Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6 ހަމަލާގެ ޝަރީއަތް

މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު

މި މައްސަލާގައި ދެން އޮންނާނީ އިފްތިތާހީ ބަޔާން ހުށަހެޅުމާއި ޝަރީއަތުގެ މަރުހަލާ ފެށުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 މާރިޗު 2023 | ހުކުރު 09:28
ނަޝިީދު

ނަޝިީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން ދައުވާކޮށްފައިވާ ބައެއް ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

އާދިއްތަ ދުވަހު ހެނދުނު 09:30 އަށް ތާވަލްކޮށްފައި ވަނީ އއ.މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމްއަށް ކޮށްފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯ އެއް ގެންގުޅުމުގެ މައްސަލައެވެ. އަދި އާދިއްތަ ދުވަހުގެ 10:30 އަށް ތާވަލްކޮށްފައި ވަނީ މާލެ، ދަފްތަރު ނަމްބަރު ދރ 1327، ހަސަން ޔާސީންގެ މައްޗަށް ކޮށްފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯ އެއް ގެންގުޅުމުގެ މައްސަލައެވެ. މީގެ އިތުރުން ހުޅުމާލެ، ފްލެޓް 56-3-07، މުހައްމަދު ޒޫމާލް ޒަރީރުގެ މައްޗަށް ކޮށްފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯ އެއް ގެންގުޅުމުގެ މައްސަލަ ތާވަލްކޮށްފައި ވަނީ 11:30އަށެވެ. މި ތިން މައްސަލައިގެ އަޑުއެހުން ވެސް އޮތީ ހާޒިރުވެގެން ކުރިއަށް ގެންގޮސްގެންނެވެ.

Advertisement - newsAdvertisement

މެއި 6، 2021ގައި ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި މައްސަލާގައި ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީއާއި، މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

މި މައްސަލަ އާއި ގުޅިގެން މާރޗް މަހުގެ 13 ވަނަ ދުވަހު ބޭއްވި އަޑު އެހުވުމުގައި މި މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވިދާޅުވީ މި މައްސަލަ ބަލާ ބެންޗު އުވިފައި އޮތަސް ކުރީގެ ބައެއް މަރުހަލާތައް އަލުން ފެށުމުގެ ފުރުސަތު ދެއްވެން ނެތްކަމަށެވެ. މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށައަޅާފައިވަނީ 4 ޖޫން 2022ގައެވެ.

ދައުލަތުގެ ހުށަހަޅާފައި ވަނީ، މައިގަނޑު ގޮތެއްގައި ސިއްރު ހެކިވެރިންނަކީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމާއި، ހާދިސާ ހިނގި ތަނުގައި ނެތްކަން ބަޔާން ކޮށްދިނުމަށް ދިފާއުން ހުށައަޅާފައިވާ ހެކިވެރިން ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށައެޅުންތަކަކާއި، ހެކި ރައްކާތެރި ކުރުމުގެ އަމުރު ދާއިމީ ކޮށްދިނުމަށް އެދިފައިވެއެވެ. ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ، މި މައްސަލައާއި ގުޅިގެން އެކުލަވާލާފައިވާ ބެންޗު އުވިފައިވާތީ ކުރީގެ ބައެއް މަރުހަލާތައް އަލުން ފެށުމަށް ވަނީ އެދިފައެވެ. ނަމަވެސް އެކަމަށް ދައުލަތުން ވަނީ ދެކޮޅުހަދާފައެވެ.

މީގެ އިތުރުން އެ އަޑުއެހުމުގައި މި މައްސަލަ އަވަސްކުރުމާ ގުޅޭގޮތުން ވެސް ގާޒީ ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން، މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ދުރާލައި ކަނޑައެޅުން މުހިންމުނަމަވެސް، ކޯޓުގެ ޖާގައާއި ވަސީލަތްތައް ހުރިގޮތުން އެކަން ކުރަން ދަތިކަމަށް ވިދާޅުވިއެވެ. އެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ މި މައްސަލާގައި ދެން އޮންނާނީ އިފްތިތާހީ ބަޔާން ހުށަހެޅުމާއި ޝަރީއަތުގެ މަރުހަލާ ފެށުމެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސް ނަޝީދުކްރިމިނަލް ކޯޓްރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު