައް އީޖާދެއް ތަޢާރަފު ކުރާ ގޮތުގެ ވާހަކައެވެ.

ކުރިއަށް އޮތް އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ހޮސްޓަކީ ފަރަންސޭސިވިލާތެވެ. މުބާރާތަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާ އިރު، މި ފަހަރުގެ މުބާރަތަކީ މި ދެންނެވި ފަދައިން އިންޤިލާބީ އެތައް އީޖާދެއް ފެނިގެންދާ މުބާރާތަކަށް ވާނެ ކަމަށް ބެލެވެއެވެ. އެގޮތުން، މުބާރާތް ކުރިއަށް ގެންދާ ސައިޓްތަކުގެ ތެރެއިން 2 ސައިޓަކަށް ބަލަމާ ހިނގާށެވެ. އެ ތަންތަނުގައި ޖަހާފައިވާ ގޮނޑިތަކުގެ ތެރެއިން 11000 އެއްހާ ގޮނޑިއަކީ، ރީސައިކަލް ކޮށްފައި ވާ ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ ގޮނޑިތަކެކެވެ. މަޤްޞަދަކީ، މުބާރާތުގެ ކާބަން ފުޓްޕްރިންޓް، ވީހާވެސް ކުޑަ ކުރުމެވެ.

މަޝްރޫޢުގެ މޭސްތިރިންނަކީ 2018 ވަނަ އަހަރު ވުޖޫދުކުރި ލު ޕާވީ ކުންފުންޏެވެ. ވެރިކަން ކުރާ ޕެރިހުގެ އުތުރުން އޮންނަ އޮބާވިޣޭގައި ހުންނަ އެ ކުންފުނީގެ ކާރުޚާނާގައި، ލު ޕާވީއިން ދަނީ، ރީސައިކަލް ކޮށްފައި ވާ 100 ޓަނުގެ ޕްލާސްޓިކް ބޭނުން ކޮށްގެން، ގޮނޑިތައް އުފައްދަމުންނެވެ.

ލު ޕާވީގެ ގޮނޑިތައް ބޭނުން ކުރާނީ އެޑިޑަސް އެރީނާގައެވެ. އެއީ މެޑްމިންޓަންއާއި ރިދަމިކް ޖިމްނާސްޓިކްސްގެ ހަރަކާތްތައް ކުރިއަށްދާ ތަނެވެ. އޭގެ އިތުރުން، ޑައިވިންގް، އަރޓިސްޓިކް ސުވިމިންގް އަދި ވޯޓަރ ޕޯލޯ މުބާރާތްތައް ކުރިއަށް ގެންދާ އެކުއަޓިކް ސެންޓަރގައިވެސް ބޭނުން ކުރާނީ ލު ޕާވީގެ އުފެއްދުންތަކެވެ.

ޕެރިސް އޮލިމްޕިކްސްގައި ދޭ މެޑަލްތަކަކީވެސް ޚާއްޞަ މެޑަލް ތަކެކެވެ. އެގޮތުން ރަން، ރިހި އަދި ލޯ މެޑަލްގައި، ފަރަންސޭސިންގެ ރަމްޒު ކަމުގައި ވާ އައިފިލް ޓަވަރުން ނަގާއިފައިވާ ދަގަނޑު ބޭނުން ކޮށްފައި ވާ ކަން ފާހަގަ ކުރެވެއެވެ.

ޕެރިސް އޮލިމްޕިކްސްއަކީ ވެއްޓާ ރައްޓެހި މާޙައުލެއްގައި ކުރިއަށް ގެންދާ ކުޅިވަރު މުބާރާތަކަށް ހެދުމަށް، އިންތިޒާމް ކޮމިޓީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއް ފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކްއާއި ޕެކޭޖިންގް މަދު ކުރުމާއި، ކާބޯތަކެތި އިސްރާފު ވާ މިންވަރު މަދު ކުރުމުގެ އިތުރަށް، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ރީފިލް ފެންފުޅި ވެއްދޭ ގޮތަށް ހަމަޖެއްސުން ފަދަ ކަންކަން ހިމެނެއެވެ. މުބާރާތުގެ ތެރެއިން އުފެދޭ ކުނިބުނި ވީހާވެސް މަދުކޮށް، އިވެންޓްގެ ބައިވެރިންގެ ތެރޭގައި ހުރިހާ އެންމެންވެސް ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް، ޕެރިސް އޮލިމްޕިކްސް އިންތިޒާމް ކުރާ ފަރާތްތަކުން ބާރު އަޅައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން"ގައި ވެސް ތަފާތު ގޮތަކަށް

އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން"ގައި ވެސް ތަފާތު ގޮތަކަށް

17 ސެޕްޓެމްބަރު 2017
"ހައްދު": ޕްރިމިއާ ކުރުން ތަފާތުވާނެ

"ހައްދު": ޕްރިމިއާ ކުރުން ތަފާތުވާނެ

06 ސެޕްޓެމްބަރު 2017
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު

ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު

01 އޯގަސްޓު 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު