Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕެރިހުގައި ކުޑަކުއްޖަކު މަރާލުން

ޕެރިހުގައި ފުލުހުން 17 އަހަރުގެ ކުއްޖެއް ގަޔަށް ބަޑިޖަހައި މަރާލުމުން، މުޒާހަރާ ކުރަނީ

މިހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 ޖޫން 2023 | ބުރާސްފަތި 14:01
ޕެރިހުގައި މުޒާހަރާ ކުރަނީ

ޕެރިހުގައި މުޒާހަރާ ކުރަނީ

ޕެރިހުގައި ފުލުހުން 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލުމުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ޕެރިހުގައި 17 އަހަރުގެ ކުއްޖަކު މަރާލާފައިވަނީ އޭނާއަށް ޓްރެފިކް ޕޮލިހުން މަޑުކުރަން އެންގުމުން މަޑު ނުކޮށް ދިއުމުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން އެ ކުއްޖާ ދުއްވަން އިން ކާރާ ދިމާއަށް ފުލުހުންގެ އޮފިސަރަކު ބަޑި ދިއްކޮށްގެން ހުންނަ މަންޒަރު ފެނެއެވެ. އޭގެ އިރުކޮޅެއް ފަހުން ބަޑި ޖަހާ އަޑު އިވެއެވެ.

އެއަށްފަހު ކާރު ކުއްލިއަކަށް ހުއްޓެއެވެ.

ފުލުހަކު ބަޑި ޖެހުމުގެ ސަބަބުން މަރުވެފައިވަނީ ނަހެލް ނަމަކަށްކިޔާ ކުއްޖެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު މޭމައްޗަށް ވަޒަން އެރުމުގެ ސަބަބުން ޒަޚަމްވެފައި ހުރިތަން ފެންނަން ހުރިކަމަށާއި، އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ހޮސްޕިޓަލުން ވަރަށް މަސައްކަތްކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ މަރާލިކަމަށް ތުހުމަތުކުރާ ފުލުސް އޮފިސަރު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މީހަކު މަރާލުމުގެ ކުށުގެ ތުހުމަތުގައެވެ.

މިދިޔަ އަހަރު މިފަދަ ގޮތަކަށް 13 މީހުން ވަނީ މަރުވެފައެވެ.

ނަހެލްއަކީ މި އަހަރު ފުލުހުންގެ އަމަލެއްގެ ސަބަބުން ފްރާންސްގައި މަރުވި ދެވަނަ މީހާއެވެ. މީގެ ކުރިން މަރުވި މީހާވެސް މަރުވެފައި ވަނީ ޓްރެފިކް ސްޓޮޕެއްގައި ފުލުހުން އަމަލުކުރި ގޮތުންނެވެ.

ފްރާންސްގެ ފުލުހުން ބުނާގޮތުން ނަހެލް އޭނާގެ ކާރު ދުއްވާފައި އައީ ފުލުހުންނާ ދިމާއަށެވެ. އަދި އޭނާގެ ނިޔަތް ހުރީ ފުލުހުންނަށް ގެއްލުމެއް ދިނުމަށް ކަމަށްވެސް ފުލުހުން ތުހުމަތުކުރެއެވެ.

އެހެންނަމަވެސް ފެންނަން ހުރި ވީޑިއޯތަކުން އެކަމަށް ހެކި ނުދޭކަން ފާހަގަކޮށްލެވެއެވެ،

މީޑިއާތަކުން ރިޕޯޓްކޮށްފައި ވާގޮތުން، މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކުގައި، ނަހެލްގެ ބޮލަށް ބަޑިޖަހާނެ ކަމަށް ބުނެ އިންޒާރު ދޭ އަޑު އިވެއެވެ.

އެހެންނަމަވެސް އެހެން ބުނަނީ ކާކުކަން ސާފެއް ނުވެއެވެ.

މިއާއެކު ފުލުހުންނާމެދު ނުރުހުންވެ، ކާރާއި، ޑަސްބިން ފަދަ އެއްޗެހީގައި ރޯކުރުމުގެ އަމަލުތައް އާއްމުން ވަނީ ހިންގާފައެވެ.

ބުދަ ދުވަހުން ފެށިގެން ކުރިއަށްދާ މުޒާހަރާތަކުގައި 24 ފުލުހުންނަށް ވަނީ އަނިޔާވެފައެވެ.

މި މުޒާހަރާތަކުގައި ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފައެވެ. އަދި 150 މީހުން ވަނީ މުޒާހަރާތެރެއިން ހައްޔަރުކޮށްފައެވެ.

ޕެރިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

07 ޑިސެމްބަރު 2025
ވެށީގެ ދިފާއުގައި ޕްލާސްޓިކް މަލުގެ ހިތްގައިމު ގުލްދަސްތާއެއް؟

ވެށީގެ ދިފާއުގައި ޕްލާސްޓިކް މަލުގެ ހިތްގައިމު ގުލްދަސްތާއެއް؟

25 ފެބުރުއަރީ 2023
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
މަރުވީ ކިމް ޖޮން ނަމް ކަން މެލޭޝިއާ ފުލުހުން ކަށަވަރުކޮށްދީފި

މަރުވީ ކިމް ޖޮން ނަމް ކަން މެލޭޝިއާ ފުލުހުން ކަށަވަރުކޮށްދީފި

10 މާރިޗު 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު