Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6 ޙަމަލާ

މެއި 6 ޙަމަލާ: މުއްދަތުގެ ތެރޭގައި ދިފާއީ ހެކި ހުށަހެޅިފައިނުވަނީ ތަހުމީނުގެ އިހުމާލަކުން ނޫން

ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 މެއި 2023 | ބުދަ 07:50
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ޙަމަލާދިން ސަރަޙައްދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ޙަމަލާދިން ސަރަޙައްދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މެއި 6، 2021ގައި ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި މައްސަލާގައި ދައުވާކުރަނީ ތަހުމީން އަހުމަދާއި، މުޖާޒް އަހުމަދާއި، އަލީ ހައިޝަމާއި، ފަހުމީ އަލީއާއި، އިސްހާގު އަދި މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ތަހުމީނުގެ މިހާރުގެ ވަކީލު ވަނީ އޭނާގެ ފަރާތުން ހުށައަޅާފައިވާ ހެކިތައް ބަލައިގަތުމަށް އެދިލައްވާފައެވެ.

މި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، މުއްދަތުގެ ފަހުން ހެކި ހުށައަޅާފައިވަނީ ތަހުމީނުގެ އިހުމާލަކުން ނޫން ކަމަށާއި، އެއީ އޭނާގެ އޭރުގެ ވަކީލުގެ އިހުމާލުން ވީ ކަމެއްކަމަށްވާއިރު، މައްސަލައިން ދިފާއުވުމުގެ ފުރުސަތު އޭނާއަށްވެސް ލިބިދޭންޖެހޭކަމަށެެވެ. އެގޮތުން ތަހުމީނުގެ ދިފާއީ ވަކީލު މިހާރު ވަނީ ބަދަލުވެފައެެވެ.

އޭގެ އިތުރުން، ކުރީގައި ހުށައަޅާފައިވާ ހެކިތައް ބަލައިގަތުމާމެދު ދައުލަތުންވެސް އިއުތިރާޒު ނުކުރާތީ ގާޒީ ވަނީ ތަހުމީނުގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކި ބަލައިގެންނެވުމަށް ނިންމަވާފައެވެ.

އަދި ދައުލަތުން ވަނީ ވަކި ވަކި ހެކިންނާމެދު އިއުތިރާޒެއް އޮތްނަމަ 3 ދުވަސް ތެރޭގައި ކޯޓަށް އަންގާނެކަމަށް ބަޔާންކޮށްފައެވެ.

ގާޒީ ވިދާޅުވީ، އެ ހެކިތަކާއި ގުޅޭގޮތުން ދެފަރާތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށްފަހު، އެކަންކަމާ ގުޅިގެން ދެން އޮންނަ އަޑުއެހުމެއްގައި ގޮތް ނިންމަވާނެކަމަށެވެ.  

އެއަށްފަހު ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މި މައްސަލައިގެ ހެކިބަސް ނެގުމެވެ.

މި އަޑުއެހުމުގައި އިސްހާގުގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ، ދިވެހި ފުލުހުންގެ ފަރާތުން އަމަލުކުރި ގޮތުން އިސްހާގުއަށް ހެކި ހާމަކުރަން ހުރަސް އެޅިފައިވާ ކަމަށެވެ. އަދި އެ ކަންބޮޑުވުން ޝަރީއަތަށް ހިއްސާ ކޮށްފައިވީނަމަވެސް، ޝަރީއަތުން ކުރިން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސްފައެއް ނުވެއެވެ.

ނަމަވެސް ތަހުމީނުގެ ކުރީގެ ދިފާއީ ވަކީލު އަމަލުކޮށްފައިވާ ގޮތުން އޭނާއަށް ހެކި ހާމަކުރަން ހުރަސް އެޅިފައިވާވުން މުރާޖައާކޮށް އޭނާއަށް އެ ފުރުސަތު ޝަރީއަތުން ހުޅުވާދީފައިވާއިރު، އިސްހާގަށްވެސް އެ ފުރުސަތު ލިބިދޭން ޖެހޭކަމަށް ޤަބޫލު ކުރައްވާކަމަށް މި އަޑުއެހުމުގައި ވަކީލު ވިދާޅުވިއެވެ.

ވަކީލު އިތުރަށް ވިދާޅުވީ، އިސްހާގު ހައްޔަރު ކޮށްފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު ކަމަށާއި، އެފަހަރު ހައްޔަރު ކުރުމަށްފަހު ކުރުމަށްފަހު ދޫކޮށްލީ ދެ މަސް ފަހުން ކަމަށެވެ.

އޭރު އޭނާ ހައްޔަރުކުރީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައެވެ.

ވަކީލު ވިދާޅުވީ، އޭރު ފުރަތަމަ އޭނާ ހައްޔަރުކުރިއިރު މެއި 6 ޙަމަލާ އާ ގުޅިގެން ތަހުގީގުގައި ސުވާލުކުރިނަމަ ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއުގައި ހެކި ހާމަކުރެވުނީސް ކަމަށެވެ.

އެހެންނަމަވެސް، ޝަރީއަތުން ކުރިން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް މި އަޑުއެހުމުގައި ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓްރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު