Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6 ހަމަލާ

މެއި 6 ހަމަލާ: ތަހުމީނަށް ކުރާ ދައުވާގައިވެސް، ޝަރީއަތުގެ ކުރީގެ މަރުހަލާ ނިންމާލައިފި

މުއްދަތުގެ ފަހުން ހެކި ހުށަހަޅާފައިވަނީ ތަހުމީނުގެ އިހުމާލަކުން ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 މެއި 2023 | އާދީއްތަ 10:45
ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ތަހުމީނު އަހުމަދު

ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ތަހުމީނު އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ތަހުމީނު އަހުމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިހިނގާ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ތަހުމީނުގެ ވަކީލު ވަނީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހެކިތައް ބަލައިގަތުމަށް އެދިފައެވެ.

އެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، މުއްދަތުގެ ފަހުން ހެކި ހުށަހަޅާފައިވަނީ ތަހުމީނުގެ އިހުމާލަކުން ނޫންކަމަށާއި، އެއީ އޭނާގެ އޭރުގެ ވަކީލުގެ އިހުމާލުން ވީކަމެއް ކަމަށްވާއިރު، މައްސަލައިން ދިފާއުވުމުގެ ފުރުސަތު އޭނާއަށްވެސް ލިބިދޭންޖެހޭކަމަށެެވެ.

އޭގެ އިތުރުން، ކުރީގައި ހުށަހަޅާފައިވާ ހެކިތައް ބަލައިގަތުމާމެދު ދައުލަތުންވެސް އިއުތިރާޒު ނުކުރާތީ ގާޒީ ވަނީ ތަހުމީނުގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކި ބަލައިގެންނެވުމަށް ނިންމަވާފައެވެ.

އަދި ދައުލަތުން އެ ދުވަހު ވަނީ ވަކި ވަކި ހެކިންނާމެދު އިއުތިރާޒެއް އޮތްނަމަ 3 ދުވަސް ތެރޭގައި ކޯޓަށް އަންގާނެކަމަށް ބަޔާންކޮށްފައެވެ.

އެ ދުވަހު ގާޒީ ވިދާޅުވީ، އެ ހެކިތަކާ ގުޅޭގޮތުން ދައުލަތުން ހުށަހަޅާ ހުށަހެޅުމާމެދު ދެފަރާތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށްފަހު އެކަންކަމާ ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށެވެ.  

ވުމާއެކު، އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ވަނީ އެބައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދައުލަތުން ވަނީ ހާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއުގައި ތަހުމީނުގެ ފަރާތުން ހުށަހަޅާފައިވާ 2 ހެތްކަކަށް އިއުތިރާޒުކޮށް ހުށަހެޅުން ހުށައަޅާފައެވެ. އެގޮތުން ތަހުގީގު މަރުހަލާގައިވެސް އެ ކަންކަން އެއްވެސް ވަރަކަށް ހާމަކޮށްފައި ނުވާކަމަށާއި، ޓެރަރިޒަމްގެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުންވެސް ހަނު ހުރެފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެ ހުށަހެޅުމަށް ދިފާއުންވެސް ވަނީ ރައްދު ދީފައެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ގާޒީ ނިންމެވީ އޭގެ ތެރެއިން އެއް ހެތްކެއް ބަލައިގެންނެވުމަށެވެ. ނަމަވެސް އެ ހެކި ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރެއިން ދެވަނަ ސަބަބު ބަލައިނުގެންނެވުމަށްވެސް ގާޒީ ނިންމެވިއެވެ.

ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ހަބީބެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު