Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާ

ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާ: ޚުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް

އެ ދެމީހުންވެސް ދައުވާއަށް އިންކާރުކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 އޯގަސްޓު 2023 | އަންގާރަ 10:28
ޓެރަރިޒަމާގުޅޭ ދައުވާތަކެއް އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުހައްމަދު ތަސްލީމް

ޓެރަރިޒަމާގުޅޭ ދައުވާތަކެއް އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުހައްމަދު ތަސްލީމް

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތުހުމަތު ކުރެވޭ ދެމީހެއްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުން ހެއްކާބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުމެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، 2019ގެ ފަހުކޮޅުން ފެށިގެން އައިސިސްގެ ފިކުރު ފެތުރުމަށް އަބްދުﷲ އަލީ މަނިކު އުޅެފައިވާ ކަމަށާއި، ޖަލުގައިވެސް މި ފިކުރަށް މީހުން ރެކްރޫޓު ކުރުމުގައި އޭނާ ހަރަކާތްތެރިވެފައި ވާކަމަށެވެ.

ސިއްރު ހެކިންގެ ބަޔާނާ ހަވާލާދީ ދައުލަތުގެ ވަކީލު ޚުލާސާ ބަޔާނުގައި ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުންގެ ތެރޭގައި އޭނާ ފާހަގަވެފައިވަނީ "އަބޫ ސުހާ"ގެ ނަމުން ކަމަށެވެ.

އޭގެ އިތުރުން، ތަސްލީމަކީ ނަޝީދު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ އެ ޝުއޫރު ފާޅުކޮށްފައިވާ މީހެއްކަން ފާހަގަކޮށްފައިވެއެވެ. އެ ހަމަލާ ދިނުމުގައިވެސް ތަސްލީމުގެ މަޝްވަރާއާއި ފިކުރު ހޯދާފައިވާކަން އިންޓެލިޖެންސް ރިޕޯޓުން އެނގޭކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވިއެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ލޭ ހުއްދަވާނެކަމަށް އޭނާ ބުނެފައިވާކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، އައިސިސްގެ ފިކުރު ޕްރޮމޯޓު ކުރުމުގައި އޭނާ ޙަރަކާތްތެރިވެފައިވާކަން ހެކިވެރިންގެ ހެކިބަސްތަކާ ހަވާލާދީ ދައުލަތުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލާގައި 6 ނޮވެމްބަރު 2022ގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ސިއްރު ހެތްކަކު ވަނީ އޭނާގެ ނަން ހާމަކޮށް، މައްސަލައާގުޅޭ ވާހަކަތަކެއް ދައްކާފައެވެ.

އަޑު ބަދަލުކޮށްގެން ކާކުކަން ނޭނގޭ ގޮތަށް އެ ހެކިވެރިޔާގެ ހެކިބަސް ނަގަން ފެށުމާއެކު، ހެކިވެރިޔާ ވަނީ ތަކުރާރުކޮށް އޭނާގެ ނަން ބުނެ، ދައުވާ ލިބޭ ފަރާތްތަކާއި ދެކޮޅަށް ހެކިބަސް ދިނުމަށް އޭނާއަށް މަޖުބޫރު ކުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން ހެކިބަސް ދިނުމަށް މަޖުބޫރުކޮށް އޭނާއަށް އަނިޔާކޮށްފައިވާކަމުގެ ތުހުމަތު އޭނާ ވަނީ ކޮށްފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާއަށް އެއްވެސް މީހެއްގެ މަޖުބޫރުކަމެއް ނެތްކަން ބަޔާނުގެ އިންޓަވިއު ރެކޯޑިންގއިން ފެންނަ ކަމަށާއި، އޭނާ ތަހުގީގަށް ދީފައިވާ ބަޔާން ހެކީގެ ގޮތުގައި ބެލިދާނެކަމަށް ދައުލަތުން ދެކޭކަމަށެވެ.

އެއަށްފަހު ދިފާއުން ވަނީ ހެތްކާބެހޭގޮތުން ވާހަކަދެއްކުމާއި، ޚުލާސާ ބަޔާން އިއްވުން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ ދެމީހުންވެސް ދައުވާއަށް އިންކާރުކުރާ ކަމަށާއި، އައިސިސް ޕްރޮމޯޓުކޮށް ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކޮށްފައި ނުވާނެކަމަށް ބުނާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

މައްސަލައިގެ ގިނަ ހެކިވެރިން ހެކިބަސް ދީފައިވަނީ އެމީހުންނަށް ފެނުނު ނުވަތަ އަޑު އިވުނު ކަންކަމަށްވުރެ ބޮޑަށް، އެހެނިގެން ގޮތްގޮތުން އިވިފައިވާ ވާހަކަތަކުގެ މައްޗަށްކަމަށް ދިފާއީ ވަކީލު ވަނީ ބައެއް މިސާލުތަކާއެކު ފާހަގަ ކުރައްވާފައެވެ.

ކްރިމިނަލް ކޯޓްރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު