Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެއި 6 ޙަމަލާ

މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި

29 ނޮވެމްބަރު 2023 | ބުދަ 06:42

އެތަކެތި ހުރީ މަތި ޖަހައި، ލޭބަލް ކުރެވިފައިވާ ދަޅުތަކެއްގެ ތެރޭގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ނޮވެމްބަރު 2023 | ބުދަ 06:42
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން | ރާއްޖެއެމްވީ

މެއި 6 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަކީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި 17 އަހަރު މަސައްކަތް ކުރައްވާފައިވާ، މިހާރުވެސް އެ މަސައްކަތުގައި އުޅުއްވާ ފަރާތެކެވެ.

ހެކިވެރިޔާ ވިދާޅުވީ، މައްސަލައާ ގުޅިގެން ބައެއް ތަކެތީގެ ފޮޓޯ ނެގުމަށް އޭޑީކޭއަށް އޭނާ ގޮސްފައިވާނެ ކަމަށާއި، އެއީ ނަޝީދުގެ ހަށިކޮޅުން ނެގިފައިވާ ތަކެތިކަމަށެވެ.

އެތަކެތި ހުރީ މަތި ޖަހައި، ލޭބަލް ކުރެވިފައިވާ ދަޅުތަކެއްގެ ތެރޭގައި ކަމަށާއި، އޭގެ ތެރޭގައި 10 ރޭޒަރފުށް، ޕްލާސްޓިކް ޒާތުގެ އެއްޗެހި އަދި ލޭ ހޭކިފައި ހުރި ކަށިކޮޅުތަކެއް ހުރިކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

އެތަނުން ޖުމުލަ 70 ފޮޓޯ ނަގާފައިވާކަމަށްވެސް އެ ހެކިވެރިޔާ ވިދާޅުވިއެވެ.

ދެވަނައަށް ހާޒިރުކުރި ހެކިވެރިޔާއަކީ މި މައްސަލައާ ގުޅިގެން ފިޒިކަލް އެގްޒެމިނޭޝަން ރިޕޯޓެއް ތައްޔާރު ކޮށްފައިވާ ފަރާތެވެ. އޭނާއަކީ ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތެކެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގައި އައިއީޑީ ހަރުކޮށްފައި ގޮއްވާލި ސައިކަލުގެ އިންޖީނު ނަންބަރާއި “ޗެސިސް” ނަންބަރު ފުހެލާފައިވާކަމަށް ބެލެވޭތީ، އެކަން ބަލައި، އެ ނަންބަރުތައް ހޯދިފައިވާކަމަށެވެ. އެ ނަންބަރުތަކަކީ ސައިކަލު ދެނެގަތުމަށް ބޭނުންކުރާ ނަންބަރުތަކެއްކަން ހެކިވެރިޔާ ފާހަގަކުރެއްވިއެވެ.

ހެކިވެރިޔާ ވިދާޅުވީ، ސައިކަލުގެ ޗެސިސް ނަންބަރު ޖަހާފައި ހުރި ތަން ގާނައި، ނަންބަރު ފުހެލާފައިވާކަން ފާހަގަ ކުރެވޭކަމަށެވެ.

މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް ޑިސެމްބަރު 20 އަދި 24 ގައި އޮންނާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓްރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް ޔާމީން ރިޝްވަތު ނަންގަވާ، މަނީ ލޯންޑަރކުރެއްވި ކަމަށް ތުހުމަތުވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

22 ސެޕްޓެމްބަރު 2026
ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް ޔާމީން ރިޝްވަތު ނަންގަވާ، މަނީ ލޯންޑަރކުރެއްވި ކަމަށް ތުހުމަތުވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި
20 ސެޕްޓެމްބަރު 2026

ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް، މަނީ ލޯންޑަރިންގެ ތުހުމަތަށް އެންމެން ވެސް އިންކާރު ކުރޭ!

20 ސެޕްޓެމްބަރު 2026
ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް، މަނީ ލޯންޑަރިންގެ ތުހުމަތަށް އެންމެން ވެސް އިންކާރު ކުރޭ!
20 ސެޕްޓެމްބަރު 2026

ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި

20 ސެޕްޓެމްބަރު 2026
ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި
20 ސެޕްޓެމްބަރު 2026

އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް

20 ސެޕްޓެމްބަރު 2026
އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް
18 ސެޕްޓެމްބަރު 2026

ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރު ދެއްކި މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފި

18 ސެޕްޓެމްބަރު 2026
ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރު ދެއްކި މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފި
17 ސެޕްޓެމްބަރު 2026

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި

17 ސެޕްޓެމްބަރު 2026
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި
16 ސެޕްޓެމްބަރު 2026

ޝާހް އަލޮމްގެ މަރު: ގާތިލުގެ ކިބައިން މަރަށްމަރު ހިފަން އާއިލާއިން ބޭނުންނުވާތީ އޭނާ އުމުރަށް ޖަލަށް!

16 ސެޕްޓެމްބަރު 2026
ޝާހް އަލޮމްގެ މަރު: ގާތިލުގެ ކިބައިން މަރަށްމަރު ހިފަން އާއިލާއިން ބޭނުންނުވާތީ އޭނާ އުމުރަށް ޖަލަށް!
10 ސެޕްޓެމްބަރު 2026

ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގެ ވެރިފަރާތަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް!

10 ސެޕްޓެމްބަރު 2026
ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގެ ވެރިފަރާތަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް!
08 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

08 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
07 ސެޕްޓެމްބަރު 2026

އާބިދަށް ކުރާ ދައުވާ: މިހާރު ކުރިއަށްދަނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް

07 ސެޕްޓެމްބަރު 2026
އާބިދަށް ކުރާ ދައުވާ: މިހާރު ކުރިއަށްދަނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް