Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6ގެ ހަމަލާ

މެއި 6ގެ ހަމަލާއާ ގުޅުވައިގެން ދޮގު ވާހަކަ ދައްކާނަމަ މައްސަލަ ބަލާނަން: ސަރުކާރު

އެ ވާހަކަތައް ދައްކަނީ މޭ 6ގެ ހަމަލާގެ ސީރިއަސްކަން ގެއްލުވައިލަން

އަމްނާ އިމާދު
އަމްނާ އިމާދު | 25 މެއި 2023 | ބުރާސްފަތި 13:09
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

މެއި 6ގެ ހަމަލާއާ ގުޅުވައިގެން ދޮގު ވާހަކަތައް ދައްކާނަމަ ކަމާގުޅޭ މުއައްސަސާތަކަށް މައްސަލަ ހުށަހަޅައިގެން ބަލާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ނުރައްކާތެރި ތުހުމަތުތައް ރައީސުލްޖުމްހޫރިއްޔާއަށް ބަޔަކު ކުރަނީ ގާނޫނުގެ ދަށުން ލިބޭ އިމްތިޔާޒުގެ ބޭނުން ހިފައިގެން ކަމަށެވެ.

Advertisement - newsAdvertisement

މެއި 6ގެ ހަމަލާއާ ގުޅުވައިގެން ބައެއް ފަރާތްތަކުން ދައްކަމުންދަނީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާއި، ކަނޑައެޅިގެން ހަދާ ބޮޑު ދޮގެއް ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި އެ ވާހަކަތައް ދައްކަނީ މޭ 6ގެ ހަމަލާގެ ސީރިއަސްކަން ގެއްލުވާލައި، ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރައި ހޯދިދާނެ ކަމަށް ދެކެވަޑައިގެން ކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ މި ހަމަލާއާ ގުޅުވައިގެން މިފަދަ ނުރައްކާތެރި އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ބައިބައިވުން އުފެދޭގޮތަށް ދޮގު ވާހަކަތައް ދައްކާނަމަ ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

މެއި 6ގެ ހަމަލާއާ ގުޅުވައިގެން ދޮގު ވާހަކަތައް ދައްކާނަމަ މައްސަލަ ބަލާނެކަމަށް ސަރުކާރުން ބުނެފައިވާއިރު، ކެނެރީގޭގެ އިތުރުން މޭރީ ބްރައުންއާއި ޔާގޫތުގޭދޮށުގައި ބޮމެއް ގޮއްވާލައިގެން އެ މަނިކުފާނު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް އެނގިފައި އޮތްކަމަށް، މިމަހުގެ 24 ވީ ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ވިދާޅުވެފައިވެއެވެ. ނަޝީދު އެ ފަދައިން ވިދާޅުވީ 2021 ވަނަ އަހަރު މޭއި 6ގައި އެމަނިކުފާނަަށް ދިން ހަމަލާ ދިނުމުގައި ސަރުކާރުގެ އިހުމާލު އޮތްކަަމަށް މެންބަރުން ދެއްކެވި ވާހަކަފުޅުތަކަށް ތާއީދުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ އެ މައްސަލާގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ވިދާޅުވެ، ސަރުކާރާއި ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަޝީދު އެފަދައިން ވިދާޅުވެފައި ވީނަމަވެސް ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ރައީސަށް ލިބިވަޑައިގަންނަވާފައި ނުވާކަމަށް މިއުވާން ވިދާޅުވިއެވެ.

އެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ޚާއްސަ ރިޕޯޓެއް އެކުލަވައިލިއެެވެ. އަދި އެ ރިޕޯޓުގައި، ސެކިއުރިޓީ ބެލެހެއްޓުމުގައި ގެންގުޅޭ ފަރުވާކުޑަ ނިޒާމުތަކާއި، އަދި އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގައި އުފެދިފައިވާ ނިޒާމީ ބާގަނޑު، އަދި މައުލޫމާތެއް ލިބުމަށްފަހު އެމްއެންޑީއެފްއިން އަމަލުކުރާ ގޮތްތަކުގައި ހުރި ފުށުއެރުން ފަހަގަކޮށް، އެކަންކަން އިސްލާހުކުރުމަށް ލަފާ ދީފައިވެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ގިނަ ބަޔަކަށް ދައުވާ އުފުލައި ޝަރީއަތް ވަނީ ފަށައިފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުރައީސް އޮފީސްރައީސް ސާލިހު

އިތުރަށް ކިޔާލަން

03 މެއި 2025

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 މެއި 2025
އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
30 ޖެނުއަރީ 2025

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް
23 ޑިސެމްބަރު 2024

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟
30 އޮކްޓޯބަރު 2024

އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

30 އޮކްޓޯބަރު 2024
އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު