Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކުޅި މިރުސް ޗޮކްލެޓް

ދުނިޔޭގައި ލިބެން ހުރި އެންމެ ކުޅި މިރުސް އަޅައިގެން ޗޮކްލެޓެއް ކާލަން ކެރޭނެތަ؟

މިރުސް ޗޮކްލެޓް ތައްޔާރު ކުރުމުގައި ދެން ބަލާފައިވަނީ ޗޮކްލެޓް ކާލާ ފުރަތަމަ ވަގުތު، ފޮނި-މީރު ހިތްގައިމު ރަހައެއް ލައްވާލުމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2022 | ހޮނިހިރު 11:46
ޗޮކްލެޓް ފެއަރއަށް ޒިޔާރަތް ކުރި ބައެއް މީހުން ވަނީ ވިޑާލްގެ މިރުސް ޗޮކްލެޓް ތަޖުރިބާ ކޮށްފައި

ޗޮކްލެޓް ފެއަރއަށް ޒިޔާރަތް ކުރި ބައެއް މީހުން ވަނީ ވިޑާލްގެ މިރުސް ޗޮކްލެޓް ތަޖުރިބާ ކޮށްފައި

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޗޮކްލެޓް ފެއަރގައި މުޅިން އާ ރަހައެއް ތައްޔާރުކޮށްލުމަކީ މާ ފަސޭހަ ކަމަކަށް އޮންނަނީ ނުވެފައެވެ. ނަމަވެސް ޗޮކްލެޓް އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑެމިއަން ވިޑާލް މި ވަނީ، ޗޮކްލެޓެއްގެ އެހީގައި މުޅިން ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުޞަތު ފަހި ކޮށްދީފައެވެ. އޭނާ އެކަން ކުރީ، ދުނިޔޭގައި މިވަގުތު ލިބެން ހުރި މިރުހުގެ ބާވަތްތަކުގެ ތެރެއިން، އެންމެ ކުޅި މިރުސް ކަމަށް އެންމެ ގިނަ ބަޔަކު އިއްތިފާޤުވާ މިރުހާއި ޗޮކްލެޓް އެއްކޮށްގެންނެވެ.

ޗޮކްލެޓްގައި ތަފާތު ރަހަތައް ލެއްވުމަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ ރާސްބެރީއާއި ޕެޝަންފުރުޓް ފަދަ މޭވާތައް ބޭނުން ކުރުމުގެ އިތުރުން، ވިލާޑްގެ އާ ޗޮކްލެޓްތައް ރަހަލައްވަން ބޭނުން ކުރީ ކެރޮލީނާ ރީޕަރ މިރުހެވެ. ގިނިސް ވޯލްޑް ރެކޯޑްސް ބުނާ ގޮތުގައި، ކެރޮލީނާ ރީޕަރއަކީ ދުނިޔޭގައި މިވަގުތު ލިބެން ހުރި އެންމެ ކުޅި މިރުހެވެ.

ވިޑާލްގެ ޗޮކްލެޓުގައި ކެރޮލީނާ ރީޕަރ މިރުސް ބޭނުން ކޮށްފައި ވަނީ، އެ ޗޮކްލެޓް ކާ މީހުންނަށް މިރުހުގެ ރަހަ އިޙްސާސް ކުރެވޭ ގޮތަށެވެ. ނަމަވެސް، ހައްޓަށް ހަޖަމު ނުވާހާ ގަދައަކަށްވެސް ނޫނެވެ.

ޗޮކްލެޓް ފެއަރއަށް ޒިޔާރަތް ކުރި ބައެއް މީހުން ވަނީ ވިޑާލްގެ މިރުސް ޗޮކްލެޓް ތަޖުރިބާ ކޮށްފައެވެ. މިރުސް ޗޮކްލެޓް ތަޖުރިބާ ކުރި އެއްވެސް މީހަކަށް، އެ ޗޮކްލެޓް މާ ކުޅިވިހެނެއް ހީއެއް ނުވެއެވެ. ދޭސީންނާއި ބިދޭސީންގެ މެދުގައިވެސް ވިޑާލް މިރުސް ޗޮކްލެޓް މަޤުބޫލެވެ. 

ޕޭސްޓްރީ ޝެފެއްގެ ގޮތުގައި މަސައްކަތްކޮށް، ގިނަ އެވޯޑްތަކެއްވެސް ހާސިލު ކޮށްފައިވާ ވިޑާލް ބުނި ގޮތުގައި އޭނާގެ މިރުސް ޗޮކްލެޓް ތައްޔާރު ކުރުމުގައި ބަލާފައި ވަނީ، ފަހުން ކުރާ އަސަރަށް އިސްކަން ދީގެންނެވެ. ޒުވާން ފަންނުވެރިއެއްގެ ގޮތުގައި ޕެރިސް ޗޮކްލެޓް ފެއަރގައި ބައިވެރިވި ވިޑާލް ބުނި ގޮތުގައި، މިރުސް ޗޮކްލެޓް ތައްޔާރު ކުރުމުގައި އޭނާ ބަލާފައި ވަނީ، ޗޮކްލެޓް ކާލާ ފުރަތަމަ ވަގުތު، ފޮނި-މީރު ހިތްގައިމު ރަހައެއް ލައްވާލުމަށްފަހު، މިރުހުގެ ރަހަގަނޑު ފަޅައިގެން ދާ ގޮތަށެވެ. އަދި އިރުކޮޅެއް ފަހުން، އެ ރަހަތައް މަޑުވެގެން ދާނެ ކަމަށްވެސް ވިޑާލް ބުނެއެވެ.

ފަރަންސޭސިވިލާތަކީ ޗޮކްލެޓާ އިންތިހާއަށް އަހުލުވެރި ބަޔަކު ދިރިއުޅޭ ޤައުމެކެވެ. ޕެރިސް ޗޮކްލެޓް ފެއަރގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ޤައުމުން އަހަރެއްގެ މައްޗަށް 243.793 ޓަނުގެ ޗޮކްލެޓް އެކްސްޕޯޓް ކުރެއެވެ. އަދި ފަރަންސޭސި ގޭބިސީތަކަށް ބަލާއިރު، ކޮންމެ ގޭބިސީއަކުންވެސް އަހަރެއްގެ މައްޗަށް އެވަރޭޖުކޮށް، 13.2 ކިލޯގްރާމްގެ ޗޮކްލެޓް ބޭނުން ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑަބަލް ޓެކްސް ނަގާތީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް ބަންދު

ޑަބަލް ޓެކްސް ނަގާތީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް ބަންދު

04 ޖުލައި 2017
ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި

ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި

29 ޖޫން 2017
"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

29 މެއި 2017
ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

26 މެއި 2017
"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

17 މެއި 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު