Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮމުގެ ހަމަލާ

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ: ރެކޮމެންޑޭޝަންތަކާ ގުޅިގެން ރައީސް އޮފީހާ ބައްދަލުކުރަނީ

އިންކުއަރީ ރިޕޯޓުގައި 45 ރެކޮމެންޑޭޝަން ދީފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ފެބުރުއަރީ 2023 | ހުކުރު 12:35
ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނެރުނު ރިޕޯޓުގައި މުއައްސަސާތަކުން އަމަލުކުރަން ލަފާދިން ރެކޮމެންޑޭޝަންތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ރައީސް އޮފީހާ ބައްދަލު ކުރުމަށް 241 ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން ނިމިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި ކޮމިޓިގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރެކޮމެންޑޭޝަންތަކާ ގުޅޭ ރިޕޯޓެއް އެންމެ ފަހުން ރައީސް އޮފީހުން ހިއްސާ ކޮށްފައިވަނީ ޖޫން 27، 2022 ގައި ކަމަށެވެ.

Advertisement - newsAdvertisement

އިންކުއަރީ ރިޕޯޓުގައި ދީފައިވާ 45 ރެކޮމެންޑޭޝަން ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައި ހުރި ރިކޮމެންޑޭޝަންސްގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ސިއްރު މައުލޫމާތު ބަދަލު ކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމް ކުރުމާއި ނެޝަނަލް އިންޓެލިޖެންސްއާ ގުޅޭ ގާނޫނެއް އެކުލަވާލުމާއި ކައުންޓާ ޓެރަރިޒަމަށް ވަކި ބަޖެޓެއް ކަނޑައެޅުން ހިމެނެއެވެ.

ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ދީފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި އެމަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ހަތިޔާރާއެކު 24 ގަޑިއިރު ބެލުމާއި އާމާޑް ކާރުކޮޅެއްގައި ނަޝީދު އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ސެކިއުރިޓީ ޓީމު ވެޓު ކުރުމާއި ސެކިއުރިޓީ ޓީމަށް ގަވާއިދުން ރިފްރެޝް ކުރުމުގެ ކޯސްތައް ހިންގުން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމާ ގުޅިގެން، ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި އެމަނިކުފާނު މަޝްވަރާ ވެސް ކުރެއްވިއެވެ.

މި ރިޕޯޓް ބަލައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

އިތުރަށް ކިޔާލަން

13 މާރިޗު 2024

މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި

13 މާރިޗު 2024
މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި
29 ނޮވެމްބަރު 2023

މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި

29 ނޮވެމްބަރު 2023
މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި
23 އޮކްޓޯބަރު 2023

މޭ6 ގެ ހަމަލާ: ކޮމިޓީން ނިންމީ މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން

23 އޮކްޓޯބަރު 2023
މޭ6 ގެ ހަމަލާ: ކޮމިޓީން ނިންމީ މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން
29 އޯގަސްޓު 2023

ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާ: ޚުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް

29 އޯގަސްޓު 2023
ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާ: ޚުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް
25 މެއި 2023

މެއި 6ގެ ހަމަލާއާ ގުޅުވައިގެން ދޮގު ވާހަކަ ދައްކާނަމަ މައްސަލަ ބަލާނަން: ސަރުކާރު

25 މެއި 2023
މެއި 6ގެ ހަމަލާއާ ގުޅުވައިގެން ދޮގު ވާހަކަ ދައްކާނަމަ މައްސަލަ ބަލާނަން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު