Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަސްލީމާއި އަލިމަނިކަށް ކުރާ ދައުވާ

ތަސްލީމާއި އަލިމަނިކަށް ކުރާ ދައުވާ: ސިއްރު ހެކިވެރިޔާ އޭނާގެ ނަން ހާމަކޮށް ބޮޑެތި ތުހުމަތުތަކެއްކޮށްފި

ހެކިވެރިޔާ ވަނީ ތަކުރާރުކޮށް އޭނާގެ ނަން ބުނެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2022 | އާދީއްތަ 05:44
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާ އާ ގުޅިގެން ދައުވާ އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި މުޙައްމަދު ތަސްލީމް

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާ އާ ގުޅިގެން ދައުވާ އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި މުޙައްމަދު ތަސްލީމް

6 މޭ 2021 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާ އާ ގުޅިގެން ހިންގި ތަހުގީގުތަކަށްފަހު، ޓެރަރިޒަމާއި ގުޅޭ ދައުވާތަކެއް އުފުލާފައިވާ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި ހއ.ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ. އާދިއްތަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ސިއްރު ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

އެހެންނަމަވެސް، އަޑުބަދަލުކޮށްގެން ކާކުކަން ނޭނގޭ ގޮތަށް އެ ހެކިވެރިޔާގެ ހެކިބަސް ނަގަން ފެށުމާ އެކު، ހެކިވެރިޔާ ވަނީ ތަކުރާރުކޮށް އޭނާގެ ނަން ބުނެ، ދައުވާ ލިބޭ ފަރާތްތަކާއި ދެކޮޅަށް ހެކިބަސް ދިނުމަށް އޭނާ އަށް މަޖުބޫރު ކުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން ހެކިބަސް ދިނުމަށް މަޖުބޫރުކޮށް އޭނާ އަށް އަނިޔާކޮށްފައިވާކަމުގެ ތުހުމަތު އޭނާ ވަނީ ކޮށްފައެވެ.

ގާޒީ ވާހަކަ ދައްކަވަން ފެއްޓެވުމުން ވެސް އެ ހެކިވެރިޔާ ވަނީ ހުއްޓުމެއް ނެތި އެ ވާހަކަތައް ތަކުރާރުކޮށްފައެވެ.

އެހިސާބުން ދައުލަތުން ވަނީ އަޑުއެހުން މެދުކަނޑާލުމަށް ގާޒީގެ އަރިހުން އެދިފައެވެ. އެގޮތުގެ މަތިން އަޑުއެހުން މެދުކަނޑާލުމަށްފަހު އަލުން އަޑުއެހުން ފެށުމުން ދައުލަތުގެ ވަކީލު ވަނީ، ސިއްރު ހެކިވެރިޔާގެ ހެކިބަސް ނެގުމާ މެދު އިތުރަށް ދައުލަތުން މަޝްވަރާކުރަން ބޭނުންވާކަން ބަޔާންކޮށްފައެވެ. އަދި ދައުލަތުން މަޝްވަރާ ކުރުމަށްފަހު ނިންމާ ގޮތެއް އެއް ދުވަސް ތެރޭގައި ޝަރީއަތަށް އަންގާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، އެއީ ސިއްރު ހެކިވެރިޔަކަށްވެފައި، ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ޝަރީއަތުން މީގެ ކުރިން ނެރުއްވާފައިވާތީ ދައުލަތުން ވަނީ މީޑިއާތަކުން ޚަބަރު ގެނެސްދޭއިރު ވެސް އެ ހެކިވެރިޔާއަކީ ކާކުކަން ނޭނގޭ ގޮތަށް ޚަބަރު ގެނެސްދިނުމަށް އެދިފައެވެ. ޝަރީއަތުން ވެސް އެކަން ވަނީ ހަނދާން ކޮށްދެއްވާފައެވެ. އެގޮތުން ގާޒީ ވެސް ވަނީ ސިއްރު ހެކިވެރިޔާގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ޚަބަރު ގެނެސްދިނުމަށް އަންގަވާފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް މީގެ ކުރިން ތަސްލީމުގެ ދިފާއީ ވަކީލު އެދިލެއްވި ނަމަވެސް، އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ.

މި މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅުއްވާފައިވާތީ މި މައްސަލައިގެ ޝަރީއަތުގެ މަރުޙަލާ ފަށާފައިވަނީ 31 މާރޗު 2022 ގައެވެ. 

ޓެރަރިޒަމްރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު